ޕްރެޝަރާ ބެހޭގޮތުން އިންޑިއާ ކޯޗުގެ ފިނި ޖަވާބެއް

އިންޑިއާގެ ކޯޗު ސްޓިމަކް.-- ފޮޓޯ: އޭއައިއެފްއެފް

އިންޑިއާގެ ކޯޗު ސްޓިމަކް.-- ފޮޓޯ: އޭއައިއެފްއެފް

އަންނަ މަހު ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު އިންޑިއާ އަށް ޕްރެޝަރެއް އޮތްތޯ ކުރި ސުވާލަށް އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ފިނި ޖަވާބެއް ދީފި އެވެ.

އިންޑިއާ އިން ވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ނޭޕާލާ ދެކޮޅަށް ދެ މެޗެއް ކުޅެފަ އެވެ. ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އިއްޔެ ކުޅުނު ދެ ވަނަ މެޗުން އިންޑިއާ މޮޅުވީ 2-1 އިންނެވެ. ސުނިލް ޗެތުރީ އާއި ފާރޫކް ޗޯދުރީ އިންޑިއާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައިވަނިކޮށް ނޭޕާލްގެ ގޯލު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުން ތޭޖު ތަމަންގް އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ސީިނިއާ ޓީމެއް ފޮނުވަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމުން ބޭނުންވި ނަތީޖާ ނުނެރެވޭތީ އާއި ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރަނގަޅު ވާދަވެރި މެޗުތަކެއް ކުޅުމަށެވެ.

އިންޑިއާ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި ސާފް ޗެމްޕިއަންޝިޕަށް ސީނިއާ ޓީމެއް ފޮނުވަން އިންޑިއާ އިން ނިންމި އެންމެ ބޮޑު ސަބަބަކީ ސްޓިމަކަށް އޮތް ޕްރެޝަރު ކަޑުވާލުމަށެވެ. ސްޓިމަކް މަގާމުން ދުރުކުރަން އިންޑިއާގެ ގިނަ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ އަޑުއުފުލަމުންނެވެ.

ނޭޕާލާ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށް ފަހު ސްޓިމަކް ގާތުގައި އިންޑިއާ އަށް ޕްރެޝަރެއް އެބައޮތްތޯ ސުވާލުކުރުމުން އޭނާ ބުނީ އިންޑިއާ އަކީ ސަރަހައްދުގެ ޗެމްޕިއަންކަން ގިނަ ފަހަރުތަކެއް ހޯދާފައިވާ ޓީމަށް ވާތީ އެ ޕްރެޝަރު އެބައޮތް ކަމަށެވެ.

"ޔަގީނުން ވެސް އަހަރެމެންގެ ފެންވަރުގައި ކުޅެން ބޭނުންނަމަ މިހާރަށް ވުރެ ރަނގަޅަށް ކުޅެން އެބަޖެހޭ. އެކަން އަހަރެން ކުރާނަން ކުރިއަށް އޮތް މުބާރާތުގައި (ސާފް ޗެމްޕިއަންޝިޕްގައި) ވެސް. ޕްރެޝަރަކީ ފުޓްބޯޅައިގައި ކޮންމެވެސް ސިފައެއްގައި އަބަދުވެސް އޮންނާނެ ކަމެއް،" ސްޓިމަކް ބުންޏެވެ.

އޭނާ އަށް އޮތް ޕްރެޝަރާ ބެހޭގޮތުން ސްޓިމަކް އިތުރަށް ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.

ނޭޕާލްގެ ތަމަންގް (ކ) ކައިރިން އިންޑިއާގެ ޗެތުރީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލްމުތައިރީ ބުނީ އިއްޔެގެ މެޗަށް ނުކުތްއިރު އިންޑިއާ އޮތީ ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ކަމަށެވެ. އޭގެ ސަބަބަކީ ސޯޝަލް މީޑިއާ އިން އިންޑިއާ އަށް ކުރިމަތިވަމުން އައި ފާޑުކިޔުންތަކާއި ޕްރެޝަރުގެ ސަބަބުން ކަން މުތައިރީ ފާހަގަކުރި އެވެ.

"އިންޑިއާ ފުޓްބޯޅައާ ބެހޭގޮތުން ވަރަށް ވަރުގަދަ ހޭޝްޓެގަކާ އެކު މެޗުގެ ކުރިން ކަންކަން ޓްރެންޑްވި. އެއީ ހަގީގަތުގައި މެޗަށް އެ މީހުން އެ (ތަފާތު) ރޫހުގައި ނުކުތް ސަބަބު،" އިންޑިއާގެ ކޯޗު ސްޓިމަކް ވަކިކުރަން އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކުރަމުންދާ ކެމްޕެއިނަށް އިޝާރާތްކޮށް މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ނޭޕާލް އިއްޔެ ކުޅުނު މެޗުން ބަލިވި ކަމުގައި ވިޔަސް މެޗަށް ނުކުމެ، އެ ޓީމުން ރޭވި ގޮތަށް ރަނގަޅަށް ކުޅުނު ކަމަށާއި ފުރަތަމަ ގޯލެއް ޖެހުނުނަމަ ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

މެޗުން ބަލިވި ކަމުގައި ވިޔަސް އެއީ މާ ބޮޑު ކަމަކަށް ހަދައިގެން ނޫޅޭނެ ކަމަށާއި މި މެޗުގައި ފެނުނު ޕޮޒިޓިވް ކަންތައްތަކަށް ބަލައި ޓީމު އިތުރަށް މަސައްކަތް ކުރާނެ ކަމަށް މުތައިރީ ބުންޏެވެ.

"އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާ އަށް އަހަންނެއް ނުބަލަން. މާދަމާ (މިއަދު) އަހަރެން ހޭލާއިރު ވިސްނުމުގައި އޮންނާނެ ކަމަކީ އަހަރެންނާ އެކު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވަރަށް ވަރުގަދަ ރޫހެއްގައި ތިބި 25 ކުޅުންތެރިން ތިބިކަން،" މުތައިރީ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނޭޕާލް ނުކުންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަަމަ މެޗުގައި އަންނަ މަހު ހަތަރު ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ކިރްގިސްތާންގައި ކުޅޭ ތުރީ ނޭޝަންސް ކަޕްގައި އިއްޔެ ބަންގްލަދޭޝް ވަނީ 2-0 އިން ފަލަސްތީން އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox