މި ތަކެތި ތި ރައްކާކުރަނީ އަދި ރަނގަޅަކަށް ނޫން!

މި ތަކެތި ތި ރައްކާކުރަނީ އަދި ރަނގަޅަކަށް ނޫން!

އެހާ އަގުބޮޑުކޮށް ގަންނަ މޭވާ އާއި ތަރުކާރީކޮޅު އެންމެ ދެތިން ދުވަސްތެރޭ ހަލާކުވެގެންދާ ތަން ބަލަން ހިތަށް ކުޅަދާނަ ވޭ ހެއްޔެވެ؟ ކޮންމެ ދުވަހަކު މާރުކޭޓަށް ނޫނީ ފިހާރައަށް ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން އިސްރާފު ނުވާނެ ގޮތަކަށް ގިނަ ދުވަހު މި ތަކެތި ރައްކާތެރިކުރާނޭ ގޮތެއް ހޯދަން އެބަ ޖެހެ އެވެ. މި ބަަލާލަނީ އާންްމުކޮށް ބޭނުންކުރެވޭ ބާވަތްތަކުގެ ތެރެއިން ދެތިން ބާވަތެއް ގިނަ ދުވަހަށް ރައްކާކުރާނެ ގޮތެވެ.

ލުނބޯ ލާންވީ ފެނަށް

ލުނބޯއަކީ އަހަރެމެންގެ ދިވެހި ބަދިގޭގައި އެންމެ ގިނައިން ބޭނުންކުރެވޭ ޒަރޫރީ އެއް ބާވަތެވެ. ވިޓަމިން ސީ އިން މުއްސަނދި މި ލުނބޯއަކީ ގަރުދިޔަ އާއި ބަތާއި ކެޔަސް، ނޫނީ ބޯކިބަލެއް އެޅިއަސް އެހާމެ ބޭނުންތެރި އެއްޗެކެވެ. އަދި މިފަހުން ހެނދުނު ހެނދުނާ ބޯން މިޖެހޭ ލުނބޯ ފެންތައްޓަށްވެސް ހަމަ ގައިމުވެސް ގިނަ އަދަދެއްގެ ލުނބޯ ގަނެފައި ގޭގައި ބެހެއްޓުން ވެގެންދާނީ އިރުއިރުކޮޅާ ފިހާރައަށް އެ ކުރަންޖެހޭ ދަތުރުތައް މަދުވާނެ ކަމަކަށެވެ.

މީގެ ކުރިންނަމަ އަހަރެމެން ލުނބޯ ފްރިޖުގައި ބަހައްޓަނީ މާ ބޮޑު ފަރުވާލެއް ނެތި ޕްލާސްޓިކް ކޮތަޅެއްގައި ނޫންނަމަ ތަށްޓަކަށް އަޅާފަ އެވެ. ނަމަވެސް މިފަހުން ގިނަ ބަޔަކު ޒިޕްލޮގް ބޭގްތަކުގައިވެސް ލުނބޯ ގިނަ ދުވަހަށް ބެހެއްޓުމުގެ ނިޔަތުގައި ރައްކާކޮށް އުޅެ އެވެ. ނަމަވެސް ޒީރޯ ވޭސްޓް ގައިޑް އިން ބުނާގޮތުގައި ލުނބޯގެ ބޭރުގައި ހުންނަ ކުދިކުދި ލޯވަޅުތަކުގެ ސަބަބުން އޭގެ ތެތްކަން ގެއްލި، އަދި ހިކިގެން ގޮސް، ފަސޭހައިން ހަލާކުވެ އެވެ. އެހެންކަމުން އެކަމުން ދުރުކޮށްދިނުމަށްޓަކައި ފްރިޖަށް ލުމުގެ ކުރިން ލުނބޯތައް މަތި ޖެހޭ ކަހަލަ ފެން އެއްޗެއްގެ ތެރޭގައި ބެހެއްޓިދާނެ އެވެ. އަދި މިގޮތަށް ހެދުމުން ގާތްގަނޑަކަށް އިތުރު ތިން މަސް ދުވަހު ލުނބޯތައް ހަލާކު ވިޔަ ނުދީ ހުންނާނެ އެވެ.

Advertisement

ކެއުމުގެ ކުރިން ލެޓިއުސް މުރަނަ ކޮށްލެވިދާނެ

ސެލެޑެއް އެއާ ނުލާ ފުރިހަމަ ނުވާނޭ އެކައްޗަކީ ހަމަގައިމުވެސް ލެޓިއުސް އެވެ. ކޮންމެދުވަހަކަށް ވަކިން ލެޓިިއުސްކޮޅެއް ގަތުމުގެ ބަދަލުގައި ހަފްތާއަކަށް ވާވަރަށް ގަތުމަކީ ބުއްދިވެރި ގޮތެކެވެ. ހާސްވާނެ ކަމެއް ނެތެވެ. ކާންވާއިރަށް ފަތުގެ މުރަނަކަށް ކުޑަކޮށްލެވިދާނެ އެވެ. ކޮންމެހެން އުކާލާނެ ކަމެއް ނެތެވެ. ކެއުމުގެ 30 މިނިޓުކުރިން ފިނި ފެނަށް ލާށެވެ.

އެވަކާޑޯ އާއި ފިޔާ އެކު އެކީގައި

އެވަކާޑޯއަކީ ގިނަ އަދަދެއްގެ ސިއްހީ ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. ހަމައެޔާއެކު މިއީ ކާން ފަށާ އުމުރުގެ ގިނަ ކުޑަކުދިންގެ މެދުގައިވެސް މަގުބޫލު ކެއުމުގެ ބާވަތެކެވެ. އަގުބޮޑު ކޮށް މާލޭގައި ލިބެން ހުންނަ މި މޭވާއަކީ އެއްފަހަރު ބޭނުންކޮށްފައި ބެހެއްޓުމުން ވަރަށް ފަސޭހައިން ކުލަ ބަދަލުވެ ހަލާކުވެދާނެ އެއްޗެކެވެ. އެއާއެކު އަނެއްކާވެސް ގިނަފަހަރަށް އޮންނަނީ އިސްރާފުވެ ކުންޏަށް ބަދަލުވެފަ އެވެ.

އެއްފަހަރު ބޭނުންކޮށްފައި އޮންނަ އެވަކާޑޯ ގިނަ ދުވަހަށް ބަހައްޓަން ބޭނުން ކަމުގައިވާނަމަ ރީޔޫސަބަލް ތަށްޓެއްގައި ފިޔައެއްގެ މަތީގައި ބާޢްވާލާށެވެ. އެވަކާޑޯގެ ތޮށި ހުންނަ ފަޅި ފިޔަލުގައި ޖެހެންވާނެ އެވެ. މިހެން ބޭއްވުމުން ގާތްގަނޑަކަށް ފަސް ދުވަސް ވަންދެން އެވަކާޑޯ ހަލާކުނުވެ ހިފަހައްޓައިދެ އެވެ.

ސްޓްރޯބެރީ ތަށިން ނަގައި ފުޅިއަކަށް

ސްޓްރޯބެރީ އަކީވެސް ރާޢްޖޭގައި ނުހެއްދޭ ނަމަވެސް ގިނަ ބަޔަކަށް ކަމުދާ މީރު އަދި އަގުބޮޑު މޭވާ އެކެވެ. ގިނަ ފަހަރު ފިހާރަތަކުގައި ސްޓްރޯބެރީ ވިއްކަން ހުންނަނީ ޕްލާސްޓިކް ޓްރޭ ތަކުގަ އެވެ. ގަންނައިރުވެސް ކޮންމެވެސް ވަރަކަށް ކުލަ ބަދަލުވާން ފަށާފައި ހުންނައިރު މިއިން ތަށްޓެއްގައި ހުންނަ ސްޓްރޯބެރީތައް އުކާނުލައި ދެތިން ދުވަސްތެރޭވެސް އެއްކޮށް ބޭނުންކުރަން ގިނަ ފަހަރު ނުލިބެ އެވެ. އެހާވެސް އަވަަހަށް ހަލާކުވެ އެވެ. އަނެއްކާވެސް ދަ ޒީރޯ ވޭސްޓް ގައިޑްގައި ބުނަނީ ޕްލާސްޓިކް ޓްރޭއިން ނަގައި ސްޓްރޯބެރީތައް ބިއްލޫރި ފުޅިއަކަށް އަޅައިފިނަމަ ހަފްތާއަކަށްވުރެ ގިނަ ދުވަހު ބޭނުންކުރެވޭނެ ކަމަށެވެ.

ފެހި ފަތްތައްވެސް ފެން އެޅި ފުޅިއަކަށް

ޕާސްޓާ، ސެލެޑް އަދި އެކި ބާވަތްތަކުގެ ބުއިމާއި ސޭންޑްވިޗާއި މުގުރިހަތަކަށްވެސް ފްރެޝް ހާބްސް މިހާރު ގިނަ ބަޔަކު ބޭނުންކުރެ އެވެ. މިގޮތުން ޕާސްލީ، ކޮރިއަންޑާ އަދި މިންޓް ލީވްސް އަކީ ޒަމާނީ ދިވެހި ބަދިގެ ތަކުގައި ހަމަ ޒަރޫރީ ބާވަތްތަކެވެ. ކޮންމެ މީހަކީ ގޭގައި އަދި މިތަކެތި ހައްދައިގެން ބޭނުންކުރާނެ މީހެއް ނޫންތާ އެވެ. ފަތް ބޮނޑި ބޮނޑި ގަނެގެންވެސް ހަފްތާއެއްހާ ދުވަހު ބޭނުންކުރުމުގެ ފުރުސަތެއް ރަނގަޅަކަށް ނުލިބެ އެވެ. އެހެންކަމުން ޕްލާސްޓިކް ވްރެޕް އިން މި ފަތްތައް ނަގައި، ފެން އެޅި ފުޅިއަކަށް އެޅުމަކީ ހަފްތާއަކަށްވުރެ ގިނަ ދުވަހު މި ފަތްތައް ހަމަ ޔަގީނުންވެސް ބޭނުންކުރެވޭނެ ގޮތެކެވެ. އަދި އިތުރަށް ފަތްތަކުގެ ތާޒާކަން ދަމަހައްޓަން ބޭނުންނަމަ ޕްލާސްޓިކް ވްރެޕް ފަތްތަކުގެ މަތީގައި އަޅާ ކަވަރުކޮށްލެވިދާނެ އެވެ. އޭރަށް އެ ތައްޔާރުކޮށްލެވުނީ ފަތްތަކަށް ކުޑަ ގްރީން ހައުސް އެކެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox