ގްރީން ވިސާއާ އެކު ޔޫއޭއީގައި ބިދޭސީ މަސައްކަތްތެރިންނަށް ލުއިތަކެއް

ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓް.

ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓް.

ޑުބާއީ، ޔޫއޭއީ (ސެޕްޓެމްބަރު 5) - ޔޫއޭއީގެ އިގްތިސާދު ކުރިއެރުވުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންނަށް ބޮޑު ލުޔެއް ލިބޭ މުޅިން އާ ވިސާއެއް ތައާރަފުކޮށްފި އެވެ.

ޔޫއޭއީގައި ދިގު މުއްދަތަށް މަޑު ކުރުމަށް ރެޒިޑެންސީ ވިސާ ހޯދުމަކީ އުނދަގޫ ކަމެކެވެ. އަދި ބިދޭސީންނަށް ޔޫއޭއީގައި މަސައްކަތް ކުރެވެނީ ވަޒީފާ ދޭ ފަރާތަކުން ސްޕޮންސާ ކުރުމުންނެވެ.

ނަމަވެސް އަލަށް ތައާރަފު ކުރި "ގްރީން ވިސާ" ގެ ދަށުން ވަޒީފާ ދޭ ފަރާތަކުން ސްޕޮންސާ ނުކުރި ނަމަވެސް ޔޫއޭއީގައި މަސައްކަތް ކުރެވޭނެ އެވެ.

އަދި "ގްރީން ވިސާ" އޮތް ފަރާތްތަކުގެ މައިންބަފައިންނަށް ވެސް ޔޫއޭއީގައި މަޑު ކުރެވޭނެ އެވެ. އޭގެ އިތުރުން އެ މީހުން ދަރިންނަށް ވެސް އުމުރުން 25 އަހަރު ވަންދެން ޔޫއޭއީގައި އުޅެވޭނެ އެވެ.

"މި ވިސާ ހާއްސަ ވަނީ ހުނަރުވެރި ފަރުދުންނަށާއި، އިންވެސްޓަރުންނާއި، ވިޔަފާރިވެރިންނާއި، ކިޔެވުމަށް މޮޅު ދަރިވަރުންނަށް،" މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން ޓްރޭޑް ސާނީ އަލް ޒެޔޫދީ ވިދާޅުވި އެވެ.

ގަލްފުގެ ގައުމުތަކުން އަންނަނީ ތެލަށް ބަރޯސާވުން ކުޑަކޮށް، އެހެން ގޮތް ގޮތުން އިގްތިސާދު ފުޅާކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި ޔޫއޭއީގެ ފަތުރުވެރިކަމާއި ވިޔަފާރި އަށް އަސަރުކޮށްފައި ވާއިރު، ތެލުގެ އަގު ވެއްޓެން ފެށުމުން ވެސް އިގްތިސާދު އޮތީ ހީނަރުވެފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ތައާރަފު ކުރި "ގޯލްޑަން ވިސާ" އަކީ މުއްސަނދި އިންވެސްޓަރުންނާއި، ހުނަރުވެރި މަސައްކަތްތެރިންނަށް ހާއްސަކޮށް ފެށި ފުރަތަމަ ސްކީމެވެ.

ޔޫއޭއީގެ އިތުރުން ތެލަށް ބަރޯސާވެފައިވާ ސައުދީ އަރަބިއްޔާ އަދި ގަތަރު ފަދަ ގައުމުތަކުން ވެސް ވަނީ އިންވެސްޓަރުންނާޢި ހުނަރުވެރި މަސައްކަތްތެރިންނަށް ހާއްސަ ސްކީމްތައް ފަށާފަ އެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއްޔާ އިން ބުނީ 213،000 އެމެރިކާ ޑޮލަރު ދެއްކުމުން ދާއިމަށް އެ ގައުމުގައި އުޅެވޭނެ ކަމަށެވެ.

އޭގެ އިތުރުން އަހަރުން އަހަރަށް އާ ކުރެވޭ ރެޒިޑެންސީ ސްކީމެއް ވެސް ތައާރަފު ކުރި އެވެ. އެފަދަ ވިސާގެ ސަބަބުން ބިދޭސީންނަށް ސައުދީގައި އިންވެސްޓުކޮށް، ވިޔަފާރި ފުޅާކޮށް، ސައުދީ ސްޕޮންސަރެއް ނެތި މުދާ ގަނެވެ އެވެ.

ގަތަރުގެ ދޯހާއިން ފެށި ސްކީމުގެ ދަށުން ގެ އާއި ފިހާރަ ފަދަ ޕްރޮޕަޓީ ގަންނަ ބިދޭސީންނަށް ދިގު މުއްދަތަށް ނުވަތަ ދާއިމަށް ވިސާ ލިބެ އެވެ.

ޔޫއޭއީގެ އާބާދީގެ 10 މިލިއަން މީހުންގެ ތެރެއިން 90 ޕަސެންޓަކީ ބިދޭސީންނެވެ. އަރަބި ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އަށް ފަހު އެންމެ ބޮޑު އިގްތިސާދެއް އޮންނަނީ ޔޫއޭއީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox