ޅ އަތޮޅު ކޭމްޕުން ވެސް ޓީމަށް ކުޅުންތެރިން ނަގާނެ: ސޮބާ

ޅ. އަތޮޅުގެ ކޭމްޕަށް ފުރުމުގެ ކުރިން ސޮބާ އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޅ. އަތޮޅުގެ ކޭމްޕަށް ފުރުމުގެ ކުރިން ސޮބާ އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ 23 އަހަރުން ދަށުގެ ޓީމުން މިއަދު އަށް ވަރަކަށް ދުވަހުގެ ޓްރެެއިނިން ކޭމްޕަކަށް ޅ. އަތޮޅަށް ފުރިއިރު، މި ކޭމްޕްގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށާއި ފާހަގަކޮށްލެވޭ ކުޅުންތެރިއަކު ފެނިއްޖެނަމަ ޓީމުން ފުރުސަތު ދޭނެ ކަމަށް ޒުވާން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދުން ފެށިގެން މި މަހު 12 ވަނަ ދުވަހާ ހަމައަށެވެ. ޓްރެއިނިން ކޭމްޕްގައި ޒުވާން ޓީމު މަޑުކުރާނީ ޅ. ނައިފަރާއި ހިންނަވަރުގަ އެވެ. މި ދެ ރަށުގެ ޓީމާ ކުޅުމުގެ އިތުރުން ދެން ގައުމީ ޓީމު ކުޅެން ރާވާފައިވަނީ ނ. ކުޑަަފަރީ، ނ. ހޮޅުދޫ އަދި ރ. މީދޫ ޓީމާ ދެކޮޅަށެެވެ.

ޒުވާން ޓީމަށް ކުޅުންތެރިން ނަގަން ގާތްގަނޑަކަށް ސާޅީހަކަށް ކުޅުންތެރިންގެ މެދުގައި ތިން ދުވަހުގެ މުއްދަތަށް ޓްރަޔަލްތަކެއް ކުރިއަށް ގެންދިޔައީ ދެ އެސިސްޓަންޓް ކޯޗުން ކަމަށްވާ ސޮބާ އާއި މުހައްމަދު ޝާހިދު (ޝާޑު) ބެލުމުގެ ދަށުންނެވެ.

ތޭވީސް އަހަރުން ދަށުގެ ހެޑް ކޯޗަކަށް ހުރީ ސީނިއާ ޓީމާ ވެސް މި ވަގުތު ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. ސުޒޭން މި ވަގުތު ހުސްވެ ހުރީ ސީނިއާ ޓީމުގެ ފަރިތަކުރުންތަކަށެވެ. އެއީ އަންނަ މަހުގެ 1-16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް އަށެވެ.

ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން "އަދަދު" އަށް ސޮބާ ބުނީ އުނދަގޫ ހާލަތެއްގައި ފުޓްބޯޅަ އޮއްވައި ޔޫތު ޓީމު ކަމަށް ބުންޏަސް ހަގީގަތަކީ މި ޓީމަކީ މުސްތަގުބަލުގައި ސީނިއާ ޓީމުގައި ވެސް ތިބޭނެ އަދި މިހާރު ވެސް ތިބި ކުޅުންތެރިން ކަމަށެެވެ.

"މި ދަތުރުގެ އެންމެ މުހިއްމު ކަމަކީ ހަގީގަތުގައި ޓީމުގެ މި އިން އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ރިލޭޝަންޝިޕް ރަނގަޅު ކުރުމާއި މެޗުތަކެއް ކުޅެގެން ކުޅުންތެރިންތައް ބޮޑަށް މެޗު ސިޓުއޭޝަން އަށް ހޭނޭގޮތަށް ޓީމު ސެލެކެޓް ކުރުމުގައި ކަންކަން ކުރުން،" ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން ސޮބާ ބުންޏެވެ.

ސޮބާ ބުނީ ޓްރެއިނިން ކޭމްޕަކަށް މިހާރު ދިޔަ ކަމުގައި ވިޔަސް މިއީ އަދި ޓީމު ފައިނަލްވުމެއް ނޫން ކަމަށާއި ރަށްރަށުން ފާހަގަކޮށްލެވޭ ކުޅުންތެރިއަކު ޓީމުން ޖާގަ ހައްގުވާވަރުގެ ކުޅުމެއް ދައްކައިފިނަމަ އެ ކުޅުންތެރިއަކަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ.

"މިއީ އަދި ޓީމު ފައިނަލްވީއެއް ނޫން. މި ޓްރެއިނިން ތަކުގައި ރަށްރަށުން ރަނގަޅު ކުއްޖެއް ފެނިއްޖިއްޔާ ފުރުސަތު ހަމަ ކޮންމެ ކުއްޖަކަށް ވެސް އޮންނާނެ. މިއީ ރާއްޖޭގެ ނެޝަނަލް ޓީމު. މިިއީ ހަަމައެކަނި މާލެ އިން ހޮވާލާ ޓީމެއް ނޫން،" ސޮބާ ބުންޏެވެ.

ޅ. އަތޮޅު ޓްރެއިނިން ކޭމްޕަށް ފުރި 30 ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމުގެ އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސޮބާ ބުނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބަލާއިރު އެންމެ މުހިއްމު ކަމަކީ 23 އަހަރުން ދަށް ވިޔަސް 19 އަހަރުން ދަށް ވިޔަސް ގިނަ މެޗުތަކެއް ކުޅުން ކަމަށެވެ. އަދި މިގެ ހާއްސަ ކަމެއް ދޭންވީ ޔޫތު ލެވަލުން ފެށިގެން ކުޅުންތެރިންނަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން މެޗު ކުޅެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. .

ޒުވާން ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާށެވެ. އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށް އޮންނަ ކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރޭން އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.

ސޮބާ ބުނީ ޓްރެއިނިން ކުރިއަށް ގެންދަނީ ކޮލިފައިންއާ ހަމައަށް ދާއިރު، ކަންތައްތައް ވީ އެންމެ ރަނގަޅަށް ގެންގޮސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

"އެންމެ ރަނގަޅު 23 ކުޅުންތެރިން ގޮވައިގެން ދާނީ. މިހާރު މި ދަނީ 30 ކުޅުންތެރިން ގޮވައިގެން ކޭމްޕަށް. އެކަމަކު ބަހުރޭނަށް ދާއިރު (އެހާތަނަށް) ފެންނަ އެންމެ ރަނގަޅު 23 ކުޅުންތެރިން ގޮވައިގެން އަޅުގަނޑުމެން ދާނީ. މިސާލަކަށް މި ދަނީ (ކޮޅަށް ވަންނަ) ލަނޑު މަދުކުރާކަށް ވެސް ނޫން. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބެއް ހޯދަން ޓާގެޓެއް އެބައޮތް،" ސޮބާ ބުންޏެވެ.

ޅ. ޓްރެއިނިން ކޭމްޕަށް ދިޔަ 30 ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އަދި ސީނިއާ ގައުމީ ޓީމުގައި މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox