ރިހިވެލީގެ ހުކުމް އިއްވި ގާޒީގެ މައްސަލަ ޖޭއެސްސީއަށް

ހުކުމާ ގުޅިގެން ބަޔަކު ރަށަށް އެރުމުން ހަމަނުޖެހުން ހިންގި: ގާޒީ މައްސަލަ ޖޭއެސްސީއަށް

ހުކުމާ ގުޅިގެން ބަޔަކު ރަށަށް އެރުމުން ހަމަނުޖެހުން ހިންގި: ގާޒީ މައްސަލަ ޖޭއެސްސީއަށް

ބޮޑު މައްސަލަގަނޑެއްގެ ތެރޭ އޮތް ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓްގެ ސްބްލީސް އެއްބަސްވުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ހުކުމް އިއްވި ގާޒީ އަލީ ނަސީރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައީ ރިހިވެލި ރިސޯޓްގެ ވެރިފަރާތް ކަމަށްވާ މާހަލް ޓުއާސް އާއި އެ ރިސޯޓް ހިންގަމުން ދިޔަ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމް ފްރާންސްއާ ދެމެދު އެވެ.

ރިހިވެލި ރިސޯޓް ސޭވް ދަ ޑްރީމް ކުންފުނިން ހިންގަމުން ދިޔައީ ސަބްލީސް އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް, އެ އެއްބަސްވުން އުވާލުމަށް މާހަލްއިން ވަނީ ނޯޓިސް ފޮނުވާފަ އެވެ. އެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު, އެ ރިސޯޓްގައި ސޭވް ދަ ޑްރީމްގެ މުވައްޒަފުން އަދިވެސް އެބަ ތިއްބެވެ.

މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ ސޭވް ދަ ޑްރީމްގެ ފަރާތުން ރިހިވެލި ރިސޯޓްގެ ސަބްލީސް އެއްބަސްވުން ދަމަހައްޓައިދޭން ކުރި ދައުވާއާ ގުޅޭ މައްސަލާގަ އެވެ.

ހުކުމްގައި ގާޒީ އަލީ ނަސީރު ކަނޑައެޅުއްވީ މާހަލް ކުންފުނިން އެއްބަސްވުން ބާތިލް ކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެހެންވެ, އެއްބަސްވުން ބާތިލްވެފައިވާތީ, މާހަލް ކުންފުނީގެ ނުރުހުމުގައި ސޭވް ދަ ޑްރީމް ކުންފުނިން އެތަނުގައި ތިބެ, މަންފާ ހޯދުމަކީ އޮތް ހައްގެއް ނޫން ކަމަށެވެ.

އެ ހުކުމް އިއްވީ އަންގާރަ ދުވަހު ހަވީރު 3:50 ހާއިރު އެވެ. އެ ހުކުމްގައި އިއްވިތަނާ, 4:15 ހާއިރު މާހަލް ކުންފުނީގެ ފަރާތުން ކަމަށް ބުނެ ބަޔަކު އެ ރިސޯޓަށް އެރި އެވެ. އެކަމާ ގުޅިގެން ރަށުގައި ހަމަނުޖެހުން ހިންގައި ފުލުހުން ވެސް ދާން ޖެހުނެވެ.

ސޭވް ދަ ޑްރީމް ކުންފުނީގެ ވަކީލުން ވިދާޅުވާ ގޮތުގައި, ލޯންޗެއްގައި މާލޭން ފުރައިގެން ރިހިވެލި ރިސޯޓަށް ދިޔުމަށް 45 މިނެޓް ހޭދަވާނެ އެވެ. ނަމަވެސް, ހުކުމް އިއްވިތާ 45 މިނެޓް ނުވަނީސް ބަޔަކު ރަށަށް އެރުމުން އެ ފަރާތަށް ހުކުމް ކުރިޔާލާ ލިބިފައިވާކަން އެނގޭ ކަމަށެވެ.

"ކުރަން އޮތް ހުކުމެއް ދައުވާ ލިބޭ ފަރާތަށް އެނގިފައި އޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމުގައިވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދޭ ވާހަކަ ދެންނެވީމެވެ," ސޭވް ދަ ޑްރީމް ކުންފުނީގެ ވަކީލުން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވެ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން އިސްތިއުނާފު ކުރުމުގެ މަސައްކަތް ސޭވް ދަ ޑްރީމްގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ގަބޫލު ކުރާ ގޮތުގައި އެ އެއްބަސްވުމާ ގުޅޭ ގޮތުން ގޮތެއް ނިމި, ހުކުމް ތަންފީޒު ކުރެވެން ވާނީ ޝަރުއީ މަރުހަލާތައް ނިމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox