18 އަހަރުގެ އެމާގެ އެނބުރި އައުން ވަރުގަދަ

Sep 4, 2021, 2:45 AM
ޔޫއެސް އޯޕަންގެ މެޗެއްގެ ތެރެއިން އެމާ.-- ފޮޓޯ: އޭއެފްޕީ

ޔޫއެސް އޯޕަންގެ މެޗެއްގެ ތެރެއިން އެމާ.-- ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 4) - އަރަމުން އަންނަ އިނގިރޭސި އަންހެން ޓެނިސް ތަރި އެމާ ރަޑުކާނީ އަށް ވިމްބަލްޑަން ޓެނިސް މުބާރާތުގައި ދިމާވި ކަންތައްތަަކުން އަރައިގަނެ، މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާާރާތުގައި ތަފާތު ދައްކައިފި އެވެ.

މިދިޔަ ޖުލައި މަހު ވިމްބަލްޑަންގެ ގަދަ 16 ކުޅުންތެރިންގެ ބުރުގެ މެޗުގެ ތެރެއިން އުމުރުން 18 އަހަރުގެ އެމާ އަށް ނޭވާލާން އުނދަގޫ ވެގެން މެޗު ދޫކޮށްލަން ޖެހުނީ ރެލީތައް ދިޔަ ގޮތުންނެވެ. މެޗު ހުއްޓާލަން ޖެހުނުއިރު، އޮސްޓްރޭލިއާގެ އައިލާ ޓޮމިއާނޮވިޗާ ދެކޮޅަށް އެމާ އޮތީ 4-6 0-3 އިން ފަހަތުގަ އެވެ. ފުރަތަމަ ސެޓުގެ ތެރެއިން އެމާ އަށް ނޭވާލާން އުނދަގޫތަކެއް ދިމާވި އެވެ. ދެ ވަނަ ސެޓު ފެށިގެން އޭމާ އަށް ނޭވާލުމުގައި އިތުރަށް ދަތިތަކެއް ދިމާވެ، ޓްރެއިނަރަށް ގޮވާލި އެވެ. އަދި ވަގުތުން ފަރުވާ ދޭން ފެށި އެވެ.

އެމާ އަށް އެހެން ދިމާވުމުން ކޯޓުގެ ބެންޗު އޭރިއާގެ ގޮނޑިމަތީގައި ބައިންދައިގެން ތަކުރާރުކޮށް ފަރުވާދިނެވެ. އަދި އެ ގޮތަށް އިރުކޮޅަކަށް ފަހު ބެލި ބެލުމުގައި އެމާގެ ހާލަތު ރަނގަޅުނުވާތީ އެންމެ ފަހުން ނިންމީ މެޗު ދޫކޮށްލާށެވެ.

Advertisement

ދާދި ފަހުން އޭ ލެވަލް ޓެސްޓްތައް ހަދައި ހިސާބާއި އިކޮނޮމިކްސް އިން މަތީ މާކްސް ހޯދި އެމާ ޕްރޮފެޝަނަލް ޓެނިހަށް އަލަށް ނުކުމެ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގައި އަލަށް ވާދަކޮށް ވިމްބަލްޑަންގައި ތަފާތު ދެއްކި އެވެ.

ނަމަވެސް އޭނާ އެ މުބާރާތުން ވަކިވާން ޖެހުނު ގޮތުން ޕްރޮފެޝަނަލް ލެވަލްގެ ޕްރެޝަރާ އެމާ އަށް ކުރިމަތިލެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެ ކަންކަމަށް އެމާ ވަނީ ޖަވާބުދީފަ އެވެ. އެމާ ވަނި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަންގައި މިހާތަނަށް ކުޅުނު ކޮލިފައިން ތިން މެޗާއި މެއިން ޑްރޯގެ ދެ މެޗުން ސެޓެއް ވެސް ގެއްލުވާނުލައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

"އަހަންނަށް ފުރަތަމަ މުބާރާތުގައި (ވިމްބަލްޑަންގައި) ދިމާވި ކަންތައްތަކުގެ ސަބަބުން އަލުން ފަށަން ވަރަށް އުނދަގޫވި. އެކަމަކު ފަސޭހަވީ އަހަންނަށް ޓެނިހުގެ ދުނިޔެއިން ދިން އެއްބާރުލުމުން. މި ފަހަރު ޔޫއެސް އޯޕަންގައި މިހާތަނަށް ކުޅުނު ފަސް މެޗަށް ބަލާއިރު، މެޗަކަށް ފަހު މެޗެއްގައި އަހަންނަށް ޕްރެޝަރަށް ހޭނި ކޮންފިޑެންސާ އެކު ކުޅެލަން އެބަ ހިތްވަރު ލިބޭ،" އެމާ ބުންޏެވެ.

މި ފަހަރުގެ ޔޫއެސް އޯޕަންގައި އެމާ ދެ ވަނަ ބުރުގައި ކުޅުނު މެޗުން މޮޅުވީ ޗައިނާގެ އެއް ވަނަ ކުޅުންތެރިޔާ ޒޭން ޝުއާއީ އަތުންނެވެ. ތިން ވަނަ ބުރުގައި މިއަދު ނުކުންނާނީ ސްޕެއިންގެ ސޭރާ ސޮރީބޯ ޓޯމޯއާ ދެކޮޅަށެވެ.

ޓޯމޯއާ ދެކޮޅަށް ކުޅޭ މެޗުން އެމާ މޮޅުވެއްޖެނަމަ އޭނާ އަށް ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް ވަދެވޭނެ އެވެ. އެމާ މި ވަގުތު އޮތީ 150 ވަނައިގަ އެވެ. މިދިޔަ ޖުލައި މަހު ވިމްބަލްޑަން އަށް ނުކުތްއިރު އެމާގެ ރޭންކިން އަކީ 338 ވަަނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox