މުހިއްމު ކުޅުންތެރިން ނުލައި ބްރެޒިލް ރެކޯޑް ދަމަހައްޓައިފި

Sep 3, 2021, 5:29 AM
ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ މިލިޓާއޯ (ވ) ބޯޅަ ކޮންޓްރޯލްކުރަނީ.

ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ މިލިޓާއޯ (ވ) ބޯޅަ ކޮންޓްރޯލްކުރަނީ.

މޮންޓެވީޑޯ، އުރުގުއޭ (ސެޕްޓެމްބަރު 3) - ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ރޭ ބްރެޒިލުން މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗުގައި 1-0 އިން ޗިލީ ބަލިކޮށް ކޮލިފައިންގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ކްލަބުން ރިލީސްނުދޭތީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ނުވަ ކުޅުންތެރިން ނުލައި ރޭ ޗިލީއާ ދެކޮޅަށް ނުކުތް ބްރެޒިލަށް މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ ދެ ވަނަ ހާފްގައި އެވަޓަން ރިބެއިރޯ އެވެ.

މި މެޗުގައި ބްރެޒިލް މޮޅުކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނެ ކުޅުންތެރިއަކީ ކީޕަރު ވެވާޓަން އެވެ. ބްރެޒިލްގެ ޕަލްމެއިރަސް އަށް ކުޅޭ ވެވާޓަން މި މެޗުގައި ބޭނުންކުރަން ޖެހުނީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ އެޑަސަން މޮރާއެސް ގައުމީ ޓީމަށް ދޫނުކުރާތީ އެވެ. ވެވާޓަން ވަނީ ރޭގެ މެޗުގައި ޗިލީން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވައިފަ އެވެ. އާޓޫރޯ ވިޑާލް އާއި އެޑޮއާޑޯ ވާގާސް ފޮނުވާލި ރަނގަޅު ދެ ހަމަލާއެއް ވެވާޓަން ވަނީ މަތަކޮށްފަ އެވެ.

ޗިލީއާ ދެކޮޅަށް ބްރެޒިލްގެ ކުރިއަށް ކުޅުނު ނޭމާ އާއި ގަބްރިއެލް ބާބޯސާ ފަރާތުން މި މެޗުގައި މާ ބޮޑު ތަފާތެއް ނުފެނުނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ އެއް ވަނައިގައި ބްރެޒިލް އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ވެނެޒުއޭލާ ދަނޑުގައި 3-1 އިން މޮޅުވި އާޖެންޓީނާ އެވެ. އާޖެންޓީނާ އަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ކޮލިފައިންގައި ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ބްރެޒިލް ކުޅޭނީ އާޖެންޓީނާއާ އެވެ. ޖުލައި މަހު ކުޅުނު ކޮޕަ އެމެރިކާ ފައިނަލުގައި ބްރެޒިލް އަތުން އާޖެންޓީނާ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ވެނެޒުއޭލާ އަތުން ރޭ މޮޅުވި މެޗުގައި އާޖެންޓީނާގެ ގޯލުތައް ޖެހީ ލަޓާރޯ މާޓީނޭޒް އާއި އެންހެލް ކޮރޭއާ އަދި ޔަކީން ކޮރޭއާ އެވެ. ވެނެޒުއޭލާގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން ހޫލިއޯ ސެޓެލްޑޯ އެވެ. މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވެނެޒުއޭލާ ކުޅުންތެރިން ވަނީ ގިނަ ފައުލުތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox