ޗައިނާގައި ރިއަލިޓީ ޓެލެންޓު ޝޯތައް މަނާކޮށްފި

ޗައިނާގައި މަގްބޫލުކަން ހޯދާފައިވާ "ޕްރޮޑިއުސް 101" ޝޯގެ ތެރެއިން.

ޗައިނާގައި މަގްބޫލުކަން ހޯދާފައިވާ "ޕްރޮޑިއުސް 101" ޝޯގެ ތެރެއިން.

ބެއިޖިން، ޗައިނާ (ސެޕްޓެމްބަރު 2) - ޒުވާނުންނަށް މަގު އޮޅެމުންދާ ކަމަށް ބުނެ "ޕޮޕް ކަލްޗާ" އާ ދެކޮޅަށް ޗައިނާ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ރިއަލިޓީ ޓެލެންޓު ޝޯތައް މަނާކޮށް، ފިރިހެނުން "ފިރިހެންވަންތަކޮށް" ދެއްކުމަށް ޓީވީ ޗެނެލްތަކަށް އަންގައިފި އެވެ.

ޒުވާން ބައިވެރިންނާއެކު އެކި ކަހަލަ ޓެލެންޓު ހަރަކާތްތައް ހިންގާ، އާއްމުންގެ ވޯޓު މެދުވެރިކޮށް އެންމެ މޮޅު ބައިވެރިއަކު ހޮވާ ޓެލެންޓު ޝޯތަކަށް ޗައިނާގައި ބޮޑު މަގްބޫލުކަމެއް އޮވެ އެވެ. އެފަދަ ޝޯތަކުން ފެންނަ ބައެއް ޒުވާނުންގެ ފަރާތުން ނުރަނގަޅު ސިފަތައް ފެނުނު ނަމަވެސް، ފޭނުން ތިބެނީ މޮޔަވެފަ އެވެ.

"ބްރޯޑްކާސްޓް އަދި ޓީވީ ސްޓޭޝަންތަކުން ރިއެލިޓީ ޝޯ އާއި ވެރައިޓީ ޝޯ އަދި އައިޑަލް ޝޯތައް ދެއްކުމަކީ މަނާކަމެއް،" ޗައިނާގެ ބްރޯޑްކާސްޓް ރެގިއުލޭޓަރު، ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޝަން އެޑްމިނިސްޓްރޭޝަނުން ނެރުނު އާ އުސޫލުގައި ބުންޏެވެ.

Advertisement

ބްރޯޑްކާސްޓަރުންނަށް އަންގާފައި ވަނީ "ޗައިނާގެ ސަގާފަތާއި އާދަކާދަ އާލާކޮށް، ސޯޝަލިސްޓު ސަގާފަތް ދިރުވުމަށް ވީހާވެސް ބޮޑަށް" މަސައްކަތް ކުރުމަށެވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ "ފިރިހެންވަންތަ" ފިރިހެނުން އުފެއްދުމަށް ކަމަށް ބުނެ ހާއްސަ ޖިމް ކުލާސްތައް ހިންގައި، ދެކުނު ކޮރެއާގެ ޕޮޕް ތަރިންގެ ސިފަ އާއި ސްޓައިލް ކޮޕީ ކުރާ ރައްޔިތުންނަށް ފާޑުކިޔާފަ އެވެ.

ޗައިނާގެ މަޝްހޫރު ބްލޮގަރު ފެންގް ޒިއައޮޔީގެ ޑޫޔިން އެކައުންޓު މިދިޔަ ހަފުތާގައި ސަސްޕެންޑު ކުރީ "ނުރަނގަޅު އާދަތައް ޕްރޮމޯޓު ކުރާ" ކަމުގެ ޝަކުވާ ލިބުމުންނެވެ. ޑޫޔިން އަކީ ޗައިނާގެ ރައްޔިތުން ބޭނުން ކުރާ ޓިކޮޓޮކް ޕްލެޓްފޯމެވެ.

އޭގެ އިތުރުން ވީޑިއޯ ސްޓްރީމް ކުރާ ސައިޓު އައިކިޔީ އިން މިދިޔަ ހަފުތާގައި ބުނީ އައިޑޮލް ޓެލެންޓު ޝޯތައް ކެންސަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ޗައިނާގެ މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ ގާނޫނާ ހިލާފު އަމަލުތައް އިތުރުވަމުންދާތީ ފަހަކަށް އައިސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅު އަޅަން ފަށާފަ އެވެ.

އެގޮތުން ޓެކްސް ނުދައްކާކަން ފަޅާ އެރުމުން މިދިޔަ ހަފުތާގައި އެކްޓްރެސް ޒެންގް ޝުއާންގް 46 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. އޭގެ އިތުރުން ކުރީގެ އައިޑޮލް އަދި ޗައިނާ އާއި ކެނެޑާ އަށް ނިސްބަތްވާ ޕޮޕް ތަރި ކްރިސް ވޫ ވަނީ ރޭޕުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ޗައިނާ ޒުވާނުންގެ މެދުގައި މަގްބޫލުވެފައިވާ ޝޯތަކުން ފެންނަ ތަރިންނަށް ސަޕޯޓު ކުރާ ފޭނުން "މޮޔަވެފައި" ތިބޭތީ ރެގިއުލޭޓަރުން ދަނީ އެކަން ހުއްޓުވުމަށް ވެސް ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން "ޔޫތު ވިތު ޔޫ 3" މިދިޔަ މޭ މަހު ދެއްކުން މަނާކުރީ ތަރިންނަށް ވޯޓު ހޯދުމުގެ ގޮތުން ސަޕޯޓަރުން އެއް ފަހަރާ ގިނަ އަދަދެއްގެ ޔޯގަޓު ގަނެ، އުކަން ފެށުމުންނެވެ.

މިފަދަ ޝޯތަކުގައި ތަރިންނަށް ވޯޓު ހޯދައި ދިނުމުގެ ގޮތުން އާއްމު ގޮތެއްގައި ފޭނުންނަށް ޖެހެނީ ޝޯގެ ސްޕޮންސަރެއްގެ މުދާ ގަންނާށެވެ. ބްރޯޑްކާސްޓު ރެގިއުލޭޓަރު އަލަށް އިއުލާނު ކުރި އުސޫލުގެ ދަށުން އެކަން މަނާވާނެ އެވެ.

ޗައިނާ ސަރުކާރުން އަންނަނީ ގައުމުގެ ރައްޔިތުންގެ މެދުގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ގޭމު ކުޅުމަށް ކުދިން ދެވިހިފާ މައްސަލަ ހައްލު ކުރުމަށް 18 އަހަރުން ދަށުގެ ކުދިން ހަފުތާއަކު ތިން ގަޑިއިރަށް ވުރެ އިތުރަށް އޮންލައިން ގޭމް ކުޅުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން އިމްތިހާން ހަދަން ޖެހޭތީ ދަރިވަރުންނަށް ކުރާ ޕްރެޝަރު ކުޑަ ކުރުމުގެ ގޮތުން ގްރޭޑް އެކެއްގެ ކުދިންނަށް އިމްތިހާން ދިނުން މަނާކޮށް، ހޯމްވޯކް ދިނުން ވެސް މަދު ކުރަން ވަނީ އަންގާފަ އެވެ. ހަމައެއާއެކު ފައިދާ އަށް ޓިއުޝަން ނަގައިދިނުން ފަދަ ކަންކަން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox