28 ރަށެއް ވެކްސިން ފުރިހަމަކޮށްފި، ޕީސީއާރްއާ ނުލާ ދަތުރު ކުރެވޭނެ

ރަށެއްގެ މަގުމަތި: 28 ރަށަކުން ވަނީ ވެކްސިން ފުރިހަމަކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރަށެއްގެ މަގުމަތި: 28 ރަށަކުން ވަނީ ވެކްސިން ފުރިހަމަކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެޗްޕީއޭން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށަކަށް ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރުމުގެ ހުއްދަ ދީފި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުމާއެކު، މާލޭން ރަށްރަށަށް ދިޔުން ހަރުކަށިކޮށް، 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ތައާރަފުކުރި އެވެ. އޭގެފަހުން ވެކްސިން ޖަހަން ފެށުމުން އެ ކަރަންޓީނަށް ލުއި ދިނެވެ.

އެގޮތުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މިހާރު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް މާލޭން ދަތުރު ކުރެވެ އެވެ. ނަމަވެސް، އެގޮތަށް ދަތުރު ކުރެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއަކާ އެވެ.

އެޗްޕީއޭން ކަނޑައަޅާފައި އޮތީ މި މަހުން ފެށިގެން ވެކްސިން ޖެހުމުގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާ ނުލާ ދަތުރު ކުރެވޭނެ ގޮތަށެވެ.

އެގޮތުން އެ މިންގަނޑަށް ވާސިލްވެފައިވާ 28 ރަށެއް އެޗްޕީއޭން މިއަދު ވަނީ އާންމުކޮށްފަ އެވެ. މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.

އަދި، މީގެތެރެއިން ގެސްޓްހައުސްތައް ހުންނަ ރަށްރަށުގެ ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެސް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، 14 ދުވަސްވެފަ އެވެ.

އާބާދީގެ 95 ޕަސެންޓް ފުރިހަމަކުރި ރަށްތައް

ހއ. އުލިގަމް

ހއ. މުރައިދޫ

ހދ. ހިރިމަރަދޫ

ހދ. ނެއްލައިދޫ

ރ. މަޑުއްވަރީ

ރ. މީދޫ

ރ. އަލިފުށި

ބ. ފެހެންދޫ

ބ. ފުޅަދޫ

ބ. ދޮންފަން

ބ. ކިހާދޫ

ބ. އޭދަފުށި

ބ. މާޅޮސް

ބ. ކަމަދޫ

އއ. މަތިވެރި

އދ. ދިގުރަށް

އދ. ފެންފުށި

އދ. ދިއްދޫ

ވ. ރަކީދޫ

ވ. ފުލިދޫ

ފ. މަގޫދޫ

ފ. ދަރަންބޫދޫ

ފ. ފީއަލި

ލ. ހިތަދޫ

ގއ. ދެއްވަދޫ

ގދ. ރަތަފަންދޫ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 85 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ 84 ޕަސެންޓު ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ގާތްގަނޑަކަށް 30,000 މީހުން އެބަތިބިކަމަށް މަބްރޫކް ހާމަކުރެއްވި އެވެ.

މިހާރު ލިބިފައިވާ ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވާއިރު، ސަރުކާރުގެ އަމާޒަކީ އޭގެ ކުރިން އެންމެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެކަމަކު ރާއްޖެ އަށް ވެކްސިންގެ ނަސީބު ލިބިފައިވާ އިރު ވެސް އެކަމުގައި ފަރުވާކުޑަކުރަމުން ދިއުމަކީ ސިއްހީ ދާއިރާގެ ކަންބޮޑުވުމެކެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެއާ ހަމައަށް ރާއްޖޭގައި 383،620 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 302،182 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox