ޑަބްލިއުއެޗްއޯ އިން ކޮވިޑުގެ އާ ވޭރިއެންޓެއް މޮނީޓާކުރަނީ

ޑަބްލިއުއެޗްއޯ އިން މޮނީޓާކުރަމުންދާ ކޮވިޑުގެ އާ ވޭރިއެންޓުގެ ނަމަކީ މޫ.

ޑަބްލިއުއެޗްއޯ އިން މޮނީޓާކުރަމުންދާ ކޮވިޑުގެ އާ ވޭރިއެންޓުގެ ނަމަކީ މޫ.

ޖެނީވާ، ސްވިޓްޒަލޭންޑް (ސެޕްޓެމްބަރު 1) - މި އަހަރުގެ ޖެނުއަރީ މަހުން ކޮލޮމްބިއާ އިން ފެނުނު ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓެއް މޮނީޓާކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

"މޫ" ނުވަތަ ބީ.621.1 ގެ ނަން ދީފައިވާ އެ ވޭރިއެންޓަކީ "ޝައުގުވެރިކަން ހުރި" ވޭރިއެންޓެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ.

ޑަބްލުއިއެޗްއޯ އިން ބުނީ އެ ވޭރިއެންޓުގެ މިއުޓޭޝަންތަކުގެ ތެރޭގައި ވެކްސިނަށް ނުގުޑާ ފަދަ އަސަރެއް ކުރުން އެކަށީގެންވާ ކަމަށާއި އެކަން ބެލުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ވައިރަހުގެ އާ މިއުޓޭޝަންތައް ފެނުމުގެ ނުރައްކާ ބޮޑެވެ. މި ވަގުތު އެންމެ ބޮޑަށް ފެންނަނީ ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓެވެ. އެ ވޭރިއެންޓުގެ ނުރައްކާ ބޮޑީ ވެކްސިން ނުޖަހާ ތިބި މީހުންނާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީފައިވާ ހިސާބުތަކުގަ އެވެ.

ކޮންމެ ވައިރަހެއް ވެސް ގިނައިން ފެތުރޭ ވަރަކަށް މިއުޓޭޓްވެ، އާ ވޭރިއެންޓުތައް އުފެދެން މެދުވެރިވެ އެވެ. ބައެއް މިއުޓޭޝަންތަކުގެ ސަބަބުން ވައިރަހުގެ އަސަރު ކުރާ ގޮތާއި ފެތުރޭ ހަލުވި މިނަށް އަދި ވެކްސިނަށް ގުޑާ މިންވަރަށް ބަދަލު އާދެ އެވެ.

މި ވަގުތު "ކަންބޮޑުވާން ޖެހޭ" ވޭރިއެންޓުގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައި ވަނީ ހަތަރު ވޭރިއެންޓެކެވެ. އޭގެ ތެރޭގައި ހިމެނޭ އަލްފާ ވޭރިއެންޓު 193 ގައުމަކުން ފެނިފައި ވާއިރު، ޑެލްޓާ ފެނިފައި ވަނީ 170 ގައުމަކުންނެވެ.

މޫ ހިމެނޭ ގޮތަށް ފަސް ވޭރިއެންޓެއް އޮތީ މޮނީޓާ ކުރާ ކެޓެގަރީގަ އެވެ. ކޮލޮމްބިއާ އިން އެންމެ ފުރަތަމަ ފެނުނު އެ ވޭރިއެންޓު މިހާރު ވަނީ ދެކުނު އެމެރިކާގެ ގައުމުތަކާއި ޔޫރަޕަށް ފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox