ފިއްލަދޫ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ދައްޕަރުގެ މަސައްކަތް ނުގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި

ހއ. ދައްޕަރު: މި ރަށް މީގެ ކުރިން ރިސޯޓު ހަދަން ވެސް ދޫކުރި -- ފޮޓޯ: ޗެޑީ ސިންގަޕޯ

ހއ. ދައްޕަރު: މި ރަށް މީގެ ކުރިން ރިސޯޓު ހަދަން ވެސް ދޫކުރި -- ފޮޓޯ: ޗެޑީ ސިންގަޕޯ

ހއ. ފިއްލަދޫ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރި ނަމަވެސް ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

ފިއްލަދޫއާ އެއްފަސްގަނޑެއްގައި އޮންނަ ދައްޕަރު އެ ރަށު ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ރިސޯޓެއްގެ ގޮތުގައި ކަނޑައެޅީ، ސަރުކާރުން އަލަށް ފަށާ ސެކަންޑް ހޯމް ރެޒިޑެންސީ މަޝްރޫއަށެވެ. ސަރުކާރުގެ ވިސްނުމަކީ މި މަޝްރޫއުގެ ދަށުން ދައްޕަރުގައި ހޮލިޑޭ ހޯމްތަކެއް އެޅުމަށް ފަހު ބިދޭސީންނަށް ވިއްކުމެވެ.

އެކަމަކު އާ ލާމަރުކަޒީ ގާނޫނުގެ ދަށުން، ފިއްލަދޫ ރައްޔިތުން ދައްޕަރުން ނަފާ ހޯދުމަށް ތައްޔާރުވެފައި ތިއްބާ މަޝްވަރާ ކުރުމެއްނެތި އެ ރަށުގެ އިހްތިސާސުން ދައްޕަރު ވަކި ކުރުމުން ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެން އެކަން އޮއްވާ ދިއްޕަރު މައްސަލައިގައި ސަރުކާރުގެ ވިސްނުން ސާފުކޮށްދެއްވަމުން ހަމްދާން ސޯޝަލް މީޑިޔާގައި ވިދާޅުވީ އެ މައްސަލައިގައި އެދެވޭ ވަރުގެ ހައްލެއް ހޯދައިދޭނެ ކަމަށާއި މިހާރު ކައުންސިލާ އެކަމުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ. ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިޔަށް ނުގެންދާނެ،" ޓުވިޓާގައި ހަމްދާން ލިޔުއްވި އެވެ.

ފިއްލަދޫ ކައުންސިލުން ބުނީ އިހްތިސާސުން ވަކިކުރިއިރު ކައުންސިލުން މަސައްކަތްކުރަމުން އައީ ދައްޕަރުން އެ ރަށު ރައްޔިތުނަށް ނަފާ ލިބޭނެ ފަދަ ގޮތަކަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލަމުން ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް ގެއްލުންތަކެއް ވާނެ ކަމަށް ބުނެ ކައުންސިލުން ވަނީ އެ ނިންމުން ބަދަލުކޮށްދޭން ވެސް އެދިފަ އެވެ.

ދައްޕަރު މައްސަލައިގައި ފިއްލަދޫ ރައްޔިތުން އަންނަނީ އެ މަޝްރޫއުގެ މަސައްކަތްތައް ހުއްޓާލަން ގޮވާލާ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އެގޮތުން ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަށް ފިއްލަދޫ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި އެ ރަށް ބޭއްވުމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. އަދި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ބާއްވައިގެން ވެސް އެ ރަށުގައި ޓޫރިޒަމް ތަރައްގީކުރުމުގެ ފުރުސަތު ދިނުމަށް ވެސް ރައްޔިތުން ބޭނުންވެ އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރިއިރު ލާމަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ އެ ރަށެއްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްތަކުން ކައުންސިލަށް ނަފާ ހޯދޭނެ ކަމަށެވެ. އަދި އެއަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ފަޅު ރަށްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރެވެ. އެއިރު ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް މި ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. ނަމަވެސް އެ ޕްލޭން ވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ސެކަންޑް ހޯމް ރެޒިޑެންޑްޓް ޕައިލެޓް ޕްރޮޖެކްޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖުލައި މަހު އިއުލާން ކުރިއިރު ރައީސް ސޯލިހުގެ ގަރާރަކުން ދައްޕަރު އޮތީ މާޗް، 2020 ގައި ފިއްލަދޫގެ އިހްތިސާސުގައި ރަސްމީކޮށް ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox