ގާތުން ދިނުން: ކިރު އައުމާއި ނައުމާއި މަދުވުން

މަންމައަކު ދަރިފުޅަށް ގާތުން ދެނީ

މަންމައަކު ދަރިފުޅަށް ގާތުން ދެނީ

"ކުޑަ ދަރިފުޅަށް ހަ މަސް ވަންދެން އެންމެ ރަނގަޅީ މައިމީހާގެ ގާތުން ދޭ ކިރެވެ." މި ބުނުމުގެ ހަގީގީ މާނަ އާއި ފުންކަން ވަޒަން މި ކުރެވުނީ މިއަދު ދެ ކުދިންގެ މަޔަކަށް ވުމުންނެވެ. ގާތުން ދިނުމަކީ ބުރަ އަދި އުނދަގޫ، އެހެނަސް ދުލުން ބަޔާން ނުކުރެވޭހާ އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެކެވެ. މައިންގެ ދަރަޖަ އުފުލިގެންދާ މަތިވެރި ހިދުމަތެއްވެސް މެއެވެ.

އެހެނަސް، ގާތުން ދިނުމާއި ގުޅޭ ގޮތުން ސުވާލު އުފެދޭ އެތައް ކަމެއް ގިނަ ބައެއްގެ ހިތުގައި އެބަވެ އެވެ.

ކިރު ގިނަ ކުރާނީ ކިހިނެއް؟

މައިމީހާގެ ގާތުން ދޭ ކިރުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަފާތު ދެ ބައެކެވެ. އެއީ ފޯ މިލްކާއި އަދި ހައިންޑް މިލްކް އެވެ. ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވާ ގޮތުގައި ފޯ މިލްކްއަކީ ދަރިފުޅަށް ބުއް ޖެއްސުމުން ފުރަތަމަ އަންނަ ކިރެވެ. އަދި ހައިންޑް މިލްކް އަކީ ފޯ މިލްކް ބޮއެ ނިމުމުން ދެން އަންނަ ކިރެވެ.

Advertisement

"އާންމުކޮށް ވެސް މީހާ ވަރުބަލިވެ ކަރު ހިއްކައި ބަނޑުހައި ވެފައި ހުރިއްޔާ ފުރަތަމަ ކަރު ހިއްކުން ދޯ މި ފިލުވާލަނީ. އެގޮތަށް ފޯ މިލްކްގައިވެސް ގިނަވާނީ ފެން. ގާތްގަނޑަކަށް 80 އިންސައްތައަކީ ފެން. އެހެންވީމަ ކިރު ގިނަ ކުރަން އެންމެ ގިނައިން ބޭނުންވަނީ ފެން،" އާސިޔާ ވިދާޅުވި އެވެ.

ކިރުގެ ދެވަނަ ބާވަތް ކަމުގައިވާ ހައިންޑް މިލްކްގައި ގިނައިން އެކުލެވެނީ ފެޓްސް އާއި ކުޑަ ދަރިފުޅަށް ބޭނުންވާ ހަކަތަ އާއި އެހެނިހެން ވެސް މުހިންމު ނިއުޓްރިއެންޓްސް އެވެ. އާންމު ގޮތެއްގައި ދަރިފުޅަށް ބޭނުންވާ މިންވަރަށް މި މާއްދާތައް ކިރުގައި ހިމެނެ އެވެ. ނަމަވެސް ކިރުގެ ކޮލިޓީ އިތުރަށް ރަނގަޅު ކުރަން ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންތައްތައް އާސިޔާ ފާހަގަ ކުރެއްވި އެވެ.

"ފުރަތަމަ ކަމަކީ ކިރު ގިނަ ކުރަންށޭ ކިޔާފައި ވަކި އިތުރަކަށް ކާކަށް ނުޖެހޭނެ. މާބަނޑު ދުވަސްވަރުގެ ފަހު ތިންމަހު މައިމީހާ ކައިއުޅޭ ވަރަށް ކެެއުން ބެހެއްޓުމުން ފުދޭނެ. އެއީ ފަހު ތިން މަހު މައިމީހާ އެތެރެކުރާ ކާނާ ފެޓްސްގެ ގޮތުގައި މި ރައްކާކުރަނީ. އެއަށްފަހު އެ އެއްޗެހި ހަށިގަނޑުން އަންދައިގެން ކިރު އުފެދި މި އަންނަނީ،" އާސިޔާ ވިދާޅުވި އެވެ.

ކަންމިހެން ވުމުން ގާތުން ދެވޭ ކިރުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި މާބަނޑު ދުވަސްވަރުގެ ފަހު ތިން މަހުގެ ކެއުމުގައި ހެލްތީ ފެޓްސް ގިނައިން ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ ދަރިފުޅުގެ ދުޅަހެޔޮކޮށް ތޫނުފިލިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމެއްވެސް މެ އެވެ.

ކިރު ބޮއެގެން ކިރު ގިނަވޭތަ؟

އަހަރެމެންގެ އާދަކާދަ ތަކަށް ބަލާއިރު ވިހެއުމަށްފަހު ކިރު ނޭރުމުން އަދި ކިރު އައުން ގިނަ ކުރުމުގެ ގޮތުން ވަކި ބާވަަތް ބާވަތްތަކުގެ ތަކެތި ކެއުމަށް ބާރުއެޅެ އެވެ. މިގޮތުން އެންމެ ގިނައިން އަޑުއިވޭ އެއްވާހަކަ އަކީ ގާތުން ދޭ ކިރު އިތުރުކުރުމަށް ގިނައިން ކިރު ބޯންޖެހޭ ކަމެވެ. މި ސުވާލު ޑައިޓީޝަން އާސިޔާ އާކޮށްލުމުން ދެއްވީ މުޅީން ތަފާތު ޖަވާބެކެވެ.

"އެއީ ހަމަ ކުށްހީ އެއް. އެކަމަކު ކިރު ގިނައިން ބުއިމަށްފަހު ގާތުން ދޭ ކިރު އިތުރުވާކަމަށް ފާހަގަކުރެވިދާނެ. އެއީ ކިރުގައިވެސް ގިނަވާނީ ފެން،"

ހަމައެޔާއެކު، ކިރު އިތުރުކުރުމަށްޓަކައި ކާށި ކިރާއި ގެރިކިރު ފަދަ ބާވަތްތައް ބޭނުންކުރުމަކީ ވިހެއުމަށްފަހު މައިމީހާގެ ބަރުދަން ލުއިކުރުމަށްވެސް ފަހުން އުނދަގޫވާނެ ކަމެއް ކަމަށް އާސިޔާ ވިދާޅުވި އެވެ.

އެކި ފާޑުފާޑުގެ ސަޕްލިމެންޓްސް މުހިންމުތަ؟

ކިރު ގިނަ ކުރުމަށްޓަކައި ބޭނުންކުރެވިދާނެ އެކި ވައްތަރުތަކުގެ ސައިފަތާއި ސަޕްލިމެންޓްތަކަކީ މިފަހުން އަހަރެމެންގެ ތެރޭގައި ނިކަން މަޝްހޫރު ތަކެއްޗެވެ. މިފަދަ ތަކެއްޗަކީ ޖުމްލަ ގޮތެއްގައި ވަކި ހާއްސަ ތަހުލީލުތަކަކަށްފަހު ނެރެވިފައިވާ ބާވަތްތަކަށް ނުވާއިރު، މިއީ ކޮންމެހެން ބޭނުންކުރުން މުހިންމު ތަކެއްޗެއް ނޫން ކަމަށް އާސިޔާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އެންމެ މުހިންމީ މާބަނޑު ދުވަސްވަރު އަދި ވިހެއުމަށް ފަހު ވެސް ޑޮކްޓަރުން ދެއްވާ ސަޕްލިމެންޓްތައް ގަވާއިދުން ނެގުމެވެ. ސަބަބަކީ މިފަދަ މައިކްރޯ ނިއުޓްރިއަންޓްސްތަކަކީ ހަށިގަނޑަށް ގިނަ އަދަދަކަށް ބޭނުންވާ އެއްޗިއްސަށް ވުމާއި އާންމު ކެއުންތަކުން އެ މިންވަރަށް އެ މާއްދާތައް ލިއްބައި ނުދޭތީ އެވެ.

މިގޮތުން ކެލްސިއަމް އަށް ބަލާލާއިރު، 60 އަހަރުން ދަށުގެ އަންހެނެއްގެ ހަށިގަނޑަށް 1000 މިލިގްރާމް ކެލްސިއަމް ދުވަހެއްގެ މައްޗަށް ބޭނުންވެ އެވެ. އަދި ބަނޑަށް ތިންމަސް ފުރުމަށްފަހު ވިހައިގެން 6 މަސް ވަންދެން މައިމީހާގެ ހަށިގަނޑަށް އިތުރު 500 މިލިގްރާމް ކެލްސިއަމް ބޭނުންވެ އެވެ. އެއީ ޖުމުލަ 1،500 މިލިގްރާމުގެ ކެލްސިއަމް އެވެ. އާންމުކޮށް ކިރު ތަށްޓެއްގައި ހިމެނެނީ އެންމެ 350 މިލިގްރާމް ކެލްސިއަމް އެވެ.

މި މިންގަނޑުން ބަލާއިރު ދުވާލަކަށް ދެތަށި ކިރާއި އަދި އާންމު ކެއުމަކުން ވެސް 1500 މިލިގްރާމް ކެލްސިއަމް ހަށިގަނޑަށް ފޯރުކޮށް ނުދެވޭނެ އެވެ. އެހެން ކަމުން މިދުވަސް ވަރަށް ހާއްސަކޮށް ޑޮކްޓަރުން ދެއްވާ 500 މިލިގްރާމް ހިމެނޭ ކެލްސިއަމް ގުޅަ އަކީ ކޮންމެހެންވެސް މުހިންމު އެއްޗެއް ކަމުގައި އާސިޔާ ވިދާޅުވި އެވެ.

ހަމައެޔާއެކު ދަގަނޑުގެ މާއްދާއަކީ ފޯމިއުލާ އާ، އަޅައިބަލާއިރު ގާތުން ދޭ ކިރުގައި ހަމައެކަނި މަދުން ހުންނަ މާއްދާ ކަމުގައި ފާހަގަކުރައްވާ ޑޮކްޓަރުން ދެއްވާ ދަގަނޑުގެ ބޭސް ގުޅަވެސް އިސްރާފު ނުކޮށް ގަވާއިދުން ބޭނުންކުރުމަށް އާސިޔާ ވިދާޅުވި އެވެ.

އެއާއެކު، ވަޒަން ހަމަކޮށް ގަޑިން ގަޑިއަށް ކައިއުޅޭ އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބޮއެ ޑޮކްޓަރުން ދެއްވާ ބޭސްތައް ބޭނުންކުރާނަމަ ކިރުގެ ސަޕްލައި އިތުރުކުރަން އެހެންއެއްވެސް އެއްޗެއް ބޭނުމެއް ނުވާނެ ކަމަށް އާސިޔާ ޔަގީންކަން ދެއްވަ އެވެ.

ނެގެޓިވް ވާހަކަތަކުން މައިމީހާ އަށް ނޭދެވޭ އަސަރު!

ގާތުން ދޭ ކިރުގެ އިތުރަށް ކުޑަ ދަރިފުޅަށް އެހެން އެއްޗެއް ދޭންޖެހޭ ސަބަބަކީ ކޮބައިތޯ ބެލުމަށް 2007 ވަނަ އަހަރު ރާއްޖޭގައި ދިރާސާއެއް ހެދިފައިވެ އެވެ. މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން ގާތުން ދޭ ކިރުގެ އިތުރަށް އެހެން އެއްޗެއް ކުޑަ ދަރިފުޅަށް އެންމެ ގިނައިން ދެވޭ އެއް ސަބަބަކީ ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުހުންނަހެން ހީވުމެވެ.

މިކަމުގައި އެންމެ ބޮޑު އަސަރެއް ކުރަނީ ވިހައިގެން އުޅޭ ދުވަސްވަރު ކުޑަ ދަރިފުޅު ދެކިލުމަށާއި މައިމީހާ އަށް ޒިޔާރާތް ކުރުމަށް އަންނަ ގާތްތިމާގެ އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުންނެވެ. މިގޮތުން ދަރިފުޅުގެ ބަރުދަނާއި، ދަރިފުޅުގެ ހަށިގަނޑަށް އިޝާރާތްކޮށް ތަފާތު ކޮމެންޓުތައް އެއްވެސް ފިލްޓަރެއް ނެތި ގިނަ ބަޔަކު އޮއްސާލަ އެވެ.

"ވަރަށް ގިނަ ފަހަރު މީހުން ބުނެލާނެ، އަޅެ ހާދަ ކުޑައޭ މި ކުއްޖާ. އޭގެ އަަސަރު ވަރަށް ބޮޑަށް މައިމީހާ އަށް ކުރޭ. މިކަންކަން އޮންނަ ގޮތް ރަނގަޅަށް އެނގޭ މީހަކަށް ވިޔަސް، މީހަކު މިހެން އައިސް މީނަ ހާދަ ކުޑައޭ، ބުއް ނުހުންނަނީ ހޭ، ބުއް ނާރަނީ ހޭ އެބަ އަހާލާ. މިހެން ބުނާ އަޑު އިވުނީމަ ވަރަށް ނެގެޓިވް އަަސަރު މައިމީހާއަށް ކުރާނެ،" އާސިޔާ ވިދާޅުވި އެވެ.

ކިރު އިތުރުކުރަން ނަފްސާނީ ދުޅަހެޔޮ ކަންވެސް މުހިންމު ދައުރެއް އަދާކުރެ އެވެ. ދަރިފުޅު ރޮއެލާ ކޮންމެ ފަހަރަކީ ކޮންމެހެން ބަނޑުހައިވެގެން ރޯ ރުއިމެއް ނޫންކަން ދެނެގަނެ، އެކި ކަންކަމަށް އެދި އެ ރޯ ރުއިން ތަފާތުކޮށް އަވަހަށް ފަހުމު ވުމަކީ މުހިންމު ކަމެއްވެސް މެ އެވެ.

ކުއްޖާ ބޮޑުވާ މިންވަރު ބަލާނީ އެހެން މީހުންގެ އަނގައިންނެއް ނޫން!

މީހުން ކިޔާ އެއްޗިއްސަށް ނުބަލާ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިފުޅު ހެދިބޮޑު ވާ މިންވަރު ރަނގަޅަށް މޮނިޓަ ކުރުމަކީ މުހިންމު ކަމެކެވެ.

އާސިޔާ ފާހަގަކުރައްވާ އެއްކަމަކީ ދަރިފުޅު ދުވަހެއްގެ މައްޗަށް ފޯކުރާ ނުވަތަ ހަޑިކުރާ ނެޕީގެ އަދަދަށް ބެލުމެވެ. ވެކްސިން ކާޑުގައި ހިމެނޭ ހެދިބޮޑުވާ މިންވަރު އަންގައިދޭ ޗާޓުތަކުން ދަރިފުޅުގެ ބަރުދަނާއި އިސްކޮޅު އެކަށީގެންވާ މިންވަރަށް މަތިވަމުން ދޭތޯ ޔަގީން ކުރުމެވެ.

"މިސާލަކަށް ވިހާއިރު ކުޑަކޮށް އޮންނަ ކުއްޖެއް ދެންވެސް ގްރޯތު ޗާޓުގެ އެންމެ މައްޗަށް އަރާކަށް ކޮންމެހެން މުހިންމެއް ނޫން. މިހާރުގެ ދިރާސާތަކުން ދައްކާގޮތުން ކުއްލިއަކަށް ފަލަވުމަކީ އެހާ ރަނގަޅުވެސް ކަމެއް ނޫން. އެ ދާވަރަކުން މަޑުމަޑުން ދާންވީ" އާސިޔާ ވިދާޅުވި އެވެ.

މިގޮތުން ކުއްޖާގެ އުމުރުގެ ފުރަތަމަ ތިން މަސްތެރޭ ކޮންމެ މަހަކުވެސް 900 ގްރާމް ބަރުވާނަމަ އެއީ އެންމެ އެކަށީގެންވާ މިންވަރެވެ.

ގާތުން ދިނުމަކީ އަދި ހީކުރާހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ގާތުން ދެވޭ ކިތަންމެ ކުޑަ ކިރު ފޮދަކީވެސް ކުޑަ ދަރިފުޅަށް އެތައް ހާސް ފައިދާއެއް އެއްފަހަރާ ލިބިދޭނެ ކަމެކެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox