ޗައިނާ ކުދިން ހަފުތާއަކު 3 ގަޑިއިރަށް ވުރެ އިތުރަށް އޮންލައިން ގޭމް ކުޅުން މަނާކޮށްފި

ޗައިނާ ކުއްޖަކު އޮންލައިން ގޭމް ކުޅެނީ.

ޗައިނާ ކުއްޖަކު އޮންލައިން ގޭމް ކުޅެނީ.

ބެއިޖިން، ޗައިނާ (އޯގަސްޓު 31) - ޗައިނާގެ ސްކޫލުތައް ހުޅުވިފައި އޮންނަ އިރު ކުދިންނަށް އޮންލައިން ގޭމް ކުޅެވޭނީ ހަފުތާއަކު ތިން ގަޑިއިރު އެކަނި ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ގޭމިން މާކެޓު އޮންނަނީ ޗައިނާ ގަ އެވެ. އެ ގައުމުގެ ޓެކު ކުންފުނިތަކާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ ފަހަކަށް އައިސް އަޅަމުންނެވެ.

ދައުލަތުގެ ޝިންހުއާ ނިއުސް އެޖެންސީން ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އޮންލައިން ގޭމް ކުޅެވޭނީ ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ އަށަކުން ނުވަޔަކަށް ކަމަށެވެ.

އެ ނޫހުން ބުނީ އެފަދަ ފިޔަވަޅެއް އަޅަން ނިންމީ ގޭމް ކުޅުމަށް ދެވިހިފާ މިންވަރު މަދު ކުރުމުގެ ގޮތުން ކަމަށެވެ. ގޭމު ކުޅޭ ކުދިންގެ އުމުރު ޔަގީން ކުރުމަށް އައިޑީ ކާޑު ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ސްކޫލު ޗުއްޓީ ދުވަސްތަކުގައި ހަފުތާގެ ކޮންމެ ދުވަހަކު ވެސް 60 މިނެޓު ވަންދެން ގޭމު ކުޅެވޭނެ އެވެ.

"ގޭމަށް ދެވިހިފުމުން ކިޔެވުމާއި އާއްމު ދިރިއުޅުމަށް ދަނީ އަސަރު ކުރަމުން... އަދި ގިނަ މައިންބަފައިން ދިރިއުޅެމުން ދަނީ އެކަމުގެ ހިތްދަތި ކަމުގައި،" ނޭޝަނަލް ޕްރެސް އެންޑް ޕަބްލިކޭޝަން އެޑްމިނިސްޓްރޭޝަނުގެ ބަޔާނެއްގައި ބުންޏެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގަޑީގެ އިތުރަށް ކުޑަކުދިންނަށް ގޭމު ކުޅުމުގެ ހިދުމަތް ފޯރުކޮށްދިނުން ކުންފުނިތަކަށް ވަނީ މަނާކޮށްފަ އެވެ. އެއާ ހިލާފަށް އަމަލު ކުރާ ނަމަ އަޅާނެ ފިޔަވަޅު ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ މިފަދަ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ދަންވަރު ގޭމް ކުޅުން މަނާކޮށް، ހަފްތާ ދުވަސްތަކުގައި ދުވާލަކު 90 މިނެޓު އަދި ހަފްތާ ބަންދާއި ޗުއްޓީގައި ދުވާލަކު ތިން ގަޑިއިރަށް ގޭމު ކުޅެވޭ ވަގުތު ލިމިޓު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox