އަފްގާނިސްތާނުގެ ކުރީގެ އައިޓީ މިނިސްޓަރު ޑެލިވަރީ ބޯއީއަކަށް

އަފްގާނިސްތާނުގެ ކުރީގެ އައިޓީ މިނިސްޓަރު ޑެލިވަރީ ބޯއީއަކަށް

މިވަގުތު މުޅި ދުނިޔޭގެ ލޯ ހުއްޓިފައިވާ އެއް ތަނަކީ އަފްގާނިސްތާނެވެ. ޓްވިޓާގައި މިފަހުން ވައިރަލްވި އެއް ޓްވީޓަކީ އަފްގާނިސްތާނުގައި މިނިސްޓަރުކަން ކުރެއްވި ސައިދް އަހްމަދު ޝާހް ސާދަތު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރާ ފޮޓޯ އެކެވެ.

ސައިދް އަހްމަދު ޝާހު އަކީ ކުރީގެ ރައީސް އަޝްރަފް ގަނީގެ ކެބިނެޓަށް 2018 ވަނަ އަހަރު އައްޔަނު ކުރެވުނު ކޮމިއުނިކޭޝަންސް އެންޑް އައިޓީ މިނިސްޓަރެވެ. ނަމަވެސް އޭގެ ދެ އަހަރުފަހުން 2020 ގައި އޭނާ ވަނީ ރައީސް އަޝްރަފް އާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކެބިނެޓުން އިސްތިއުފާ ދީފަ އެވެ.

Advertisement
ސައިދް އަހުމަދު ޝާހު މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުގެ ފޮޓޯއެއް - ފޮޓޯ ޓްވިޓާ
ސައިދް އަހުމަދު ޝާހު މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުގެ ފޮޓޯއެއް - ފޮޓޯ ޓްވިޓާ

ސައިދް އަހުމަދު ޝާހު މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުގެ ފޮޓޯއެއް - ފޮޓޯ ޓްވިޓާ

އޭގެ ދުވަސްކޮޅެއް ފަހުން ސައިދް އަހުމަދު ވަނީ އަފްގާނިސްތާނު ދޫކޮށް ދިރިއުޅުން ޖަރުމަނުގެ ލައިޕްސިގް އަށް ބަދަލުކޮށްފަ އެވެ. ނޫސްވެރިއެއްކަމުގައިވާ ޖޯސާ މޭނިއާ ޝްލީގަލް ނަގާފައިވާ ފޮޓޯތަކުގައި ސައިދް ޝާހް ފެނިގެންދަނީ އޮރެންޖް ޓީޝާޓެއް ލައިގެން ޖަރުމަނުގެ މަގުތަކުގައި ބައިސްކަލެއްގައި ޕިއްޒާތައް ޑެލިވަރީ ކުރާ މަންޒަރެވެ. އަރަބި ސްކައި ނިއުސް އިން މިހާރުވަނީ މިއީ އަފްގާނިސްތާނުގެ ކުރީގެ މިނިސްޓަރުކަން ޔަގީންކޮށްދީފަ އެވެ.

އަފްގާނިސްތާނުގެ ކުރީގެ މިނިސްޓަރަކަށް ވުމުގެ އިތުރަށް ސައިދް ޝާހު އަކީ ކޮމިއުނިކޭޝަންސް އާއި އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން ދެ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox