އަނިޔާ ސީރިއަސްއެއް ނޫން، ސަމުއްޓެ އަވަހަށް ޓީމާ ގުޅޭނެ

ގައުމީ ޓީމުގެ ޑިފެންޑަރު ސަމުއްޓެ.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ގައުމީ ޓީމުގެ ޑިފެންޑަރު ސަމުއްޓެ.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ)ގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސްއެއް ނޫން ކަމަށް ޓެސްޓްތަކުން ދެއްކުމުން ގައުމީ ޓީމުުގެ ފަރިތަކުރުންތަކުގައި ވަރަށް އަވަހަށް އޭނާ ބައިވެރިވާނެ ކަމަށް ބެލެވިއްޖެ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރު ސަމުއްޓެ، ވާތު ފަޔަށް އަނިޔާވީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގަ އެވެ. ޕްރެކްޓިސް މެޗެއްގެ ތެރެއިން ސަމުއްޓެ އަށް ލިބުނު މި އަނިޔާގެ ސަަބަބުން އޭނާ އަށް ވަނީ ދާދި ފަހުން މާލޭގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާ ކުޅުނު ތިން މެޗު ވެސް ގެއްލިފަ އެވެ. ސަމުުއްޓެ ނެތުމަކީ މާޒިޔާ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

ސަމުއްޓެގެ އަނިޔާގެ ސީރިއަސްކަން ދެނެގަތުމަށް އެންމެ ފުރަތަމަ ހެދި ޓެސްޓްތަކުން ދެއްކީ ހާލަތު ރަނގަޅު ވަންދެން އެކަށީގެންވާ ވަގުތަކަށް އަރާމްކުރާށެވެ. އެ ގޮތުން އޭނާ ވަނީ ތިން ހަފްތާގެ މުއްދަތަށް އަރާމްކޮށްފަ އެވެ. އެ ދުވަސްތަކަށް ފަހު އޭނާ ކުރި އިތުރު ޓެސްޓްތަކެއް ހެދި އެވެ. އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުގައި ސީރިއަސް އަނިޔާއެއް ނެތެވެ. ރަނގަޅު ރިހެބިލިޓޭޝަނަކަށް ފަހު ސަމުއްޓެ އަށް އެއްކޮށް ފިޓްވެގެން އެނބުރި ކުޅުމަށް އަވަހަށް އާދެވޭނެ އެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗަށް ފަހު ސަމުއްޓެ (ކ) އާއި 2008 ވަނަ އަހަރުގެ ކެޕްޓަން އައްސަދު ފޮޓޯ އަކަށް ހުއްޓިގެން.

ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، "އަދަދު" އަށް ބުނީ ޓެސްޓްތަކަށް ފަހު އަނިޔާ ސީރިއަސް ނޫން ކަމަށް ފެންނާތީ މިހާރު މަޑުމަޑުން އިންޑިވިޖުއަލް ޓްރެއިނިންގެ ބައި ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އަދި މަޑުމަޑުން އެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ފަހު ހާލަތު މޮނިޓާކުރުމަށް ފަހު ވަރަށް އަވަހަށް ޓީމު ޓްރެއިނިން އަށް ސަމުއްޓެ ބައިވެރިވާނެ ކަމަށެވެ.

"އެންމެ ފަހުން ހެދި އެމްއާރްއައި އަށް ބެލުމަށް ފަހު މަޑުމަޑުން އިންޑިވިޖުއަލް ޓްރެއިނިން މި ކުރިއަށް ގެންދަނީ. ދެން މޮނިޓާކޮށްފައި މާ ލަސްތަކެއް ނުވެ ސަމުއްޓެ ޓީމު ޓްރެއިނިން އަށް އެއްކޮށް ޖޮއިންކުރާނެ،" ރާއްޕެ ބުންޏެވެ.

އަނިޔާގެ ރިކަވަރީއާ ބެހޭގޮތުން "އަދަދު"އާ ވާހަކަ ދައްކަމުން ސަމުއްޓެ ބުނީ ކުރިން ހުރި ވަރަށް ތަދުނުހުންނާތީ މިހާރު މަޑުމަޑުން އިންޑިވިޖުއަލް ޓްރެއިނިން ކަންތައް ކުރިއަށްގެންދާ ކަމަށެވެ. އަދި އުއްމީދަކީ އަވަހަށް ޓީމާ ބައިވެރިވެގެން ޓްރެއިނިން އަށް ނުކުތުން ކަމަށް ސަމުއްޓެ ވަނީ ބުނެފަ އެވެ.

ސަމުއްޓެ، 25، އާ ބެހޭގޮތުން ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން މީގެ ކުރިން ބުނެފައިވަނީ ގައުމީ ސްކޮޑު އެކުލަވާލިއިރު، އިތުރު ޑިފެންޑަރެއް ނެގި އެއް ސަބަބަކީ އޭރު ސަމުއްޓެގެ އަނިޔާއާ ބެހޭ ތަފްސީލްތައް އަދި އެއްކޮށް ލިބިފައިނުވާތީ ކަމަށެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބާ އެކު 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު، ސަމުއްޓެ ކުޅުނީ އާންމު ގޮތެއްގައި ޑިފެންސިވް މިޑްފީލްޑަރަކަށެވެ. އޭރު އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގެ ގޭމްޕްލޭނުގައި ބައެއް ފަހަރަށް ވަނީ ޑިފެންޑަރެއްގެ ގޮތުގައި ވެސް ސަމުއްޓެ ބޭނުންކޮށްފަ އެވެެ. ސަމުއްޓެ ވަނީ އޭގެ ފަހުން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މުބާރާތްތަކެއްގައި ކުޅެފަ އެވެ.

ކްލަބް ލެވަލްގައި ސަމުއްޓެ ވަރުގަދަ ޑިފެންޑަރެއްގެ ގޮތުގައި ގަވާއިދުން ފެންނަން ފެށީ 2016 ވަނަ އަހަރު މާޒިޔާއާ ގުޅުނު ހިސާބުން ފެއްޓިގެންނެވެ. ސަމުއްޓެ ވަނީ އެ އަހަރު ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ގަތަރާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެ މެޗުތަކުން ރާއްޖެ ބަލިވި ނަމަވެސް ތަޖުރިބާ މަދު ސަމުއްޓެ ފަރާތުން އުއްމީދީ ކުޅުމެއް ވަނީ ފެނިފަ އެވެ. އޭރު ސަމުއްޓެގެ އުމުރަކީ އެންމެ 19 އަހަރެވެ.

ގުއާމް ކޮޅަށް ގޯލު ޖެހުމަށް ފަހު ސަމުއްޓެ އުފާފާޅުކުރަނީ.--

އޭގެ ފަހުން ގަވާއިދުން ގައުމީ ޓީމުން ޖާގަ ދަމަހައްޓަމުން އަންނަ ސަމުއްޓެގެ ކުޅުން އެންމެ ބޮޑަށް ފެނިގެންދިޔައީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ. ސަރަހައްދުގެ ރަން ތަށި ދެ ވަނަ ފަހަރަށް ރާއްޖޭގެ ފަސްގަނޑުގައި ބަހައްޓަން ދިފާއީ ތަނބެއްގެ ގޮތުގައި ހުރިހާ މެޗެއްގައި ސަމުއްޓެ ވަނީ މޮޅަށް ކުޅެފަ އެވެ.

ސަމުއްޓެ އަށް 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެއްލުނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ކުޅުމަށް އެނބުރި އައިސް ގައުމީ ޓީމުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ސަމުއްޓެ ވަނީ ކުޅެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގުއާމް އަތުން 3-1 އިން ރާއްޖެ މޮޅުވި މެޗުގައި ފުރަތަމަ ގޯލު ޖެހީ ސަމުއްޓެ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ކުޑަހުޅަށް އަނިޔާވެ، ސަމުއްޓެ ބަދަލުކުރިއިރު، އެ އަނިޔާގެ ސަބަބުން އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސަމުއްޓެ އަށް ނުކުޅެވުނެވެ.

އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން އަންނަ މަހު 10-28 އަށް ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދާނެ އެވެ. އެ ޓްރެއިނިން ކޭމްޕް ކުރިއަށްގެންދާނީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކީ އެވެ.

އޮކްޓޫބަރު މަހު 1-16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox