ޗައިނާގައި ހަ އަހަރުގެ ކުދިންނަށް އިމްތިހާން ދިނުން މަނާކޮށްފި

ޗައިނާގެ ސްކޫލް ކުދިންތަކެއް.

ޗައިނާގެ ސްކޫލް ކުދިންތަކެއް.

ބެއިޖިން، ޗައިނާ (އޯގަސްޓު 30) - ޗައިނާގެ ވާދަވެރި ސްކޫލު ނިޒާމުގެ ސަބަބުން ދަރިވަރުންނާއި މައިންބަފައިންނަށް ކުރިމަތިވާ ޕްރެޝަރު ލުއިކުރުމުގެ ގޮތުން ގެންނަ އިސްލާހުތަކުގެ ދަށުން އުމުރުން ހަ އަހަރުގެ ކުދިންނަށް އިމްތިހާން ދިނުން މަނާކޮށްފި އެވެ.

ޗައިނާގެ ތައުލީމީ ނިޒާމު ބޮޑަށް ބިނާވެފައި އޮންނަނީ ކުދިން ހަދާ އިމްތިހާނުގެ ނަތީޖާއަށް ބެލުމަށް ފަހު ކުރިއެރުން ލިބޭ ގޮތަށެވެ. މީގެ ކުރިން އަމަލު ކުރަމުން ދިޔަ ގޮތުން ގްރޭޑް އެކަކުން ފެށިގެން ހުރިހާ ކުދިން ވެސް އިމްތިހާން ހަދަން ޖެހެ އެވެ.

ޗައިނާގެ ތައުލީމީ ނިޒާމު އެހާ ބޮޑަށް އިމްތިހާނުތަކާ ގުޅިފައި ވަނީ އުމުރުން 18 އަހަރުވުމުން ޔުނިވާސިޓީއަށް ޝަރުތު ހަމަވާ ކުދިން ހޮވުމަށް ހަދަން ޖެހޭ "ގާއޯކާއޯ" އިމްތިހާނުގެ ސަބަބުންނެވެ. ޅަ އުމުރުން ފެށިގެން ކުދިން ބޮޑުވަނީ އެ އިމްތިހާނަށް ތައްޔާރުވުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު އާ އުސޫލުގައި ބުނެފައި ވަނީ މާ ގިނައިން އިމްތިހާން ހަދަން ޖެހުމުން ކުދިންނަށް ބުރަވެ، ޕްރެޝަރު އިތުރުވާ ކަމަށެވެ. ޅަ އުމުރުން ފެށިގެން މާ ބޮޑަށް ވިސްނަން ޖެހުމުން ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާ ކަމަށް އުސޫލުގައި ވެ އެވެ.

އޭގެ އިތުރުން އެހެން ގްރޭޑްތަކުގެ ކުދިން ހަދަން ޖެހޭ އިމްތިހާނު ވެސް ބޭއްވޭނީ ޓާމަކު އެއް ފަހަރު ކަމަށާއި ޖޫނިއާ ހައި ސްކޫލުގައި މިޑްޓާމް އަދި މޮކް އިމްތިހާން ބޭއްވިދާނެ ކަމަށް އުސޫލުގައި ވެ އެވެ.

ޗައިނާ ސަރުކާރުން ދަނީ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ބޮޑު ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން ޓިއުޝަން ދޭ އަމިއްލަ ފަރާތްތަކުން ފައިދާ ހޯދުމުގެ ބޭނުމުގައި އެ މަސައްކަތް ނުކުރެވޭނެ ކަމަށް އެންގި އެވެ. އޭގެ އިތުރުން ހަފްތާ ބަންދާއި ޗުއްޓީ ދުވަސްތަކުގައި ޓިއުޝަން ދިނުން މަނާކުރި އެވެ.

ޓިއުޝަން ދޭ ކުންފުނިތަކުން ފައިދާ އަށް މަސައްކަތް ކުރުން މަނާކުރުމުގެ ބޭނުމަކީ ތައުލީމީ ނިޒާމުގައި ހަމަހަމަކަން ގާއިމްކުރުމެވެ. ބައެއް މައިންބަފައިން ދަނީ ކޮންމެ އަހަރަކު ވެސް ކުދިންގެ ޓިއުޝަން ފީ އަށް 15،400 ޑޮލަރަށް ވުރެ ގިނައިން ހޭދަކުރަމުންނެވެ. އެއީ ޗައިނާގެ އެންމެ ނަން މަޝްހޫރު ސްކޫލުތަކުން ޖާގަ ހޯދުމުގެ ބޭނުމުގަ އެވެ.

މިދިޔަ ހަފްތާގައި ސަރުކާރުން ޓީޗަރުންނަށް އަންގާފައި ވަނީ ވަޒީފާ އަދާ ކުރާ ސްކޫލް ކޮންމެ ހަ އަހަރަކުން ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. އެއީ މަދު ސްކޫލުތަކެއްގައި އެންމެ ފެންވަރު ރަނގަޅު ޓީޗަރުން ތިބުމުން، އެ ސްކޫލުތަކަށް ކުދިން ގެންދަން ޑިމާންޑު ބޮޑު ވާތީ އެވެ.

އޭގެ އިތުރުން ކިޔެވުމަށް މޮޅު ކުދިންނަށް ހިންގާ ހާއްސަ "ޕްރަޔޯރިޓީ" ކްލާސްތައް ހުއްޓާލަން ވެސް ވަނީ އަންގާފަ އެވެ. ގްރޭޑް އެކެއް އަދި ދޭއްގައި އުޅޭ ކުދިންނަށް ދޭ ހޯމްވޯކްގައި ލިޔުމުގެ ބައި މަދު ކުރުމަށާއި ޖޫނިއާ ހައި ސްކޫލުގެ ދަރިވަރުންނަށް ދޭ ހޯމްވޯކަކީ ރެޔަކު 1.5 ގަޑިއިރަށް ވުރެ އިތުރު ނުވާ ވަރުގެ މަސައްކަތަށް ހެދުމަށް ވެސް ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox