ކުޅުންތެރިން މައްސަލައިގައި ނޫނޯ އެދުނީ އިނގިރޭސި ސަރުކާރުން ހައްލެއް ހޯދައިދޭން

Aug 30, 2021, 8:16 AM
ލީގުގެ މެޗެއްގެ ތެރެއިން ނޫނޯ: އޭނާ ވަނީ ކުޅުންތެރިން ގައުމީ ޓީމުތަކަށް ދޫކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދޭން އިނގިރޭސި ސަރުކާރުގެ ކިބައިން އެދިފައި.-- ފޮޓޯ: އޭއެފްޕީ

ލީގުގެ މެޗެއްގެ ތެރެއިން ނޫނޯ: އޭނާ ވަނީ ކުޅުންތެރިން ގައުމީ ޓީމުތަކަށް ދޫކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދޭން އިނގިރޭސި ސަރުކާރުގެ ކިބައިން އެދިފައި.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 30) - އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ރިލީސްކުރާއިރު، ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފި އެވެ.

ރެޑް ލިސްޓުގެ ގައުމުތަކަށް ކުޅުންތެރިން ދޫނުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ ކްލަބްތަކުން ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ގައުމީ ޓީމަށް ކުޅެފައި އެނބުރި އައިސް އެ ކުޅުންތެރިންނަށް ކްލަބްތަކާ ގުޅެވޭނީ 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް ފަހު ކަމަށްވާތީ އެވެ. އެ މައްސަލައިގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ރިލީސްކުރަން އިލްތިމާސް ކުރައްވައިފަ އެވެ.

ގިނަ ކްލަބްތަކުން ރެޑް ލިސްޓްގެ ގައުމުތަކަށް ކުޅުންތެރިން ދޫނުކުރަން ނިންމި ނަމަވެސް ޓޮޓެންހަމް އިން ވަނީ އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އާއި މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ދޫކުރަން ނިންމައިފަ އެވެ. އާޖެންޓީނާ އަކީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓްގައި އޮތް ގައުމެކެވެ.

މިހާރު އޮތް ގޮތުން ނަމަ ގައުމީ ޓީމަށް ކުޅެފައި އައިސް ރޮމޭރޯ އާއި ލޮ ސެލްސޯ އަށް ކްލަބާ ގުޅެވޭނީ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު އެވެ. އޭގެ ސަބަބުން ތިން މެޗު ގެއްލޭނެ އެވެ. ނޫނޯ ބުނީ އެކަން އެހެން ކަމުގައި ވިޔަސް ހައްލެއް ހޯދޭނެ ކަމުގެ އުއްމީދުގައި ގައުމީ ޓީމަށް ކުުޅުންތެރިން ދޫކުރަން ބޭނުންވާ ކަމަށެވެ.

"އަހަންނަށް އިހުސާސްވޭ ކުޅުންތެރިންނަށް ގައުމީ ޓީމަށް ކުޅުން މުހިއްމުވަނީ ކިހާ ވަރަކަށް ކަން. ހާލަތުގެ ގޮތުން ދަތިކަމަށް ވިޔަސް އަހަރެމެން ނިންމީ ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކޮށްދޭން،" ވަޓްފޯޑް އަތުން މޮޅުވެ، ލީގުގެ އެއް ވަަނަ އަށް ޓޮޓެންހަމް ޖެހިލި މެޗަށް ފަހު ނޫނޯ ބުންޏެވެ.

"މިކަމުގައި ހައްލެއް ހޯދޭނެ ބަޔަކަށް އޮތީ އިނގިރޭސި ސަރުކާރު. އަހަރެން އެދެނީ އިނގިރޭސި ސަރުކާރާއި ފީފާ އަދި ޕްރިމިއާ ލީގު މަޝްވަރާ ކޮށްގެން ވިޔަސް މީގެ ކުޅުންތެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުން،"

ރެޑް ލިސްޓްގައި އޮތް ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ޕްރިމިއާ ލީގުގައި ކުޅެނީ ބްރެޒިލް އަށެވެ.

ލިވަޕޫލުން އެ ޓީމަށް ކުޅޭ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި މިޑްފީލްޑަރު ފަބީނިއޯ އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ގައުމީ ޓީމަށް ނުފޮނުވަން ނިންމި މައްސަލައިގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެލިސަން ބުނީ ގަވާއިދު އޮތްގޮތުން ކުޅުންތެރިޔާ ބޭނުންވިޔަސް ގައުމީ ޓީމަށް ދޫކުރެވޭނީ ކްލަބަށް ހުރި ގޮންޖެހުންތަކަށް ވެސް ބެލުމަށް ފަހު ކަމަށާއި އެކަމަކު ފެންނަން އޮތް ހަގީގަތަކީ މީގެ ގެއްލުން ލިބެނީ ކުޅުންތެރިޔާ އަށް ކަމެވެ.

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގައިވަނީ ކޮވިޑްގެ ކަންކަން އޮތްގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުންނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ފީފާ އުސޫލުގެ ދަށުން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ. އެކަމަކު، ކަރަންޓީނު އުސޫލު އޮތްގޮތުން ރެޑް ލިސްޓް ގައުމުތަކަށް ކުޅުންތެރިން ދޫނުކުރަން ގިނަ ކްލަބްތަކުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox