އިދިކޮޅު މެމްބަރުންގެ އިހުތިޖާޖު ނުހުއްޓުވުމުން އަފީފާމެދު ހިތްހަމަނުޖެހުން

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އެކަން ބެލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އަޑުގަދަކޮށް، އިހުތިޖާޖުކުރިއިރު، އެކަން ރިޔާސަތުން ނުހުއްޓުވުމުން، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އެ އޯޑިއޯއާ ގުޅިގެން، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު އަހުމަދު ޝިޔާމް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރު ފަރަށް އެރި ޕެނަމާގެ އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކް ކެރިއާ) އާގު ބޯޓާ ގުޅޭ ކުއްލި މައްސަލައެއް ހަމަ މިއަދުގެ ޖަލްސާއަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ހުށަހަޅުއްވައިފަ އެވެ.

އެއާއެކު މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެއް ޖަލްސާއަކަށް ދެ ކުއްލި މައްސަލަ ހުށަހެޅުމުން، ގުރުލައިގެން، ބަހުސްކުރަން ދިމާވީ ރާއީގެ މައްސަލަ އެވެ.

އެ މައްސަލަ ތަޅުމަށް ބަލައިގަތުމުން، އިދިކޮޅު މެމްބަރުން ވަނީ ކޮޅަށް ތެދުވެ، އަޑުގަދަ ކުރަން ފަށައިފަ އެވެ.

މެމްބަރުން ގޮވާލަމުންދަނީ ފަނޑިޔާރު ގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރަންޖެހޭ ކަމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ޖަލްސާއަށް ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވައިފަ އެވެ.

އަދި މަޖިލީހުގައި ކުރިއަށް ގެންދެވޭނީ ހުށަހެޅި، އެޖެންޑާ ކުރެވޭ މަސައްކަތްތައް ކަން، އިދިކޮޅު މެމްބަރުންނަށް ނަސޭހަތްތެރިވަމުން އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް، އިދިކޮޅު މެމްބަރު އަޑުގަދަކުރާތީ، ބަހުސް ކުރިއަށް ނުގެންދެވި، މަޖިލީހުގެ ޖަލްސާ ކުޑައިރުކޮޅަކަށް މެދުކަނޑައިލި އެވެ.

ފަނަރަ މިނެޓު ފަހުން ޖަލްސާ އަލުން ފެށުމާއެކު، އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖު ކުރިއަށް ގެންގޮސް، ޖަލްސާއަށް ހުރަސްއަޅަން މަސައްކަތް ކޮށްފަ އެވެ.

ޖަލްސާއަށް ހުރަސްއަޅާތީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ނިޒާމީ ނުކުތުތާތައް ނަގައި، އިދިކޮޅު މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ނެރުމަށް ރިޔާސަތަށް ގޮވާލައިފަ އެވެ.

ނަމަވެސް، އެކަން ނުކުރައްވައި، މެމްބަރުންނަށް ނަސޭހަތް ދެމުން ގެންދެވުމުން، ޝަހީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އަފީފަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އަފީފް ބޭނުންފުޅު ނަމަ މަޖިލީހުގެ އަޑުގަދަ ކުރާ މެމްބަރުންގެ ނަން ގަވައިދާ އެއްގޮތަށް އިއްވައި ތަޅުމުން ނެރެވިދާނެ ކަމަށެވެ. އެގޮތަށް އަމަލު ކުރައްވަން އަފީފް ދެކޮޅު ހައްދަވާނަމަ ރިޔާސަތު ދޫކޮށްލެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

"މަޖިލިސް ތިގޮތަށް ނުގެންދަވާ ގަވައިދާ އެއްގޮތަށް ގެންދަވާ. އެހެންނޫނީ މި ބޭފުޅުންނާއެކު [ޕީޕީއެމް / ޕީއެންސީ] އިންނަވާ. މި ބޭފުޅުންނާއެކު ގަޑުބަޑެއް ނުޖެއްސޭނެ މިތާކު. މި ބޭފުޅުންނާ ގުޅިގެން މި މަޖިލިސް މިއަދު ތި ހަރާބު ކުރައްވަނީ. މި ބޭފުޅުންގެ ނަން އިއްވަންވީ،" ޝަހީމް ވިދާޅުވި އެވެ.

އަފީފަށް މިފަދަ ތުހުމަތެއް އަމާޒުވެފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ މެމްބަރެއް ކަމާ މެދު އޭނާ ސުވާލު އުފެއްދެވި މައްސަލައެއް މީގެ ކުރިން ހޫނުވެފައިވަނިކޮށެވެ.

އޭގެ ދިފާއުގައި އަފީފް ވިދާޅުވެފައިވަނީ، ސޯލިހަކީ އަދާލަތު ޕާޓީގެ މެމްބަރެއް ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ދެންނެވީ އެމްޑީޕީއަށް ވުރެ މާބޮޑަށް އަދާލަތު ޕާޓީއަށް އިތުބާރު ކުރައްވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox