މެސީގެ ފުރަތަމަ މެޗުގައި އެމްބާޕޭ ޕީއެސްޖީ މޮޅުކޮށްދީފި

Aug 29, 2021, 8:58 PM
ރެއިމްސްގެ ކުޅުންތެރިއަކު ކައިރިން މެސީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ރެއިމްސްގެ ކުޅުންތެރިއަކު ކައިރިން މެސީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 30) - ފްރެންޗް ލީގުގައި މިރޭ ލިއޮނަލް މެސީ ޕީއެސްޖީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭގެ ގޯލުތަކާ އެކު ރެއިމްސް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާ ދޫކޮށް ޕީއެސްޖީއާ ގުޅުނު މެސީ ކުޅެން އެރީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއީ ސީނިއާ ކްލަބް ކެރިއަރުގައި ބާސެލޯނާ ނޫން ކްލަބެއްގެ ޖޯޒީގައި މެސީ މެޗެއްގެ ތެރެއިން ފެނުނު ފުރަތަމަ ފަހަރެވެ.

މި މެޗަކީ އެމްބާޕޭ، ޕީއެސްޖީ އަށް ކުޅުނު ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ. އަންގާރަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ރެއާލް މެޑްރިޑުން އަންނަނީ އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ.

ރެއިމްސް ދަނޑުގައި ކުޅުނު މިރޭގެ މެޗު ފަށައިގެން 16 ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުނެގި އެވެ. އެންހެލް ޑި މާރިއާ ނަގައިިދިން ހުރަހަކުން ޕީއެސްޖީގެ ގޯލު ޖެހީ އެމްބާޕޭ ބޮލުންނެވެ. އެ ބޯޅަ ހުއްޓުވަން ރެއިމްސްގެ ކީޕަރު ޕެޑްރަގް ރަޖްކޮވިޗަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އާއި ހަކީމީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ރެއިމްސްގެ މާޝަލް މުނެޓްސީ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެއީ ގޯލެއް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ.

އެމްބާޕޭ، ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގަ އެވެ. މިއީ އިދްރީސާ ގާނާ ގޭއި ކައުންޓައެޓޭކެއްގައި އަޝްރަފް ހަކީމީ އަށް ދިން ބޯޅައެއް ހިފައިގެން ގޮސް އޭނާ މުޅިން ހުސްކޮށްލާފައި ދިން ބޯޅަ އަކުން އެމްބާޕޭ ޖެހި ގޯލެކެވެ.

ޕީއެސްޖީން ދެ ގޯލުގެ ލީޑެއްނެގިތާ ދެ މިނިޓް ފަހުން ނޭމާގެ ބަދަލުގައި މެސީ ވަނީ ކުޅެން އަރުވައިފަ އެވެ. މެސީ ކުޅެން އެރި ފަހުން އޭނާ އަށް ފައުލުތަކެއް ކުރިއިރު، އޭނާ ވަނީ އެމްބާޕޭއާ ގުޅިގެން އެޓޭކްތަކެއް ކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، ޕީއެސްޖީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް މެސީ އަށް ކާމިޔާބެއްނުވި އެވެ.

މެޗަށް ފަހު ރެއިމްސްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެ ކްލަބްގެ އޮފިޝަލުންގެ އާއިލާ މެމްބަރުން ވަނީ ދަނޑުމަތީގައި މެސީއާ އެކު ފޮޓޯ ނަގައިފަ އެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ކްލަބް ފުޓްބޯޅަ މެދުކަނޑާލާނެ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅޭށެވެ. ބްރޭކަށް ދާއިރު ޕީއެސްޖީ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންޖާސް އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox