ޓޮޓެންހަމް އެއް ވަނަ އަށް، ޔުނައިޓެޑަށް ރެކޯޑެއް

Aug 29, 2021, 5:59 PM
ލަނޑު ޖެހުމަށް ފަހު ގްރީންވުޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ގްރީންވުޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑް އަތުން 1-0 އިން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ވުލްވްސް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި ރެކޯޑެއް ގާއިމްކޮށްފި އެވެ.

ޔުނައިޓެޑުން ވަނީ ލީގުގައި ރަށުންބޭރުގައި ބަލިނުވެ 28 މެޗު ހަމަކޮށްފަ އެވެ. މިއީ ލީގުގެ އާ ރެކޯޑެކެވެ. ޔުނައިޓެޑުން ވަނީ އެ 28 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެ، 10 މެޗު އެއްވަރުކޮށްފަ އެވެ. އެންމެ ފަހުން މި ރެކޯޑް އޮތީ އާސެނަލް އަތުގަ އެެވެ. އާސެނަލުން ވަނީ ލީގުގައި ބަލިނުވެ 27 މެޗު ހަމަކޮށްފަ އެވެ. މިއީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ޓީމަށް ލީގުގައި ކޯޗުކޮށްދިން 100 ވަނަ މެޗެެވެ.

ބައިނަލްއަގުވާމީ މެޗުތައް ކުޅެން ލީގު މެދުކަނޑާލާއިރު، ޓޮޓެންހަމް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިން ފެށިގެން ހަ ވަނައާ ހަމައަށް އޮތް ފަސް ޓީމުގެ ވެސް އޮތީ ތިން މެޗުން ހަތް ޕޮއިންޓެވެ.

Advertisement

ދެ ވަނައިގައި ވެސްޓް ހޭމް ޔުނައިޓެޑް އޮތްއިރު، ތިން ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އަދި ހަތަރެއްގައި ޗެލްސީ އޮތްއިރު، ފަސް ވަނައިގައި އޮތީ ލިވަޕޫލް އެވެ. އަދި ހަ ވަނައިގައި އޮތީ އެވަޓަން އެވެ. ހަތް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.

ޓޮޓެންހަމުން މިރޭގެ މެޗަށް ނުކުތީ މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ހެރީ ކޭން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު ޖެހީ ފުރަތަަމަ ހާފުގެ ފަހު ކޮޅުގައި ސޮން ހެއުން މިން އެވެ. ސޮން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ޓޮޓެންހަމްގެ ސޮން (ކ) ވަޓްފޯޑްގެ މެސީނާ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގައި ޓޮޓެންހަމުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ކޭން އަށް ގޯލެއް ޖަހަން ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުން ވަނީ ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ރައުލް ހިމެނޭޒް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރިއިރު، ވުލްވްސްގެ ފްރާންސިސްކޯ ޓްރިންކާއޯ ޖެހި ބޯޅަ ޔުނައިޓެޑްގެ އާރޮން ވަން ބިސާކާ ވަނީ ގޯލަށް ވަނުމުގެ ކުރިން ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ ކުޑަ އޭރިއާތެރެއިން ވުލްވްސްގެ ރަމޮން ސައީސް ފުލުފުލުގައި ފޮނުވާލި ދެ ހަަމަލާ ވެސް ޑެހެއާ ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ. އޭގެ ކުރިން ޓްރިންކާއޯ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މި މެޗުގައި ވުލްވްސްގެ އެޑަމާ ޓްރައޯރޭ ހުއްޓުވަން ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ޔުނައިޓެޑް މޮޅުވި ގޯލު ޖެހީ މޭސަން ގްރީންވުޑް އެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި ގްރީންވުޑް ޖެހި ބޯޅަ ގޯލަށް ވަނީ ވުލްވްސްގެ ޕޯޗުގީސް ކީޕަރު ހޯސޭ ސާ އަތުގައި ޖެހިފަ އެވެ. އެ ބޯޅަ ޔުނައިޓެޑް ކުޅުންތެރިންނަށް ލިބުމުގެ ކުރިން ވުލްވްސްގެ ރުބެން ނެވޭސް އަށް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފައުލުކުރި ކަމަށް ވުލްވްސް ކުޅުންތެރިން އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ މައިކް ޑީން ނިންމީ ފައުލެއް ނޫން ކަމަށެވެ. އޭނާ ވަނީ އެ ގޮތަށް ނިންމުމުގެ ކުރިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައިފަ އެވެ.

އުމުރުން 19 އަހަރުގެ ގްރީންވުޑް ވަނީ މި ފަހަރުގެ ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ޓީނޭޖް (20 އަހަރުން ދަށުގެ) ކުޅުންތެރިއަކަށް އެންމެ ފަހުން ލީގު ސީޒަނެއްގެ އެންމެ ފުރަތަމަ ތިން މެޗުގައި ގޯލު ޖެހީ 1994 ވަނަ އަހަރު ލިވަޕޫލްގެ ކުރީގެ ފޯވާޑް ރޮބީ ފައުލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox