ކޮވިޑުގެ ފިޔަވަޅުތަކާ ދެކޮޅަށް ފްރާންސްގެ 160،000 މީހުން މުޒާހަރާކޮށްފި

ކޮވިޑުގެ ފިޔަވަޅުތަކާ ދެކޮޅަށް ފްރާންސްގައި ބޭއްވި އެއްވުން.-- ފޮޓޯ: އޭއެފްޕީ

ކޮވިޑުގެ ފިޔަވަޅުތަކާ ދެކޮޅަށް ފްރާންސްގައި ބޭއްވި އެއްވުން.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 29) - ކޮވިޑާ ގުޅިގެން ފްރާންސްގައި ތަންފީޒު ކުރަމުންދާ "ހެލްތު ޕާސް" ނިޒާމާ މެދު ހިތްހަމަނުޖެހޭ 160،000 އަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފި އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ މުޅި ފްރާންސްގައި ވަކިވަކިން 222 އެއްވުމެއް ބޭއްވި ކަމަށެވެ. ވެރިރަށް ޕެރިސްގައި އޮތް އެއްވުމަށް 14،500 މީހުން ޖަމާވި އެވެ.

ފުލުހުން ބުނީ އެއްވުންތަކުގައި ހަމަނުޖެހުން އުފެއްދި 16 މީހަކު ހައްޔަރު ކުރި ކަމަށެވެ. ހަމަނުޖެހުން ހިނގުމުން އަނިޔާވި ތިން ފުލުހަކަށެވެ.

މުޒާހަރާގެ ބައެއް ބައިވެރިންނަކީ ވެކްސިނާ ދެކޮޅު މީހުންނެވެ. އެގޮތުން ސްކޫލު ފެށުމުގެ ކުރިން ދަރިވަރުންނަށް ވެކްސިން ދޭން މަޖުބޫރު ވާތީ އެކަމާ ދެކޮޅަށް ހިޔާލު ފާޅުކުރި އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުން އަންނަ "ކޮވިޑް ޕާސް" ނިޒާމުގެ ދަށުން ވެކްސިން ނުޖަހާ މީހުންނަށް ފްރާންސްގައި އާއްމު ދިރިއުޅުން ކުރިއަށް ގެންދަން ގިނަ ހުރަސްތަކާ ކުރިމަތިވެ އެވެ.

އެގޮތުން ރެސްޓޯރެންޓާއި ތިއޭޓަރު އަދި ސިނަމާ އަށް ވަނުމަށާއި، ރޭލުގައި ދަތުރު ކުރުމަށާއި ބޮޑެތި ޝޮޕިން ސެންޓަރުތަކަށް ވަނުމަށް ވެސް ވެކްސިން ޖެހިކަމުގެ ހެކި ނުވަތަ ކޮވިޑަށް ނެގެޓިވް ނަތީޖާއެއް ބޭނުންވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ހަތަރު ވަނަ ލޮކްޑައުނަކަށް ނުގޮސް ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ވެކްސިން ޖަހަން މީހުންނަށް ބާރު އަޅައިގެން ކަމަށެވެ. މި ވަގުތު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ތިބި ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ.

ފާއިތުވި ހަތް ހަފްތާ ބަންދުގައި ވެސް މުޒާހަރާތައް ބާއްވާފައި ވާއިރު، ބައެއް އެއްވުންތަކުގައި 200،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox