އެމްޕޮލީ އަތުން ބަލިވެ ޔުވެންޓަސް އަށް ޕްރެޝަރު

Aug 29, 2021, 4:56 AM
އެމްޕޮލީގެ ގޯލަށް ޔުވެންޓަސްގެ ޑިބާލާ (ކ) ބޯޅައެއް ފޮނުވާލަނީ.

އެމްޕޮލީގެ ގޯލަށް ޔުވެންޓަސްގެ ޑިބާލާ (ކ) ބޯޅައެއް ފޮނުވާލަނީ.

ޓިއުރިން (އޮގަސްޓް 29) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އެމްޕޮލީ އަތުން 1-0 އިން ބަލިވެ، ލީގުގެ ފުރަތަމަ މޮޅު ހޯދަން ކުރަން ޖެހޭ އިންތިޒާރު ދިގުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި އިޓާލިއަން ލީގު ފެށިއިރު، ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުންބޭރުގައި އުދިނޭޒީއާ 2-2 އިން އެއްވަރުވެފަ އެވެ. އެ މެޗަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސް ދޫކޮށްލައިފަ އެވެ. ރޮނާލްޑޯ ދިޔަ ފަހުން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ރޭ ބަލިވިއިރު، ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެމްޕޮލީގެ ގޯލު ޖެހީ 21 ވަނަ މިނިޓްގައި ލެއޮނާޑޯ މަންކޫސޯ އެވެ. އޭނާ އަކީ 18 މަސް ދުވަހު ޔުވެންޓަސްގައި ހުރި ނަމަވެސް ރަސްމީ މެޗެއް ކުޅުމުގެ ފުރުސަތު ނުލިބުނު ކުޅުންތެރިއެކެވެ. އޭނާ މި ގޯލު ޖެހީ ވޮލީ އަކުންނެވެ. މެޗުގައި ޔުވެންޓަސް އަށް ގޯލެއް ޖަހައިދޭން ފެޑެރީކޯ ކިއޭސާ، މެނުއަލް ލޮކަޓެލީ، ޕައޮލޯ ޑިބާލާ އަދި އަލްވާރޯ މޮރާޓޯ ކުރި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އަށް ގިނަ ސުވާލުތައް އަމާޒުވީ ރޮނާލްޑޯއާ ބެހޭގޮތުންނެވެ. އަލެގްރީ ބުނީ ޓީމުގައި ނެތް ކުޅުންތެރިއެއްގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށެވެ.

"ރޮނާލްޑޯ ޔުވެންޓަސްގައި ތިން އަހަރު ހޭދަކުރި. އަހަންނާ އެކު އެއް އަހަރު މަސައްކަތްކުރި. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ވަރަށް މުހިއްމު ގޯލުތަކެއް ވެސް ޖެހި ކުޅުންތެރިއެއް. އެކަމަކު، މިހާރު މި އޮތް ހާލަތުގައި ރޮނާލްޑޯގެ ވާހަކަ ދެއްކުން ރަނގަޅެއް ނޫން. އޭނާ މި ޓީމުގައެއް ނެތް،" އަލެގްރީ ބުންޏެވެ.

ލީގުގައި ރޭ ލާޒިއޯ އިން ފަހަތުން އަރައި 6-1 އިން ސްޕެޒިއާ ބަލިކޮށް ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި އޮތް ލާޒިއޯ އާއި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޯބިލޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ދެން އެ ޓީމުގެ ގޯލުތައް ޖެހީ ފިލީޕޭ އެންޑަސަން، އެލްސެއިދް ހީސާ އަދި ލުއިޒް އަލްބާޓޯ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox