އަޑޭ ގައުމީ ސްކޮޑަށް ނެގީ އީގަލްސްއާ މަޝްވަރާކޮށްފައި

Aug 26, 2021, 1:05 PM
ކްލަބް އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އަޑޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކްލަބް އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އަޑޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކްލަބް އީގަލްސްގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) އަށް ގައުމީ ޓީމުން ފުރުސަތު ދިނީ އޭނާ ކުޅެމުން އަންނަ އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އަޑޭ، 34، ގައުމީ ޓީމަށް ނެގުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. އެކަމާ ބެހޭގޮތުން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ބުނީ އަޑޭ ގައުމީ ސްކޮޑުގައި ހިމެނުން އެއީ ސޯޝަލް މީޑިއާގައި ވަރަށް ފާޑުކިޔާނެ ކަމެއް ކަމަށް ބެލެވުނު ކަމަށެވެ. އަދި ދެތިން ކުއްޖަކު އަޑޭ ޓީމުގައި ހުރުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ހުރީ އެއީ އެ ކުދިންނަށް ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށް ވާތީ ކަމަށާއި އަސްލު އެކަން ކުރީ ކޯޗިން ޓީމާ މަޝްވަރާތަކެއް ކޮށްގެން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"އަޑޭ އެންމެ ފަހުން ޓްރެއިން ކުރީ އީގަލްސްގައި ކަމަށްވެފައި އީގަލްސްގައި ހުރީ ޕްރޯ ކޯޗެއް. އީގަލްސްގެ ކޯޗާ (ޝާޒްއާ) މަޝްވަރާ ކުރުމަށް ފަހު އެ ކޯޗު ބުނީ އެ ޓީމުގައި އެންމެ ފިޓްނަސް ރަނގަޅަށް ވޯކްކުރި މީހަކީ އަޑޭ އޭ. އެހެންވީމަ އަޑޭ ހިމެނުމާ މެދު ޖެހިލުންވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ހީކުރަނީ،" ސުޒޭން ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި 2018 ވަނަ އަހަރުގެ މާޗް 27 ވަނަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗު އޮއްވައި އަޑޭ ކުއްލިގޮތަކަށް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކުރީ ޓްވީޓަކުންނެވެ. އޭނާ އޭރު ހުރީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންގެ މަގާމުގަ އެވެ. އެ ފަހަރު އަޑޭ ކުއްލި ގޮތަކަށް ޓީމާ ވަކިވާން ނިންމީ އެ ވަގުތު ގައުމީ ކޯޗަކަށް ހުރި ޕީޓަ ސެގާޓާ މައްސަލަ ޖެހިގެންކަން އަޑުފެތުރުނެވެ.

ސުޒޭން ބުނީ އަޑޭ އަލުން ޓީމަށް ނެގިއިރު އޭނާގެ ރިޓަޔާމެންޓްގެ ކަންކަމާ މަޝްވަރާ ނުކުރެވޭ ކަމަށާއި ބެލީ މި ވަގުތު ތިބި ކްލަބްތަކުގެ ކޯޗުންނާ މަޝްވަރާ ކޮށްގެން އެންމެ ރަނގަޅު ޓީމެއް އެކުލަވާލެވޭތޯ ކަމަށެވެ.

"ކުރިން އަޅުގަނޑު ވެސް އަޑުއެހިން އަޑޭ ރިޓަޔާކުރި ވާހަކަ. އެކަމަކު މި ވަގުތު އަޅުގަނޑުމެން މި އޮތީ ގައުމީ މަސައްކަތެއްގައި. އެ އަށް ދާއިރުގައި އިންޑިވިޖުއަލް ކުޅުންތެރިން ނޫނީ ކޮންމެ ދިވެހި ކޯޗެއް ނޫނީ އޮފިޝަލެއްގެ ފަރާތުން އެއްބައިވަންތަކަން ދޭން އެދެނީ. އެ ގޮތަށް އަޑޭ ވެސް މީގެ ބައިވެރިކުރީ މަޝްވަރާ ކޮށްގެން،" ސުޒޭން ބުންޏެވެ.

ކްލަބް ގްރީން ސްޓްރީޓްސް އަށް 2018 ވަނަ އަހަރު ކުޅުމަށް ފަހު ސީރިއަސް އަނިޔާއެއްގައި ހުރި އަޑޭ އެ އަނިޔާއިން ރަނގަޅުވެ އީގަލްސްއާ ގުޅުނީ މިދިޔަ މާޗް މަހުގަ އެވެ. އެއީ އޭއެފްސީ ކަޕާ ދިމާކޮށެވެ. އޭނާ ކުޅުމަށް އެނބުރި އައީ ދޮޅު އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕާ ދިމާކޮށް އަޑޭ މާޒިޔާ އަށް ބަދަލުވާން އުޅޭ ކަމަށް ވެސް އަޑުފެތުރުނެވެ.

އީގަލްސް އަށް ބަދަލުވުމަށް ފަހު އަޑޭ ވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ އިތުރުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް އިން ބޫޓާންގެ ތިމްޕޫ ބަލިކުރި މެޗާއި ދާދި ފަހުން އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރު އަތުން ބަލިވި މެޗުގައި ކުޅެފަ އެވެ.

ގައުމީ ޓީމުން 2007 ވަނަ އަހަރު ޖާގަ ހޯދި އަޑޭ ވަނީ އެންމެ ފަހުން ގައުމީ ޖޯޒީގައި ކުޅުނު މެޗުގައި 2018 ވަނަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ކެޕްޓަންކަން ކޮށްފަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ނިންމާފައިވަނީ މިރޭ އެވެ. އޮކްޓޫބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމުން އަންނަ މަހު 10 އިން 28 އަށް ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox