ކޭން އެންމެ ފަހުން ޓޮޓެންހަމްގައި މަޑުކޮށްފި

Aug 25, 2021, 4:57 PM
ކޭން އެންމެ ފަހުން ޓޮޓެންހަމްގައި މަޑުކޮށްފި

ލަންޑަން (އޮގަސްޓް 25) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ އަށް ބަދަލުވާނެ ކަމަށް ބެލެވުނު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން އެންމެ ފަހުން އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ކޭން ވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު، ޓޮޓެންހަމް އޭރު ވެސް ކޭން ވިއްކާނުލާނެ ކަމަށް ބުނި ބުނުމުގެ މައްޗަށް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަމަލުކޮށްފަ އެވެ.

އުމުރުން 28 އަހަރުގެ ކޭން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ދޫކޮށްލި ބަޔާނެއްގައި ބުނެފައިވަނީ މި ސީޒަނުގައި ޓޮޓެންހަމްގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި 100 ޕަސެންޓް ފޯކަސް ހުރީ މި އަހަރު ޓޮޓެންހަމަށް ކާމިޔާބެއް ހޯދައިދޭން ކަމަށް އޭނާ ބުންޏެވެ.

ކޭން ގަންނަން ސިޓީން ރަސްމީކޮށް 100 މިލިއަން ޕައުންޑް (140 މިލިއަން ޑޮލަރު) ހުށަހެޅި އެވެ. އެކަމަކު ޓޮޓެންހަމުން ކޭން ވިއްކާލުމުގެ ޑީލުގެ މަޝްވަރާތަކަށް އެއްވެސް ޝައުގުވެރިކަމެއް ނުދެއްކި އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ 140 މިލިއަން ޑޮލަރަށް އެސްޓަން ވިލާ އިން ޖެކް ގްރީލިޝް ގަތުމަށް ފަހު ވެސް ސިޓީން ކޭން އަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ސިޓީގެ އެ ވާހަކަތަކަށް ވެސް ޓޮޓެންހަމުން ދިނީ ބީރުކަންފަތެކެވެ.

ޔޫރޯ ފައިނަލްގައި އިންގްލެންޑް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ތިން ހަފްތާގެ ބްރޭކެއް ވަނީ ދީފަ އެވެ. އެ މުއްދަތު ހަމަކުރުމަށް ފަހު ކޭން ޓޮޓެންހަމް ޕްރެކްޓިހަށް ނުކުންނަން ޖެހުނު ދުވަހު ހާޒިރެއްނުވި އެވެ. އެއީ ސިޓީ އަށް ބަދަލުވާން ވެގެން ގަސްދުގައި ކޭން ޓޮޓެންހަމް ޕްރެކްޓިހަށް ނުނުކުންނަނީ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު، ފަހުން އެ ވާހަކަތައް ދޮގުކޮށް ކޭން ޕްރެކްޓިހަށް ނުކުތެވެ.

ކްލަބް ދޫކޮށްލަން ބޭނުންކަން އެނގިފަހުން ކޭން ޓޮޓެންހަމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެދިނީ މިދިޔަ ހަފްތާގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ވުލްވްސް އަތުން 1-0 އިން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭން ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

ޓޮޓެންހަމްގައި ކޭން މަޑުކުރަން އެންމެ ބޮޑަށް ބާރު އެޅީ އެ ކްލަބްގެ ޗެއާމަން ޑެނިއަލް ލެވީ އާއި ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އެވެ.

ޓޮޓެންހަމާ އެކު 2024 އާ ހަމައަށް ކޮންޓްރެކްޓްގައި ހުރި ކޭން، ޓޮޓެންހަމްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ޕްރޮމޯޓްވީ 2009 ވަނަ އަހަރު އެވެ. ކޭން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ހަތަރު ކްލަބަށް ކުޅެފަ އެވެ. އެއީ ލޭޓަން އޯރިއެންޓާއި މިލްވޯލާއި ނޯވިޗް ސިޓީ އަދި ލެސްޓާ ސިޓީ އަށެވެ.

ޓޮޓެންހަމް ޓީމުން ކޭން އަށް ގަވާއިދުން ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އިންގްލެންޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ކޭން ވަނީ ޓޮޓެންހަަމަށް ކުޅެދިން 334 މެޗުން 220 ގޯލު ޖަަހައިފަ އެވެ. އެކަމަކު، އޭނާ އަށް ޓޮޓެންހަމްގައި އަދި ކާމިޔާބެއް ނުލިބެ އެވެ. އޭނާ ކްލަބް ބަދަލުކުރަން ބޭނުންވާ ސަބަބަކީ ވެސް ކާމިޔާބު ހޯދޭނެ ފެންވަރު ޓީމަކަށް ކުޅުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox