ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރަން ފީފާ ރައީސްގެ އިލްތިމާސެއް

Aug 25, 2021, 4:38 PM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (އޮގަސްޓް 25) - އަންނަ މަހު ކުޅެން ރާވާފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަަށް ކްލަބްތަކުން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދަމުންދާ މައްސަލައިގައި ހުރިހާ ފަރާތަކަށް އިންސާފުވެރި ހައްލެއް ހޯދަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިލްތިމާސް ކުރައްވައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް ކުޅުންތެރިން ދޫނުކުރަން ކްލަބްތަކުން ނިންމި އެންމެ ބޮޑު ސަބަބަކީ އެނބުރި އައިސް އެ ކުޅުންތެރިންނަށް ކްލަބްތަކާ ގުޅެވޭނީ 10-14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް ފަހު ކަމަށް ގިނަ ގައުމުތަކުން ނިންމާފައިވާތީ އެވެ. ކޮލިފައިން މެޗުތައް ކުޅެފައި އެނބުރި ގޮސް ކުޅުންތެރިންނަށް ހާއްސަ އުސޫލެއްގެ ތެރެއިން ކޮވިޑް ޓެސްޓްތަކެއް ކޮށްގެން ވެސް ކަރަންޓީނު ނުވެ، ކުރިއަށް ދެވޭނެ ގޮތެއް ނުވުމުން އެންމެ ފަހުން ކްލަބްތަކުން ނިންމީ ކުޅުންތެރިން ގައުމީ ޓީމަށް ދޫނުކުރާށެެވެ.

އެންމެ ފުރަތަމަ އެ ގޮތަށް އިއުލާނުކުރީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ. އެ އަށް ފަހު އިނގިރޭސި ދެ ވަނަ ޑިވިޝަނާއި ލަލީގާ އިން ވެސް ވަނީ އެ ގޮތަށް ކުރިއަށްދާން ނިންމައިފަ އެވެ. ކުރިއަށް އޮތްތަނުގައި ފްރެންޗް ލީގާއި އިޓާލިއަން ލީގުގައި ވެސް އެ ގޮތަށް ނިންމާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސްނުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ނިންމުމުން 60 ވަރަކަށް ކުޅުންތެރިންނަށް ގައުމީ ޓީމާ ނުގުޅެވޭނެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމީ ބްރެޒިލް އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެ އެވެ. މީގެ އިތުރުން އެފްރިކާ އާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކުގެ ކުޅުންތެރިން ޕްރިމިއާ ލީގުގައި ކުޅެ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ވަނީ އިނގިރޭސި ބޮޑުވަޒީރަށް ހާއްސަ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓިގައިވާ ގޮތުން ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ ހުއްދައެއް ދީގެން ވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިދޭން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް. ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ވެސް ކުރަން ޖެހޭ ކަމެއް. އަހަރެންގެ ވަރަށް ބޮޑު އެދުމެއް ހައްލުތަކެއް ހޯދައިގެން ވެސް ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްދިނުމަކީ. ފުޓްބޯޅަ އަށް އިތުރު ގެއްލުންތަކެއް ވާން ނޭދެން،" އިންފަންޓީނޯ ވިދާޅުވި އެވެ.

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގެ ދަށުން ކޮވިޑްގެ ކަންކަން އޮތްގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުންނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު އޮތީ ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ފީފާ އުސޫލުގެ ދަށުން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ. އެކަމަކު އެހެން ނުވުމުގެ ފުރުސަތު މިހާރު ބޮޑެވެ.

"މީގެ ކުރިން ވެސް އަހަރެމެން އެންމެން ހުރިހާ ގައުމެއް ގުޅިގެން ބޮޑެތި ކަންކަމާ ކުރިމަތިލައިފިން. މުސްތަގުބަލު ވެސް އޮތީ އެ ގޮތަށް. އަހަރެން އެދެނީ މިކަމުގައި (ކުޅުންތެރިން ރިލީސްކުރުމުގައި) ވެސް އިންސާފުވެރި ގޮތެއް ހޯދައިދީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްދިނުން،" އިންފަންޓީނޯ ވިދާޅުވި އެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކަމަށްވާ ކޮންމެބޯލް އިން މިދިޔަ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ތާވަލުކުރި ނަމަވެސް އޭރު ކޮވިޑްގެ ސަބަބުން ހާލަތު ހުރި ގޮތުންނާއި ދިމާވި ކަންތައްތަކެއްގެ ސަބަބުން އެންމެ މެޗެއް ވެސް ނުކުޅެވުނެވެ. އޭރު ކޮލިފައިން މެޗުތައް ފަސްކުރަން ކޮންމެބޯލް އަށް މަޖުބޫރުވީ ދެކުނު އެމެރިކާ ގައުމުތަކުން ހަދާފައިވާ ކަރަންޓީނުވުމުގެ އުސޫލުތަކާ ހެދި ޔޫރަޕްގައި ކުޅޭ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސް ކުރަން އެ ކްލަބްތަކުން ނިންމުމުންނެވެ. އެ ފަހަރު ދެކުނު އެމެރިކާ އަށް ކުޅުންތެރިން ނުފޮނުވަން އެންމެ ބާރު އެޅި އެއް ކްލަބަކީ ޕީއެސްޖީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox