ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެހެން ސަރަހައްދަކުން ގޯތި ދޭން ކައުންސިލުން ނިންމައިފި

ސްޓެލްކޯ އިންޖީނުތަކުން އުނދަގޫވާ ބައެއް ގެތައް: ބަދަލު ދޭން ނިންމި ތަނެއް އަދި ނޭންގޭ -- ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ އިންޖީނުތަކުން އުނދަގޫވާ ބައެއް ގެތައް: ބަދަލު ދޭން ނިންމި ތަނެއް އަދި ނޭންގޭ -- ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުންވަމުންދާ އާއިލާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލެ އިން ނުވަތަ ހުޅުމާލެ އިން ގޯތި ދޫކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި މި ވަނީ މިއަދު އެ ކައުންސިލުން ބޭއްވި ބައްދަލުވުމަކަށްފަހު އެވެ. އަދި އެކަން ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާން ކޮށްފަ އެވެ.

ސްޓެލްކޯގެ ޖަނަރޭޓަރުތަކުން ގެއްލުން ވަނީ އެ ޖަނަރޭޓަރުތަކާ އެންމެ ކައިރި އަށް ހުންނަ ގ. ފެހިހިރި އާއި ގ. ރަސްރޯނު ހިމެނޭ ގޮތަށް ހުންނަ ފަސް ގެއަށެވެ.

ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބަދަލުގައި އެހެން ސަރަހައްދަކުން ގޯތި ދޭން ނިންމުމުން އެ ގެތަކުގެ މީހުން އިންސާފު ހޯދުމަށް އަހަރުތަކެއް ވަންދެން ކުރަމުންދިޔަ މަސައްކަތް ގާތްގަނޑަކަށް ނިމުމަށް އައީ އެވެ.

ކައުންސިލްގެ ނިންމުން އައިސްފައި މި ވަނީ ސްޓެލްކޯ ޖަނަރޭޓަރުތަކުން ނިކުންނަ އަޑާއި ވަހާއި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަޅައިފަ އޮއްވަ އެވެ.

ބަދަލުގައި އެހެން ސަރަހައްދަކުން ގޯތި ދޭން ނިންމާފައި މި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުނަށް ހައްލެއް ހޯދައިދިނުމަށް އެ މައްސަލަ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވާފައިވާ މައްސަލައިގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދަނިކޮށެވެ.

ބަދަލުގައި ގޯތި ދޭން ނިންމި ފަސް ގެއަކީ ތީމުގޭ ބިއްދޮށުން މިހާރު ހައި ކޯޓު ކުރިމަތީގައި އޮންނަ ޕާކިން ލޮޓެވެ. ކުރިން އެ ގެއަށް ކިޔަނީ މ. ޝަބްނަމްގެ އެވެ. ފަހުން ސްޓެލްކޯ ސަރަހައްދަށް ގެ ބަދަލު ކުރުމަށްފަހު ގޯތި ފަސް ބަޔަށް ބައި ކުރީ އެވެ.

ޝަބްނަމްގެއިން އެ އާއިލާ ނިކުންނަން ޖެހުނީ ނޮވެމްބަރު ތިނެއްގެ ޓެރަރިސްޓު ހަމަލާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެކަށީގެންވާ ސެކިއުރިޓީއަކާއެކު ތީމުގެ އެޅުމުގެ މަސައްކަތް ކުރަން ފެށުމުންނެވެ.

ތީމުގެ އިމާރާތް ކުރަން ފެށުމުން ދެ ބުރިއަށް ނަގާފައި ހުރި މ. ޝަބްނަމްގެ އަރި އަޅައިލި އެވެ. އަލުން އިމާރާތް ކުރަން އުޅުމުން ސަރުކާރުން ދިން ހިޔާލަކީ ގެ ރިލޮކޭޓް ކުރުމެވެ. ސްޓެލްކޯ ސަރަހައްދަށް އެ އާއިލާ ބަދަލު ކުރީ 1998 ވަނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox