ހުޅުމާލޭގެ އިހުތިސޯސްގެ ކޯޅުމަށް މެމްބަރުގެ ވަގުތީ ހައްލެއް

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންނަށް ބޭއްވި ބައްދަލުވުން. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންނަށް ބޭއްވި ބައްދަލުވުން. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ގާނޫނުން ހުޅުމާލެ ހިމެނިފައިވީ ނަމަވެސް، އެތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގެ ދަށުގައި އޮންނާތީ، އުފެދިފައިވާ މައްސަލައަށް ވަރަށް އަވަހަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުން ކައުންސިލުގެ މައްޗަށް މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، ހުޅުމާލޭގައި އެ ހިދުމަތްތަކާއި މަސައްކަތްތައް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިނުވާ ކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލުން ދަނީ ތަކުރާރުކޮށް ކުރަމުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނުތައް އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ބިމާބެހޭ ގާނޫނަށް ހުށަހަޅައިފައިވާ އިސްލާހުކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ހުޅުމާލޭ އިހުތިސޯސްގެ މައްސަލަ ހައްލުކުރަން ގާނޫނު ބަދަލުކޮށް ދިނުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް، ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދޭންޖެހޭނީ ސިޓީ ކައުންސިލުން ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެކަމަށް ގާނޫނު އިސްލާހުކުރަންޖެހޭ ހިސާބަށް ގޮސްފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެގޮތުން، އެ މައްސަލައަށް އޭނާ ހުށަހެޅުއްވި ވަގުތީ ހައްލަކީ ރައްޔިތުންނަށް އެންމެ ކަމުދާ ހައްލު ނޫން ކަމުގައި ވިޔަސް، ސިޓީ ކައުންސިލުގައި ބަޖެޓު ނެތުމުން އެއީ މި ވަގުތަށް ނެރެވެން އޮތް ހައްލުކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މުޅި މާލެ ސިޓީގައި މުނިސިޕަލް ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުގެ ބަޖެޓުގައި އޮތީ 17 މިލިއަން ރުފިޔާ. އެކަމަކު ހަމައެކަނި ހުޅުމާލޭގައި އެ ހިދުމަތް ދިނުމަށް 70 މިލިއަން ރުފިޔާ އެބަ ބޭނުންވޭ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ބަޖެޓުގެ މައްސަލަ ހައްލުކުރަން، ސިޓީ ކައުންސިލުން އެދިފައިވަނީ މުނިސިޕަލް ހިދުމަތަށް އެޗްޑީސީގެ ބަޖެޓުގައި އޮތް ފައިސާ ދިނުމަށް ކަމަށް ވިޔަސް، އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، މި ވަގުތަށް އޮތް ހައްލަކީ، މިއަހަރުގެ ބާކީ އޮތް ތަނުގައި މުނިސިޕަލް ހިދުމަތްތައް ދިނުމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމަކަށް ދިއުން ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން. ދާއިމީ ހައްލަކީ ދައުލަތުގެ ބަޖެޓުގައި ސިޓީ ކައުންސިލަށް ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތަކަށް ބަޖެޓު ޖެހުން. އަދި އެކަމަށް އަޅުގަނޑު މަސައްކަތްކޮށްދޭނަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ހުޅުމާ
ހުޅުމާ

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ވެސް ހުޅުމާލޭގައި އެ ހިދުމަތް ސިޓީ ކައުންސިލާ ހަވާލުކުރުން ކަމަށާއި، ނަމަވެސް، އެކަމަށް ބަޖެޓު ދިނުމުގެ މާނައަކީ އެޗްޑީސީގެ ވަސީލަތްތަކާއި މުވައްޒަފުން ކައުންސިލުން ބޭނުންކުރުމެއް ނޫނެވެ.

ހުޅުމާލޭގައި ދެމުންދާ މުނިސިޕަލް ހިދުމަތްތަކުގެ ޝަކުވާ މިހާރު ވެސް ރައްޔިތުން ކުރަމުންދިޔަ ނަމަވެސް، މިހާރަށް ވުރެ ފެންވަރު ދަށް ހިދުމަތެއް މުސްތަގުބަލުގައި ބޭނުންނުވާނެ ކަން ފާހަގަކުރައްވަމުން އަލީ ނިޔާޒް ވަނީ އެކަމަށް ތައްޔާރުވުމަށް ސިޓީ ކައުންސިލުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހުޅުމާލޭގެ އިހުތިސޯސްގެ މައްސަލަ ހައްލުކުރަން ސަރުކާރާއެކު މިހާރު ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، މި ހަފްތާގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާނެކަން އަލީ ނިޔާޒް މިއަދު ހާމަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox