މަހްލޫފްގެ ބަޔާނުގެ މައްސަލަ ކޮމިޝަނުން ޕީޖީއަށް އަދި އަންގާފައެއް ނެތް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް: ހިޔާނާތުގެ ފައިސާއިން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބުނުކަން ދޮގެއް ނުކުރައްވާ -- ފޮޓޯ: އަދަދު ފައިލް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް: ހިޔާނާތުގެ ފައިސާއިން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބުނުކަން ދޮގެއް ނުކުރައްވާ -- ފޮޓޯ: އަދަދު ފައިލް

ދައުލަތުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީން ވަގަށް ނެގި 1.2 ބިލިއަން ރުފިޔާއިން ބައެއް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހެއްކެއްގެ ބަޔާން ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެކަމުގެ މައުލޫމާތު މިހާތަނަށް ހިއްސާ ކޮށްފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ވަގަށް ނަގައި ލޯންޑާ ކުރުމުގެ ޖަރީމާ ހިންގި އެސްއޯއެފް ކުންފުނިން 33،000 އެމެރިކާ ޑޮލަރު (508،860ރ.) ލިބިފައިވާ ކަމަށް މަހްލޫފް ވެސް އިންކާރެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވަނީ އެއީ ދިވެހި ފައިސާ ދޭ ގޮތަށް ޑޮލަރު ގަތުމަށް ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ.

މަައްސަލަ ޖެހިގެން މި އުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮރަޕްޝަން ތަހުގީގު ކުރާ ކޮމިޝަނުން އެ މައްސަލައިގައި ތަހުގީގަށް އެސްއޯއެފްގެ އެކައުންޓެންޓަކު ސްރީ ލަންކާގެ ދިވެހި އެމްބަސީއަށް ހާޒިރުކޮށް ނެގި ބަޔާނުގަ އެވެ.

އެ ބަޔާނުގެ ޝަކުވާ މަހްލޫފް ކުރައްވާފައި އޮއްވާ ފޮރިން މިނިސްޓްރީން އެ މައްސަލަ ބަލައި، އެކައުންޓެންޓުގެ ބަޔާން ނަގާފައި ވަނީ ގާނޫނާ ހިލާފަށްކަން ރައީސް ސޯލިހަށް ވަނީ އަންގަވައިފަ އެވެ. އަދި އެ މެސެޖު އެމަނިކުފާނު ވަނީ ރިޔާސީ ކޮމިޝަނަށް ވެސް ފޮނުއްވައިފަ އެވެ.

އެކަމަކު ޕީޖީ ޝަމީމް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ އޮފީހުގެ ދިރާސާ މަރުހަލާގައި އޮތް މަހްލޫފްގެ މައްސަލައިގައި ސުވާލު އުފެދިގެން އުޅޭ ބަޔާނުގެ މައުލޫމާތު އެ އޮފީހާ ސަރުކާރުން އަދި ކޮމިޝަނުން ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އެކަމާ މެދު އެއްވެސް ގޮތެއް ނިންމޭނީ ރަސްމީކޮށް ޕީޖީ އޮފީހާ މުއާމަލާތް ކުރުމުން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަށް އެ މައްސަލަ ގެނެސްފިއްޔާ އެކަމުގައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތުހުމަތު ކުރަނީ މަހްލޫފަށް އެ ފައިސާ ދިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. އަދި އެ ފައިސާ ދިނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަހްލޫފް އޭރު ހުންނެވުމުން އެ މަޖިލީހުގައި އެސްއީޒެޑް ގާނޫނު ފާސް ކުރުމަށް ނެގި ވޯޓުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ރިޝްވަތުގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ތުހުމަތު ކުރެ އެވެ. އަދި މަހްލޫފް އޭރު ހުންނެވި ސިޔާސީ ޕާޓީ، ޕީޕީއެމްގައި މަޑުކުރުމަކީ ވެސް ފައިސާ ދިނުމުގެ ޝަރުތެއް ކަމަށް ކޮމިޝަނުން ތުހުމަތު ކުރެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖޫން 9 ގަ އެވެ. އެ މައްސަލައިގައި ދައުވާ ކުރުމަށް ގޮތެއް ނުނިންމާ އޮތީ ދިރާސާ މަރުހަލާގައި އޮތުމުން ކަމަށް ޕީޖީ ވަނީ ކުރިން ވިދާޅުވެފަ އެވެ.

ރިޔާސީ ކޮމިޝަނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވުން މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން އެ މައްސަލަ ފުލުސް އޮފީހުގައި މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ.

ހިޔާނާތާ ގުޅިގެން މަހްލޫފަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox