ރެޑް ލިސްޓް ގައުމުތަކަށް ކުޅުންތެރިން ދޫކުރުމާ ދެކޮޅަށް ޕްރިިމިއާ ލީގު ކްލަބްތައް އެއްގަލަކަށް

Aug 25, 2021, 4:11 AM
ރެޑް ލިސްޓް ގައުމުތަކަށް ކުޅުންތެރިން ދޫކުރުމާ ދެކޮޅަށް ޕްރިިމިއާ ލީގު ކްލަބްތައް އެއްގަލަކަށް

ލަންޑަން (އޮގަސްޓް 24) - ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އަންނަ މަހުގައި ކުޅެން ނިންމާފައިވާއިރު، އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސްނުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ނިންމައިފި އެވެ.

ރެޑް ލިސްޓުގެ ގައުމުތަކަށް ކުޅުންތެރިން ދޫނުކުރަން ކްލަބްތަކުން ނިންމި އެންމެ ބޮޑު ސަބަބަކީ އެނބުރި އައިސް އެ ކުޅުންތެރިންނަށް ކްލަބްތަކާ ގުޅެވޭނީ 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް ފަހު ކަމަށްވާތީ އެވެ. ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގައި އަޅާފައިވާ އެކި ފިޔަވަޅުތަކަށް ދޫދޭން އެކި ގައުމުތަކުން ނިންމި ނަމަވެސް ކަރަންޓީނުވާން ޖެހޭ އުސޫލަށް ލުއިދެނީ ހަރުކަށި އުސޫލުތަކެއްގެ ތެރެއިންނެވެ.

އެ ގޮތުން ވޯލްޑް ކަޕް ކޮލިފައިން އަށް ދާ ކުޅުންތެރިންނަށް ކަރަންޓީނު އުސޫލުން ލުޔެއްދޭން އެއްބަސްނުވާތީ އެންމެ ފަހުން ޕްރިމިއާ ލިގުން ނިންމީ ކުޅުންތެރިން ރެޑް ލިސްޓްގެ ގައުމަކަށް ދޫނުކުރުމަށެވެ.

"ސަރުކާރާއި ފުޓްބޯޅަ އެސޯސިއޭޝަން އަދި ލީގު ބޯޑުން ބައްދަލުވެގެން ކުރި މަޝްވަރާތަކުގައި ކަރަންޓީނުގެ އުސޫލުތަކަށް ލުޔެއް ލިބޭގޮތެއް ނުވި. އެހެންވެ، ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުން އިއްތިފާގުވެ ނިންމީ ރެޑް ލިސްޓްގެ ގައުމުތަކަށް ކުޅުންތެރިން ދޫނުކުރަން،" ޕްރިމިއާ ލީގުގެ އޮފިޝަލަކު ސްކައިސްޕޯޓްސް އަށް ބުންޏެވެ.

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގައިވަނީ ކޮވިޑްގެ ކަންކަން އޮތްގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުންނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ފީފާ އުސޫލުގެ ދަށުން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ.

އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކުގެ ތެރެއިން ޕްރިިމިއާ ލީގުން އެންމެ ގިނަ ކުޅުންތެރިން ދާން އޮތް އެ ގައުމަކީ ބްރެޒިލް އެވެ. އަންނަ މަހު ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލުން ތިން މެޗެއް ކުޅެން ޖެހޭނެ އެވެ. އެކަމަކު، މިހާރު އޮތްގޮތުން ބްރެޒިލުން އެ މެޗުތަކުގައި ކުޅޭނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ނުލަ އެވެ.

ދެން ރެޑް ލިސްޓްގައި އެންމެ ގިނައީ އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުުމުތަކެވެ. އެފްރިކާގެ ގައުމުތަކުގެ ތެރޭގައި މިސްރު ހިމެނެ އެވެ.

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox