ޔޫއެސް އޯޕަންގެ ޖުމްލަ ފައިސާގެ އިނާމް 57 މިލިއަން ޑޮލަރަށް

Aug 24, 2021, 10:32 AM
ޔޫއެސް އޯޕަންގެ ޖުމްލަ ފައިސާގެ އިނާމް 57 މިލިއަން ޑޮލަރަށް

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 24) - ދުނިޔޭގައި ބާއްވާ އެންމެ ވަރުގަދަ ހަތަރު ޓެނިސް މުބާރާތުގެ ތެރެއިން އެއް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިސާގެ އިނާމް 57 މިލިއަން ޑޮލަރަށް އިތުރުކޮށްފި އެވެ.

އެކަމަކު, މި ފަހަރުގެ މުބާރާުތުގެ އަންހެން ސިންގަލްސް އަދި ފިިރިހެން ސިންގަލްސް ޗެމްޕިއަނަށް ލިބޭނީ ކުރިން ލިބޭ ވަރަށް ވުރެ މަދު އަދަދެކެވެ. ސަބަބަކީ ގިނަ ކުޅުންތެރިންނަށް ފައިސާގެ އިނާމް ލިބޭ ގޮތަށް އޮނިގަނޑަށް ގެނައި ބަދަލެވެ.

ކުރިން ޔޫއެސް އޯޕަންގެ ސިންގަލްސްގެ ކޮންމެ ކެޓަގަރީއެއްގެ ޗެމްޕިއަނުންނަށް ތިން މިލިއަން ޑޮލަރު ދެމުން އައި ނަމަވެސް މި ފަހަރު ދޭނީ ކެޓަގަރީ އަކަށް 2.5 މިލިއަން ޑޮލަރެވެ. އަދި ރަނަރަޕަށް 1.25 މިލިއަން ޑޮލަރު ދޭނެ އެވެ.

ޔޫއެސް އޯޕަން އަކީ ޓެނިހުގެ ބޮޑު މުބާރާތްތަކުގެ ތެެރެއިން އަންހެން އަދި ފިރިހެން ކެޓަގަރީ އަށް ހަމަހަމަކޮށް ފައިސާ ބަހާ މުބާރާތެކެވެ. މިއީ 2012 ވަނަ އަހަރަށް ފަހު ޔޫއެސް އޯޕަންގެ ޗެމްޕިއަނުންނަށް އެންމެ މަދުން ފައިސާ ލިބޭ ފަހަރެވެ. އެ ފަހަރު ސިންގަލްސް ކޮންމެ ޗެމްޕިއަނަކަށް 1.9 މިލިއަން ޑޮލަރު ލިބުނެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ކޮލިފައިން ބުރަށް އެކަނި ވެސް އިނާމް ފައިސާގެ ގޮތުގައި ހަ މިލިއަން ޑޮލަރު ބަހާނެ އެވެ. މިއީ 2019 ވަނަ އަހަރުގެ މުބާރާތާ އަޅާކިޔާއިރު 66 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ކޮވިޑް-19 ތެރޭގައި ޔޫއެސް އޯޕަން ބޭއްވީ ކޮލިފައިން ބުރެއް ނުލައި މެއިން ޑްރޯއިން ފަށައިގެންނެވެ. އެއީ ހުއްދަ ލިބިފައި އޮތީ ވީހާވެސް މަދު ކުޅުންތެރިންތަކެއް ލައިގެން ކުރިއަށްދިއުމަށް ކަމަށްވާތީ އެވެ.

ކޮލިފައިން ނިމުމަށް ފަހު މުބާރާތުގެ ފުރަތަމަ ބުރުން މޮޅުވާ ކޮންމެ ކުޅުންތެރިއަކަށް އިނާމް ފައިސާގެ ގޮތުގައި 75000 ޑޮލަރު ލިބޭނެ އެވެ. މިއީ އެހެން އަހަރުތަކާ ބަލާއިރު 23 ޕަސެންޓްގެ އިތުރުވުމެކެވެ.

ޔޫއެސް އޯޕަންގެ ކޮލިފައިން މެޗުތައް މިއަދު ފަށާއިރު، މި ފަހަރުގެ މުބާރާތުގެ އެންމެ ބޮޑު ފޯކަސް އަކީ ފިރިހެން ސިންގަލްސް އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް މި ފަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފިނަމަ ހާއްސަ ރެކޯޑްތަކެއް ހެދޭނެ އެވެ. އެ ގޮތުން ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ޖޮކޮވިޗަށް އޮތްއިރު، މުޅި އަހަރުގެ ހުރިހާ ގްރޭންޑްސްލޭމް ތަށްޓެއް ހޯދަން ވެސް އޭނާ ހުރީ އަމާޒުހިފައިގެންނެވެ. ފިރިހެން ކުޅުންތެރިންގެ ތެރެއިން ޓެނިހުގެ ސީޒަނެއްގެ ހަތަރު ގްރޭންޑް ސްލޭމް އެންމެ ފަހުން ކާމިޔާބުކުރީ 1969 ވަނަ އަހަރު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ ރޮޑް ލޭވާ އެވެ.

އަނިޔާގެ ސަބަބުން ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ މި ފަހަރުގެ ޔޫއެސް އޯޕަންގައި ނުކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox