އެމްޑީޕީގެ އިންތިހާބުން ފުރުސަތު ނުދިނުމުން މަހްލޫފް އީސީއަށް

މިނިސްޓަރު މަހުލޫފް: އިންތިހާބުގައި ވާދަ ނުކުރެވޭތީ އިލެކްޝަން ކޮމިޝަނަށް ވަނީ ޝަކުވާ ހުށަހަޅާފައި

މިނިސްޓަރު މަހުލޫފް: އިންތިހާބުގައި ވާދަ ނުކުރެވޭތީ އިލެކްޝަން ކޮމިޝަނަށް ވަނީ ޝަކުވާ ހުށަހަޅާފައި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ފުރުސަތު ނުދޭން ނިންމާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާއްމުކުރީ މަހްލޫފާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން އުނިކޮށްފަ އެވެ. އެކަމަކު ޝަކުވާ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބަލައި އަކްރަމަށް ވަނީ ފުރުސަތު ދީފަ އެވެ.

މަހްލޫފް ވާދަކުރައްވަން ހުށަހެޅުއްވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ. މަހުލޫފްގެ ނަން ލިސްޓުން އުނިކުރިއިރު ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އެގޮތުގެ މަތިން މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް، އެމްޑީޕީގެ ނިންމުން ބަލައެއްނުގަނެވެ. އެހެންވެ، އެ މައްސަލަ ރިވިއުކޮށްދޭން އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. މަހުލޫފު ދެކަވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުމެކެވެ.

އެހެންވެ، އެކަމުގައި ހައްލެއް ހޯދައިދިނުމަށް އިލެކްޝަން ކޮމިޝަނަށް ވެސް އޭނާ ޝަކުވާ ހުށަހެޅުއްވީ އެވެ.

މަހްލޫފް ވިދާޅުވީ އޭނާ ހުށަހެޅި މައްސަލައަށް އެމްޑީޕީން ޖަވާބު ނުދޭއިރު އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވާއިރު، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން ހަނިކުރެވެންވާނީ ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ނުވަތަ އެ ޕާޓިއެއްގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިންނެވެ.

ނަމަވެސް، ޕާޓީގެ މަގާމަކަށް ވާދަކުރުމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގެންފައި މިވަނީ ކަނޑައެޅިގެން ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ ބަލާއިރު އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް އިންތިހާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަންޖެެހެ އެވެ. ނަމަވެސް، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް ނެރުނު އިއުލާނުގައި ހިމަނާފައިނުވާ ޝަރުތުތަކެއް އިންތިހާބަށް އިއުލާންކުރި ފަހުން ނެރުނު އިއުލާނުގައި ވަނީ ހިމަނާފަ އެވެ.

"މިއީ, ކަނޑައެޅިގެން އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެއް," މަހުލޫފް ރިވިއު ކުރަން އެދި ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދި ފަހުން އާ ޝަރުތުތަކަކާއެކު ނެރުނު އިއުލާނަކީ ގާނޫނީ ހަމަތަކާ އުސޫލުތަކާ ހިލާފު އިއުލާނެއް ކަމަށް ސިޓީގައިވެ އެވެ. އެއީ، އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެޝަރުތަކަށް ކަމަށްވާތީ ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މަގާމުތަކަށް ޝަރުތު ކަނޑައާޅާނަމަ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އިންތިހާބުތަކާބެހޭ ގަވާއިދު އިސްލާހުކޮށް އެފަދަ ޝަރުތުތަށް އިންތިހާބަށް އިއުލާންކުރުމުގެ ކުރިން ކަނޑައަޅުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާނަމަ ކުރަންޖެހޭ ގޮތެވެ.

އަދި އެފަދަ ހާލަތެއްގައިވެސް ވަކި ބަޔަކު އިންތިހާބަށް ވާދަކުރުން މަހްރޫމު ކުރުމުގެ ނިޔަތުގައި ޝަރުތު ކަނޑައެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހިކަމެއް ކަމަށެވެ.

އަކްރަމްގެ މައްސަލަ ރިވިއު ކުރުމަށް އޭނާއަށް ވާދަކުރުމުގެ ފުރުސަތު ދޭން އެމްޑީޕީން ނިންމިއިރު އޭނާއަކީ މިހާރު ވެސް ގައުމީ މަޖިލީހުގައި މާލޭ ދާއިރާ ތަމްސީލުކުރާ މެންބަރެވެ. އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox