ސްޓެލްކޯ ސަރަހައްދުގެ ގެތައް ބަދަލު ކުރަން އެއްބާރުލުން ދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި

ޑރ. މުހައްމަދު މުއިއްޒު މިއަދު ކޮމިޓީގައި:  އޭނާ ވިދާޅުވަނީ ސްޓެލްކޯއާ ވިދިގެން އޮތް ގޯޅި ހުސްކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޑރ. މުހައްމަދު މުއިއްޒު މިއަދު ކޮމިޓީގައި: އޭނާ ވިދާޅުވަނީ ސްޓެލްކޯއާ ވިދިގެން އޮތް ގޯޅި ހުސްކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯގެ އިންޖީނުގެތަކުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް (އެސްއޯއީ) ކޮމެޓީގައި މުއިއްޒު މިއަދު ވިދާޅުވީ ސްޓެލްކޯ ސަރަހައްދުގެ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަކީ ކުރެވޭނެ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރުމުގައި އެ ގެތަކުގެ ރައްޔިތުންނަށް ކައުންސިލުން އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދެ، ޝައްކެއް ނެތް. އެކަން ކުރެވޭނެ. އެކަމަކު ހުޅުމާލެއަށް ބަދަލު ކުރަންޏާ އޭގައި އިތުރު ކޮމްޕްލިކޭޝަނެއް އަތުވެދާނެ،" މުއިއްޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެބޭފުޅުންގެ ހައްގުގައި، ސަރުކާރުގައި، ޕްލޭނިން މިނިސްޓްރީއަށް ނޫނީ ރައީސް އޮފީހަށް މިކަމުގައި ދިޔުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ."

އެ ގެތަކުގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ޖަނަރޭޓަރު ބެހެއްޓުމަށް ސްޓެލްކޯ އިން ބަންދުކޮށްފައިވާ މަގުތައް އަލުން ހުޅުވުމަށް އެދުމުން އެކަން ކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ސްޓެލްކޯއިން ޖަވާބު ދީފައި އެބަ އޮތް ތިމަންނަމެނަކަށް ތި އެދިލެއްވި ގޮތަކަށް ނެތޭ އެ ގޯޅިތައް ހުޅުވޭކަށް، ސިޓީއިން ޖަވާބު ދީފައި އެބަ އޮތް. އެއީ އެހެން ހަދައިފިއްޔާ މާލެއަށް ކަރަންޓު ދިނުމަށް ހުރަސްތަކެއް އެޅޭނެއޭ. އެހެންވެ އެކަން ކޮށްދެވެން ނެތް ވާހަކަ ދަންނަވަމޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މުއިއްޒު ގަބޫލު ކުރައްވަނީ އިންޖީނުތަކުން ރައްޔިތުންނަށް ގެއްލުންވުން ދާއިމީކޮށް ހުއްޓުވޭނީ ސްޓެލްކޯ މާލެއިން ބޭރަށް ބަދަލުކޮށްގެން ކަމަށެވެ.

"ތޮއްޖެހިފައި އޮތް މާލޭ ތެރޭގައި މިހާ ބޮޑު ބިމެއްގައި އެހާ މީހުންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އުނދަގޫވާ ތަނެއް ހުރުމަށްވުރެ، މާލެއިން ބޭރަށް ތިލަފުއްޓަށް ނޫނީ އެހެން ތަނަކަށް ނަމަވެސް ބަދަލުވުމަކީ ލޯންގް ޓާމްގައި ހަގީގަތުގައި ޓެކްނިކަލީ އެންމެ ރަނގަޅު ގޮތް ކަމަށްވާނީ ސްޓެލްކޯ ރިލޮކޭޓްވުން،" މޭޔަރު ވިދާޅުވި އެވެ.

ނަމަވެސް މިހާރުން މިހާރަށް ވެސް ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެހެން ނޫނީ މި ވާ ގޮތަކީ ސްޓެލްކޯ އެކްސްޕޭންޑްވާ ވާންވީ ދެން ކައިރީގައި ހުރި ގެތައްވީ ރިލޮކޭޓް ވާން. ސްޓެލްކޯ މޫވްނުކޮށް ގެތައް ރިލޮކޭޓްވާންވިޔަސް ރައްޔިތުންނަށް އެބަޖެހޭ އެބޭފުޅުންގެ ދިރިއުޅުމުގެ އަސާސީ ހައްގު ކަށަވަރުވާން،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ ޖަނަރޭޓަރުތަކުގެ އަޑާއި، ދުމާއި ވަހުގެ ސަބަބުން ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ގެއްލުންވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް ވަނީ ބުނެފަ އެވެ. އަދި އެމީހުންގެ އަސާސީ ހައްގުތަކެއް ވެސް ގެއްލިފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox