އަލިފާނުގެ ހާދިސާއިން ކުއްލި ސިހުމެއް!

ރޭ އަލިފާނުގެ ހާދިސާ ހިނގި 147 ފްލެޓުގެ އެޕާޓުމެންޓު-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ރޭ އަލިފާނުގެ ހާދިސާ ހިނގި 147 ފްލެޓުގެ އެޕާޓުމެންޓު-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ހުޅުމާލެއިން ލިބުނު ފްލެޓަށް ވަހީދު އާއި އޭނާގެ އާއިލާ ބަދަލުވީ 2018ވަނަ އަހަރު އެވެ. އެއީ 2016ވަނަ އަހަރު ކުރި ހިތުގެ އޮޕަރޭޝަނަށްފަހު އެވެ.

ހުޅުމާލޭގައި ދިރިއުޅޭތާ ހަތަރު އަހަރު ވެފައިވާ ވަހީދު ކޮންމެ ދުވަހެެކޭ ވެސް އެއްގޮތަށް ރޭ ވެސް މަޢްރިބް ނަމާދު ކުރުމަށްފަހު ކަސްރަތަށް ދުވެލަން ދާން ނުކުމެ ބޫޓަށް އަރަން ސިޑިމަތީ އިށީންދެ އިން އިރު އެއްޗެއް އަނދާވަސް ދުވި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

"ތިރިއަށް ފެއިބިއިރު ބަސް ސްޓޭންޑް ކައިރީ ތިބި ދެ ކުއްޖަކު ބުނީ އެތަނުން ދުން އަރަނީއޭ. އަޅުގަނޑު މަތި ބަލާލިއިރު ދެވަނަ ފްލޯގެ އެކޮޅު އިމާރާތުން ދުން އަރަނީ،"

ވަހީދު ދިރިއުޅޭ ފްލެޓުން ދުން އަރާތީ ދުވަން ދާން ފަސްޖެހުނީ ވީގޮތް ބަލަން ބޭނުންވާތީ އެވެ. ނަމަވެސް ދެން ވާން މި އުޅެނީ ކިހާ ބޮޑު ކަމެއް ކަމާ މެދު ވިސްނާ ނުލާ ގޮސް އެޕާޓުމެންޓަށް އެރުމަށް ސިޑިއާ ހަމައަށް އެރުނުއިރު އެއްޗެއް ގޮވައިފި އެވެ.

ހުޅުމާލެ އަލިފާން: ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އެޕާޓްމެންޓުގެ ބެލްކަނި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
ހުޅުމާލެ އަލިފާން: ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އެޕާޓްމެންޓުގެ ބެލްކަނި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ހުޅުމާލެ އަލިފާން: ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އެޕާޓްމެންޓުގެ ބެލްކަނި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

"އޭރު އަންހެނުން ހުރީ ނަމާދުކުރަން. ދެން ހުރި ކުއްޖާ ހުރީ ސިޓިންގް ރޫމުގައި. އޭނާއަށްވެސް އަޑު އެހާ ބާރަށް އިވުނީ އަޅުގަނޑު ދޮރު ހުޅުވާފަ ހުރީމަ. އެވަގުތު އެކަތި ގޮވީ. އަނެއްކާ އިރުކޮޅަކުން އެހެން އެއްޗެއް ގޮވައިފި. ފަހުން އެނގުނީ ގޮވީ ބޮޑީސްޕްރޭ ފުޅިތަކެއްކަން،"

ކައިރި ކައިރީގައި ތިން ފަހަރަށް ގޮވާއަޑު އިވުނު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ ހާޓް ޕޭޝެއްޓެއް. އެވަގުތު 118 އަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ގުޅުނީ މާލެ ޕޮލިހަށް. ދެފަހަރަށް މަސައްކަތް ކޮށްވެސް އެވަގުތު ހަނދާނަކަށް ނައި ގުޅާނެ ނަމްބަރެއް،"

ވެފައި ހުރި ހާސްކަމުން ކުރަންވީ ކޮން ކަމެއް ކަން ނުވަތަ ދެން ނަގަންވީ ކޮން ފިޔަވަޅެއްކަން ނޭނގުނު ކަމަށް ވަހީދު ބުންޏެވެ. ގުޅަން ޖެހޭ ނަމްބަރު ހަނދާންނެތި ގުޅުނީވެސް އެހެން ނަމްބަރަކަށެވެ.

ރޯވި އެޕާޓުމެންޓުގެ ބޭރު-- ފޮޓޯ: ހުސައިން ޝަޔާހް / އަދަދު
ރޯވި އެޕާޓުމެންޓުގެ ބޭރު-- ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ރޯވި އެޕާޓުމެންޓުގެ ބޭރު-- ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

"އެވަގުތު ގުޅުނު ހުރިހާ އެންމެން ކައިރީވެސް އަޅުގަނޑަށް ބުނެވުނީ ގެއަަށް އަންނާށޭ. އިތުރު އެއްޗެއް ނުބުނެވޭ. ހަމަ ގެއަށް އަންނާށޭ ބުނެވެނީ. އޭރު އޮތީ ކަޅު ބޯ ދުންތައް ގިނަވާން ފަށާފައި،"

"އެ ގޭގައި ވެސް އެވަގުތު ހުރިހާ ކޮޓަރިއެއްގައިވެސް މީހުން ތިބި. އެއް ކޮޓަރީގައި ދެމަފިރިންނާ ކުޑަ ފިރިހެން ކުއްޖަކާ. އަނެއް ކޮޓަރީގަ ވެސް ދެ މީހުން ތިބި. އެ ކުދިންގެ ބައްޕަ ނިދާފަ އޮއްވާ އެކަމެއްވީ."

އެ ވަގުތު ތިރިއަށް ފޭބި އެންމެންވެސް ބަލަމުން ދިޔައީ މަތީ އެހެން ފްލޯއެއްގައި މީހުން އުޅޭތޯ އެވެ. އެމީހެއްގެ ސަލާމަތް ހޯދުމުން ދެން ތިބި މީހުން ތިބީ ސަލާމަތުންތޯ ބަލާށެވެ.

ފުލުހުން އައިސް އެ ފްލެޓުގައި މީހުން ދިރިއުޅޭ އެޕާޓުމެންޓުތަކުގެ އެންމެން އަތުން ތަޅުދަނޑި ހޯދައިގެން ގޮސް ހުރިހާ ފްލޯ އަކަށް އަރާ މީހުން ތިބިތޯ ބެލި ކަމަށް ވަހީދު ކިޔައިދިނެވެ.

އެ ފްލެޓުގެ ސިޑި ތަކާއި ފާރުތަކަށްވެސް ވަނީ ދުމުގެ އަސަރުކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު
އެ ފްލެޓުގެ ސިޑި ތަކާއި ފާރުތަކަށްވެސް ވަނީ ދުމުގެ އަސަރުކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

އެ ފްލެޓުގެ ސިޑި ތަކާއި ފާރުތަކަށްވެސް ވަނީ ދުމުގެ އަސަރުކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ހުޅުމާލޭ 147ވަނަ ފްލެޓެއްގައި ރޭ ރޯވެފައި ވަނީ 7:17 ހާއިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވަނީ 7:44 ހާއިރު އެވެ. ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ރޯވި އެޕާޓުމެންޓުގައި ބޭނުން ކުރެވޭ ހާލުގައި އެއްވެސް އެއްޗެއް ނެތެވެ.

"އަޅުގަނޑު މިއަދު ވަނިން ބަލާލަން. ކިރިޔާވެސް ބޭނުން ކޮށްލެވޭ ވަރުގެ އެއްޗަކަށް އިނީ ފްރިޖާ ގެންގުޅޭ ކާ ތަށިތަކެއް އެކަނި. ދޮންނަ މެޝިނުވެސް އެއްކޮށް އަނދާފަ ހުރީ،" ވަހީދު ބުންޏެވެ.

އެ އެޕާޓުމެންޓުގައި ދިރިއުޅެމުން ދިޔަ އާއިލާއަކީ ވަގުތީގޮތުން އުޅެން އައި ބައެއް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އެ އެޕާޓުމެންޓުގެ ކޮޓަރިތަކުގައި ބެޑްރޫމްސެޓުފަދަ އެއްވެސް އެއްޗެއް ނެތުމެވެ.

ރޯވި އެޕާޓުމެންޓުގެ ދެވަނަ ފްލޯގެ ބޭރު-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު
ރޯވި އެޕާޓުމެންޓުގެ ދެވަނަ ފްލޯގެ ބޭރު-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ރޯވި އެޕާޓުމެންޓުގެ ދެވަނަ ފްލޯގެ ބޭރު-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

އެ އެޕާޓުމެންޓުގައި ރޯވި އަލިފާންގަނޑުން އެރި ދުމުގެ އަސަރު ވަހީދުގެ އެޕާޓުމެންޓަށްވެސް ކުރި އެވެ. އެއީ އެންމެން ދުވެފައި ނިކުތްއިރު ދޮރު ހުޅުވާފައި ހުރުމުންނެވެ. އެގޮތުން ފާރުތަަކާއި ފަންކާތައް ހުރީ ދިލަޖެހި ކަޅުވެފަ އެވެ. އަލުން ސާފުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރުގަ އެވެ.

"އަޅުގަނޑުގެ ހުންނާނެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. ގޮވިއަޑު އިވުނީމަ އޭނާ ސިޓިންގްރޫމުގަ ހުރެފަ ގޮވީ މަންމާ އަލިފާން ރޯވެއްޖެއޭ ކިޔާފައި، ދުވެފަ ތިރިއަށް ފޭބީ،"

"އަންހެނުންވެސް ނަމާދުކުރަން ހުރި ގަޑިވީމަ ދުވެފަ ތިރިއަށް ފައިބަން ނިކުތްއިރު އެ އެޕާޓުމެންޓުގައި ތިބި މީހުންތައް އެއްފަހަރާ ނިކުންނަށް އުޅުނު އިރު ބައެއް މީހުން ވެއްޓި ގޮތްގޮތްވެސް ވި ކަމަށްވޭ."

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ޝޮކަށް ފަރުވާ ހޯދުމަށް އެކަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ރޯވި އެޕާޓުމެންޓު ތަހުގީގަށް ބަންދުކޮށްފައި، އެ އެޕާޓުުމެންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
ރޯވި އެޕާޓުމެންޓު ތަހުގީގަށް ބަންދުކޮށްފައި، އެ އެޕާޓުުމެންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ރޯވި އެޕާޓުމެންޓު ތަހުގީގަށް ބަންދުކޮށްފައި، އެ އެޕާޓުުމެންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

"އަޅުގަނޑަކީ ހައިރިސްކް މީހެއް ވީމަ މައްޗަށް ނާރަން ހުރީ. ތިރީގަ ހުއްޓާ މީހަކު ގޮވާލި އެމްބިއުލަންސް އައިއްސިއޭ. ދެން ފެނުނީ ކުއްޖަކު ގެންދާތަން،" ވަހީދު ބުންޏެވެ.

2016 ވަނަ އަހަރު ކުރި ހިތުގެ އޮޕަރޭޝަނަށްފަހު ލޯ ކުރިމަތީ ހިނގި އެ ހާދިސާއިން ވަހީދަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަދާނެ ގޮތެއް ދެން ވާންވީގޮތެއް ނޭނގި ހުއްޓިފައި ހުރެވުނީ ކަމަށް އޭނާ ކިޔައިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox