ޖިނާއީ އަދަލުގެ ނިޒާމަށް އިންގިލާބެއް އަންނާނެ ބިލް ހުށަހަޅަން ތައްޔާރުވެއްޖެ

މަބްރޫކް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނު ފުރިހަމަ ވަނީ ހެއްކާ ބެހޭ ބިލާ އެކުގައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މަބްރޫކް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނު ފުރިހަމަ ވަނީ ހެއްކާ ބެހޭ ބިލާ އެކުގައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހެއްކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި ފޮނުވަން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހުށަހަޅާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ހެއްކާ ބެހޭ ބިލުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ޖިނާއީ އަދަލުގެ ނިޒާމަށް އިންގިލާބެއް އަންނާނެ ކަމަށެވެ.

"ހަގީގަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލް އުގޫބާތް ފުރިހަމަ ވަނީ މި ބިލާ އެކީގައި. މީގެ ސަބަބުން ހެކި ހޯދާ ގޮތާއި ބޭނުންކުރާ ގޮތާއި ބާޑަން އޮފް ޕްރޫފް ސާފުކޮށް ކަނޑައެޅިގެން ބަޔާންކޮށްދޭނެ ބިލެއް،" އޭނާ ވިދާޅުވި އެވެ.

Advertisement

އެ ބިލު ވުޖޫދަށް އައުމުން ހެކި ހޯދުމާ ގުޅޭ ހުރިހާ ކަމެއް އެއް ގާނޫނަކުން ފެންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާތަނަށް އައިއިރު ހެކި ހޯދުމާއި ހެކި ބޭނުން ކުރާ ގޮތާއި ހެކި ބޭނުންކޮށްގެން [ކުށް] ސާބިތުކޮށްދޭ ގޮތް އެއް ގާނޫނެއްގެ ދަށަށް ގެނެވިފައެއް ނެތް. އެކި އެކި ގާނޫނުގެ އެކި މާއްދާތައް ބޭނުންކޮށްގެން އެ މަސައްކަތް ކުރެވިގެން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

ހެއްކާ ބެހޭ އާ ގާނޫނު ހިނގާނެ ދާއިރާ

- އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތަކުގެ މައްޗަށް

- އެންމެހައި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތަކުގެ މައްޗަށް

- ކަމާގުޅޭ ނިސްބަތަށް، ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން

- ތަހުގީގުކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތަކުގެ މައްޗަށް

- ކަމާގުޅޭ ނިސްބަތަށް، ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތަކުގެ މައްޗަށް

ބިލްގައި ހެކީގެ ތިން ބާވަތެއް ވެސް ކަނޑައަޅާފައިވެ އެވެ. އެއީ، ޝަފަހީ ހެކި, ކިތާބީ ހެކި އަދި މާއްދީ ގޮތުން ގުޅުން ހެއްކެވެ.

ހެއްކާ ބެހޭ ބިލްގެ އިތުރުން މަބްރޫކް ވަނީ މިހާރު ވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތަކުގެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ފަޅުރަށްތަކާ ބެހޭ ބިލަކީ ލާމަރުކަޒީކޮށް ގައުމު ހިންގަން ލިބޭނެ ވަރަށް ބޮޑު ބާރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ މުހިންމު އެއް ބިލް މި ދައުރުގައި ހުށަހެޅޭ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޒަމާނުއްސުރެ މާލޭގައި މިނިސްޓްރީތަކުގައި އޮންނަ ބާރުވެރިކަމުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކަށް ވެސް އިހުތިސާސްގައި ހިމެނޭ މި ފަޅުރަށްތައް ބޭނުން ކުރުމުގެ އޮނިގަނޑުތައް ކަނޑައަޅައިދޭ ބިލެއް މި ބިލަކީ،" މަބްރޫކް ވިދާޅުވި އެވެ.

"މި ބިލުގެ ސަބަބުން އެ ބޭފުޅުންނަށް އެ ބާރުތައް ލިބި، ލާމަރުކަޒީ ރާއްޖެއެއް ހިންގުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް މި ބިލުގެ ސަބަބުން ގެނެސްދޭނެ."

ހެއްކާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށް މީގެ ކުރިން ވެސް އެކި ސަރުކާރުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. މިހާރު މި އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު ފުލުސް އޮފިސަރުންގެ ހެކި ބަހުން ނުވަތަ އިއުތިރާފް ބަޔާނުން ކުށް ސާބިތު ކުރުން ނިމުމަކަށް އައުމުން ހެއްކާ ބެހޭ ގާނޫނެއްގެ މުހިންމުކަން އޮތީ އިންތިހާއަށް ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox