ޖަނަވާރުންގެ ކަރަންޓީނު ފެސިލިޓީ ގާއިމުކުރާ ބިލު ކޮމިޓީއަށް

އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅާތައް. - ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅާތައް. - ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތައް އެތެރެ ކުރުމަށާއި ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަނދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަންޖެހޭ ގޮތަށް ސަރުކާރުން ހުށަހެޅި ޖަނަވާރުގެ ސިއްހަތާބެހޭ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހަޅުއްވާފައިވާ ބިލުގެ މަގުސަދަކީ ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި ޖަނަވާރުންގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް ބުނެފައިވެ އެވެ.

އަދި ދެމެހެއްޓެނިވި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ޖަނަވާރު ވިއްސައި އާލާކުރުމަށް މަގުފަހިކުރުމުގެ އިތުރުން، ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ބިލު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ބަލައިގަތުމާއެކު ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސަރުކާރުން ހުށަހެޅި އެ ބިލުގައި ޖަނަވާރަށާއި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި، އެ ނޫންވެސް ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

އެގޮތުން، ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތައް އެތެރެ ކުރުމަށާއި ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަންދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި ޖަނަވާރަށް ޖެހޭ ބަލިތައް ތަހުލީލުކުރާ ލެބޯޓަރީއެއް ކަނޑައަޅައި، އެތަނަށް ބޭނުންވާ ވަސީލަތްތަކާއި ފަންނީ ގާބިލުކަން ހަމަޖައްސައިދިނުން އެ ބިލުގައި ހިމެނެ އެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މުއާދަތަކަށް ރިއާއަތްކޮށް ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން މަނާ ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތަކުގެ ލިސްޓެއް އެކުލަވާލައި، ބެލެހެއްޓުން ވެސް ފިޝަރީޒް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

އެ ބިލުގައި މިނިސްޓްރީގެ އިތުރުން ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާ އާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވެ އެވެ.

އަދި މި ގާނޫނު ވުޖޫދަށް އައުމާ އެކު، ގާނޫނާ ހިލާފުވާ ފަރާތްތަކަށް 5،000ރ. އިން ފެށިގެން 25،000ރ. އާދެމެދުގެ އަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox