ޒިޔާދުގެ މައްސަލައާ ތިންވަނަ ގާޒީ ހަވާލުވެ، ދެ މަސް ތެރޭ ނިންމަނީ

ޒިޔާދު: އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ދެ މަސް ތެރޭ ނިންމަން ވަނީ އަމާޒު ހިފާފައި

ޒިޔާދު: އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ދެ މަސް ތެރޭ ނިންމަން ވަނީ އަމާޒު ހިފާފައި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ދެ މަސް ތެރޭ ނިންމުމަށް އަމާޒު ހިފައިފި އެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް، މިހާތަނަށް ޝަރީއަތުގެ މަރުހަލާ ވެސް ފެށިފައިނުވެ އެވެ. އަދި، މައްސަލަ ބެއްލެވުމާ މިހާތަނަށް ތިން ގާޒީއަކު ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

އެންމެ ފުރަތަމަ މައްސަލަ ބެއްލެވުމާ ހަވާލުވެވަޑައިގެންނެވީ ގާޒީ އަލީ އާދަމެވެ. އޭނާއަށްފަހު ޒިޔާދުގެ މައްސަލަ ބެއްލެވުމާ ގާޒީ މުހައްމަދު ސަމީރު ހަވާލުވެވަޑައިގެންނެވި އެވެ. ނަމަވެސް، ގާޒީ ސަމީރު ވަނީ އަމިއްލައަށް އެދިވަޑައިގެން ޑްރަގު ކޯޓަށް ބަދަލުވެވަޑައިގެންފަ އެވެ.

Advertisement

މިހާރު މައްސަލަ ބެއްލެވުމާ ހަވާލުވެވަޑައިގެންފައިވަނީ ގާޒީ މުހައްމަދު މިސްބާހެވެ. އެގޮތުން، މައްސަލާގައި ގާޒީ މިސްބާހު މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. އަޑުއެހުންތައް ފެއްޓެވީ ކުރިން ގޮސްފައިވާ ހިސާބުންނެވެ. ގާޒީ މިސްބާހު ވަނީ ޒިޔާދުގެ މައްސަލައަކީ މައުޟޫއީ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާފަ އެވެ.

އެހެންވެ، ދެން މި މައްސަލާގައި އޮންނާނީ ޝަރީއަތުގެ މަރުހަލާ އެވެ.

ޒިކުރާ މިސްކިތުގެ މައްސަލާގައި ޒިޔާދަށް ކުރާ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ފަސް ޝަފަވީ ހެއްކާއި ކިތާބީ ހެކިތަކެވެ. އެހެންކަމުން އެ މައްސަލާގެ ޝަރީއަތަކީ އަވަހަށް ހިންގާ ނިންމަލެވޭނެ ޝަރީއަތެއްކަން ޒިޔާދުގެ ވަކީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ދައުވާއާ މެދު ގޮތެއް ނުނިމި، ކުށުގެ ވެށީގައި ނުހިމެނޭ ބަޔަކު އަދުލުގެ ނިޒާމްގެ ތެރެއަށް ވައްދައިގެން ދިގުދަންމަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމަކީ ޒިޔާދަށް ވެސް އޭގެ ސަބަބުން ގެއްލުންތަކެއްވަމުންދާ ކަމެއް ކަމަށާއި އޭނާގެ އަބުރަށް ވެސް އަސަރު ކުރާ ކަމަށެވެ. އަދި، މުޖުތަމައުގައި އޭނާގެ މަގާމަށް ވެސް އުނިކަން ލިބިމުންދާ ކަމަށެވެ.

އެހެންވެ، މައްސަލާގައި ޝަރީއަތް އަވަސްކޮށް، އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެއްވުމަށް ވަކީލް ނޫރުއްސަލާމް އެދިވަޑައިގެންނެވި އެވެ. ވަކީލް ވިދާޅުވި ގޮތުގައި އިތުރު ތިން އަޑުއެހުމުން ބާއްވައިގެން މައްސަލަ ނިންމޭނެ އެވެ. އެހެންވެ، މި މަސް ނިމުމުގެ ކުރިން ވެސް އަޑުއެހުމެއް ބާއްވައިދިނުމަށް އެދިވަޑައިގެންނެވި އެވެ.

ދައުލަތުގެ ވަކީލް ވެސް ވަނީ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިފަ އެވެ.

ގާޒީ މިސްބާހު ވިދާޅުވީ ޝަރީއަތުން ވެސް ބޭނުން ވަނީ މައްސަލަ އަވަހަށް ކުރިއަށް ގެންދަން ކަމަށާއި ހަތަރު އަޑުއެހުމެއް ބާއްވައިގެން މައްސަލަ ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ މައްސަލާގެ ޝަރީއަތް ނިމެނޭ ގޮތަށް އަޑުއެހުންތަކުގެ ތާވަލެއް ހެދުމަށްފަހު ހިއްސާ ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެއަށްފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމާލެއްވި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެހެން ނަމަވެސް، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox