ރައްޔިތުންގެ ގާތަށް ރައީސްގެ ސިލްސިލާ ދަތުރުތަކެއް

ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ކުޑަކުއްޖަކާ އެކު: ސިލްސިލާ ދަތުރުތަކެއް އަތޮޅުތެރެއަށް ފައްޓަވަން ވަނީ ނިންމަވާފައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ކުޑަކުއްޖަކާ އެކު: ސިލްސިލާ ދަތުރުތަކެއް އަތޮޅުތެރެއަށް ފައްޓަވަން ވަނީ ނިންމަވާފައި. -- ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ހިންގާ މަޝްރޫއުތައް ބައްލަވައި ރައްޔިތުންނާ ގާތުން ކަންކަން ހައްލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅުތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ކޮވިޑާ އެކު އަހަރަކަށް ވުރެން ގިނަ ދުވަސް ރާއްޖެ "ބަންދުވެފައި" އޮތުމަށް ފަހު ހުޅުވާލުމުން ރައީސް ވަނީ އީދު ބަންދުގެ ކުރިން ހދ. އަތޮޅަށް ވަޑައިގެންފަ އެވެ. އަދި މިދިޔަ ހަފުތާގައި ތ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަތެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު "އަދަދު" އަށް ވިދާޅުވީ އަތޮޅުތަކަށް ރައީސް ފެއްޓެވީ ސިލްސިލާ ދަތުރުތަކެއް ކަމަށާއި ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ގިނަ ރަށްތަކަކަށް ވަޑައިގަންނަވާނެ ކަމަށެެވެ.

"މި ދަތުރުފުޅުތަކުގައި އިސްކަން ދެއްވާނެ ޕްރޮޖެކްޓްތައް މޮނީޓާ ކުރެއްވުމަށާއި ރަނގަޅު ކުރަން ހުރި ކަންކަން ނޯޓް ކުރެއްވުމަށް. ލާމަރުކަޒީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދިނުމަކީ ރައީސްގެ މުހިންމު ޕްރިއޯރިޓީއެއް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގައި ބޮޑު އިސްކަމެއް ދެއްވާނީ މިހާތަނަށް ވަޑައިނުގެންނެވޭ ރަށްރަށަށް ވަޑައިގަތުމާއި ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ ރަށްތަކަށް ވަޑައިގަތުމަށެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ވެސް ވަކިން ބައްދަލު ކުރައްވަ އެވެ. ސެޕްޓެމްބަރު މަހު އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ނިންމާފައިވާ އިރު، މިދުވަސްވަރު ބަރުލަމާނީ ނިޒާމުގެ މައްސަލަ ހޫނުވެ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހްގެ ދަތުރުގައި އެކި ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ކުރިއެރުމަށް ހިޔާލާއި މަޝްވަރާ ހޯއްދަވައި ޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ގެންދަވަނީ ދެއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox