ސަރުކާރުގެ ބިލްތައް ބަހުސްގެ ކުރިން އާއްމުންނަށް އޮޅުންފިލުވައިދެނީ

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިސްނަގައިފި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުގެ ފަރާތުންނާއި އަދި އެމްޑީޕީގެެ މަޖިލިސް މެންބަރުން ހުށަހަޅާ ބިލްތައް ބަހުސް ކުރަން ފެށުމުގެ ކުރިން ނުވަތަ ފުރަތަމަކިއުން އިއްވުމަށްފަހު، އެ ބިލަކާ ބެހޭ ގޮތުން އާމުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ކްލަބްހައުސް މެދުވެރިކޮށް ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"އެގޮތުން ބިލުހުށަހަޅާ މެމްބަރާއި، އެބިލަކާގުޅޭ ސަރުކާރުގެ ފަރާތަކާ ނުވަތަ ފަރާތްތަކަކާ އެކު. އަޖުމަ ބެލުމުގެ ގޮތުން މިރޭ އިލެކްޓްރޯނިކް މުއާމަލާތާބެހޭ ބިލް ގެ މައުލޫމާތު ދިނުން އެބަ ބާއްވަން،" އާޒިމް ވިދާޅުވި އެވެ.

މިރޭގެ ކްލަބްހައުސް ޕްރަގްރާމްގައި އާޒިމްގެ އިތުރުން، ބިލް ހުށަހެޅި މެމްބަރު އަބްދުﷲ ވަހީދާއި، އިކޮނޮމިކް މިނިސްޓްރީގެ ދެ ބޭފުޅަކާ، އެމްއެމްއޭ ގެ ބޭފުޅަކާއި، ޓެކްނޮލޮޖީ މިނިސްޓްރީގެ ބޭފުޅެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލުގެ ފުރަތަމަކިޔުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި އިއްވާފައިވާއިރު، އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމްކޮށް ޓްރަސްޓް ހިދުމަތްތަކުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގެ އިތުރުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ބިލާ އެކު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް މުހިންމު ބިލުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ބަންޑަރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު، އިއްޔެ ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގުތިސޯދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެ އެވެ.

އެގޮތުން، މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން އުފައްދައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން، ހެއްކާބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޕްލޮމެޓިކް އިމްތިޔާޒްތަކާ ބިލު ވެސް މި ދައުރަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ވިޔަފާރީގެ ދާއިރާއިން ބަލާއިރު، ފޮރިން އިންވެސްޓްމަންޓުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާއި، ކުންފުނިތަކާއި ޓްރޭޑްމާކުގެ ބިލެއް ވެސް ފާހަގަކޮށްލެވެ އެވެ.

އޭޖީ އޮފީހުގެ ލިސްޓަށް ބަލާއިރު، މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލެއްގެ އިތުރުން ކުނި މެނޭޖްކުރުމަށްވެސް ހާއްސަ ބިލެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބިލަކީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލެވެ. މިއީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ހާއްސަކޮށްގެން ފަރުމާކުރާ ބިލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox