ބޮން ގޮއްވި މައްސަލައިގަ ހިމެނޭ އަލީ ހައިޝަމްް ޝަރީއަތް ނިމެންދެން ބަންދަށް

ދައުވާ ލިބޭ އަލީ ހައިޝަމް: މީނާއަކީ ސައިކަލުގައި ބޮން ހަރުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ -- ފޮޓޯ: އަދަދު ފައިލް

ދައުވާ ލިބޭ އަލީ ހައިޝަމް: މީނާއަކީ ސައިކަލުގައި ބޮން ހަރުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ބޮން ގޮއްވި މައްސަލައިގައި ދައުވާ ލިބޭ އަލީ ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ހައިޝަމް ބަންދު ކުރަން އަމުރު ކުރުމުގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާ ލިބޭ އަހުމަދު އަދުހަމާއި މުޖާޒް އަހްމަދާއި އަދި ތަހުމީން އަހްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.

ހައިޝަމަކީ، ނަޝީދަށް ހަމަލާދޭން ހެދި ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާ އެވެ. ބޮން ހަރުކޮށްފައި ވަނީ ހުޅުމާލޭ ފްލެޓެއްގެ ކުރިމަތީގައި މަގުމަތީގައި ވެސް ފުލުހުން ބުނެފައިވެ އެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރައްވަ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން އަދުހަމަކީ ފާރަލުމަށްފަހު ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާ އެވެ. މުޖާޒްއަކީ އޭނާ ފިލުވުމަށް އެހީތެރިވެދިން މީހާ އެވެ. އަދި ތަހުމީނަކީ ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ވެރި މީހާ އެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

އޭގެ ތެރެއިން ތަސްލީމަކީ 2017 ވަނަ އަހަރު މާލޭގެ އޮފީހެއްގެ ތެރޭގައި ބޮމެއް ހެދި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރި އިރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި ވަނީ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް ހަމައަށް ވަޑައިގެންނެވި ތަނުންނެވެ. ބޮން ގޮއްވާލާފައި ވަނީ އެ ހަރުކޮށްފައި އިން ސައިކަލާ ނަޝީދު އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު ރިމޯޓެއް ބޭނުންކޮށްގެނެވެ.

ބޮން ގޮވުމާއެކު، އެއަށް އަޅާފައި ހުރި ބެއަރިން ބޯޅައިގެ 10 ފުށް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލި އެވެ. އަދި ބޮން ހަރުކޮށްފައި އިން ވޭވް ސައިކަލުގެ ޕްލާސްޓިކް ކޮޅެއް ވެސް އެމަނިކުފާނުގެ ހަށިގަނޑަށް ވަނެވެ. ނަޝީދުގެ ފުރާނަ ސަލާމަތްވީ މެދުނުކެނޑި 16 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ހަށިކޮޅުގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރެއްވި ސާޖަރީތަކަކަށްފަހު އެވެ.

ބޮމުގެ ބައިތައް ނަޝީދުގެ ފުއްޕާމޭ، ބޯ، ބަނޑު، އަތް، އަދި ފަޔަށް ވެސް އަމާޒުވެފައި ހުރިއިރު އެމަނިކުފާނުގެ ހިތާ އެންމެ ސެންޓިމީޓަރެއް ދުރުން ވެސް ބެއަރިން ބޯޅައެއް ހަށިގަނޑަށް ވަދެފައިވެ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނަށް ބޭސް ފަރުވާއަށް ވަޑައިގެންނެވުމަށްފަހު، ފަސޭހަވަންދެން އިނގިރޭސި ވިލާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox