ޒިންމާއިން ރެކެން ޓްރޯމާ އުޒުރަކަށް ނުހެދޭނެ ތިން ހާލަތެއް

Aug 27, 2021, 6:19 AM
ޒިންމާއިން ރެކެން ޓްރޯމާ އުޒުރަކަށް ނުހެދޭނެ ތިން ހާލަތެއް

ރާއްޖޭގެ ގެވެށި އަނިޔާގެ ތަފާސް ހިސާބު ދައްކާ ގޮތުން ކޮންމެ ތިނަކުން އެއް އަންހެނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާ ތަހައްމަލުކޮށްފައިވާ މީހެކެވެ. އެހެންކަމަށް ވާނަމަ، ގެވެށި އަނިޔާގެ ސަބަބުން އެކަނި ވެސް ޓްރޯމާ އަށް ހުށަހެޅިފައި ތިބި މީހުން އާބާދީގައި ގިނަ އެވެ.

ޓްރޯމާ އަކީ މީހަކު ކުރާ އުނދަގޫ ތަޖުރިބާއެއް ނުވަތަ ހައިރާންކުރުވަނިވި ކުއްލި ހާލަތެއްގެ ސަބަބުން އެމީހެއްގެ ވިސްނުމާއި މިޒާޖަށް ބަދަލު ގެނުވަފާނެ އަސަރެއް ނުވަތަ އާދަޔާ ހިލާފު "ޝޮކް" އަށް އިނގިރޭސި ބަހުން ކިޔާ ނަމެކެވެ. މީހަކު ޓްރޯމާ އަށް މަގުފަހިވެދާނެ ފަދަ ހާދިސާއެއް، ނުވަތަ "ޓްރޯމަޓިކް އިވެންޓް" ގެ ގޮތުގައި ބެލެވިދާނެ ގިނަ ހާލަތްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި، ގާތް މީހަކު ނުވަތަ ލޯބިވާ މީހަކު މަރުވުން، ވަރިވުން، ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާ ނުވަތަ ގަނާ އާއި ރޭޕް ފަދަ ހާދިސާތައް ހިމެނެ އެވެ. އަދި ނުރައްކާތެރި އެކްސިޑެންޓެއް ފަދަ ހާދިސާއެއް ވެސް މީގެ ތެރޭގައި ހިމެނިދާނެ އެވެ.

މިސާލެކެވެ. ހައެއްކަ އަހަރު ކުރިން އަހަރެންގެ ގާތް ރައްޓެއްސަކު ބޮޑު ބައްޔެއްގައި އުޅުމަށްފަހު މަރުވި އެވެ. ރައްޓެހި ކުއްޖާ އަށް ހަގު އުމުރުގައި ޖެހުނު ބައްޔާއި ބައްޔާއި އޭނާގެ ވަކިވުން އަހަންނަށް ތަހައްމަލުކުރަން އުނދަގޫވެ، އެކަން ގަބޫލުކުރަން ބޭނުމެއް ނުވި އެވެ. އަހަރެން ހުރީ އޭނާ އާ ވަކިވާން ތައްޔާރުވެގެނެއް ނޫނެވެ.

Advertisement

ރަހުމަތްތެރިޔާގެ ވަކިވުން އަހަންނަށް ވީ ނަފްސާނީ ގޮތުން ބަލިކޮށްލި ކަމަކަށެވެ. އެކަނިވެރިކަން އިހުސާސްކުރެވެން ފެށުނެވެ. ކުރާހިތްވާ ކަންކަން މަތިން ފޫހިވާން ފެށި އެވެ. ދުވަސްގަނޑެއް ވާންދެން އަހަރެންގެ ހިތުގައި އެހެން މީހަކަށް ދޭނެ ލޯތްބެއް ނެތޭ ވެސް ހީވި އެވެ. އެކަމަކު ވަކި ހިސާބަކުން އަހަންނަށް ވިސްނުނު ހަގީގަތަކީ، ރަހުމަތްތެރިޔާގެ ވަކިވެ ދިއުމާމެދު އަހަރެން ހިތާމަ ކުރިޔަސް، ވަކި ހިސާބަކުން ހިތްވަރު އާކޮށްފައި ދިރިއުޅުމާއިގެން ތެދުވެ ހިނގައިގަތުމަކީ އަހަރެންނަށް އޮތް ހަމައެކަނި މިންޖުވުން ކަމެވެ.

އެ ދުވަސްކޮޅު އެއް ކަމެއް ދަސްވި އެވެ. އެ ކުރެވުނު އުނދަގޫ ތަޖުރިބާގެ ސަބަބުން ވަގުތީ ގޮތުން އަހަރެން ތަހައްމަލުކުރި ނަފްސާނީ ޓްރޯމާ އާއި ހިތްދަތި ކަމަކީ، އަބަދަށްޓަކައި ދިރިއުޅުން މަތިން މާޔޫސްވެގެން އުޅެން ދެއްކެން އޮތް ހުއްޖަތެއް ނޫން ކަމެވެ.

ޒިންމާތަކުން ރެކެން ދައްކާ ހުއްޖަތަކަށް ޓްރައުމާ ވެގެން ނުވާނެ

ޓްރޯމާ ތަހައްމަލުކުރާ މީހެއްގެ މިޒާޖާއި ވިސްނުމަށް އެ ޓްރޯމާއެއްގެ ސަބަބުން ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އޭގެ ސަބަބުން ދިރިއުޅުމަށް އިތުރު ތޫފާންތަކެއް ނާންނަ ގޮތަށް ކަންކަން މެނޭޖް ކުރުމަކީ އަހަރެމެންގެ ޒިންމާ އެކެވެ. މީގެ މާނައަކީ އެގޮތަށް އިހުސާސް ކުރެވުނު މޮޔަ ހީވެ އެކަމާ ދެރަވާން ޖެހުމެއް ނޫނެވެ. އެއީ ހާދިސާގެ ޓްރޯމާއިން އަރައިގަންނަން މަޒސައްކަތްކުރުމާ އެކު ދިރިއުޅުމުގެ ލަގަނަށް ބާރުކޮށްލައިފައި އުފަލާއި އުންމީދު ތައް ހާސިލުކުރުމަށް މަސައްކަތްކުރުމުގެ ހިތްވަރުއާކޮށް އެގޮތަށް މަސައްކަތް ކުރުމެވެ.

- މަޝްހޫރު ހޮލީވުޑް ތަރި ވިލް ސްމިތު 2018 ގައި ދެއްކި ވާހަކަކޮޅެއްގެ ތަރުޖަމާ އެކެވެ -

- ބައްޕަ ނުވަތަ މަންމަ ގެ ފަރާތުން އަނިޔާ އާއި ކެކުޅުން ލިބުމަކީ ތިބާގެ ކުށެއް ނޫނެވެ. އެކަމަކު އެ އަނިޔާ އާއި ކެކުޅުމުން ތަހައްމަލުކުރި ޓްރޯމާ އާއި ފިލާވަޅުތަކުގެ ހިޔަލުގައި ދިރިއުޅުން ބައްޓަން ކުރާނެ ގޮތުގެ ޒިންމާ ނަގަންޖެހޭ މީހަކީ ތިބާ އެވެ.

- ބައިވެރިޔާގެ ފަރާތުން ކެއްސާއި މަކަރާއި އޮޅުވާލުން ތަޖުރިބާ ކުރަންޖެހުމަކީ ތިބާގެ ކުށެއް ނޫނެވެ. އެކަމަކު އެ ލިބުނު ކެއްސާއި ދޯކާގެ ހިއްޗާއި ތަދުން މިންޖުވެގެން ދިރިއުޅުމަށް އަލުން އުފަލާއި ހަމަޖެހުން ގެނައުމުގެ ޒިންމާ އޮންނާނީ ހަމަ އެކަނި ތިބާގެ އަތުގަ އެވެ.

- ޒިންމާ އާއި ކުށަކީ ހަލާދަނޑި އެއްގެ ދެކޮޅެއް ނޫނެވެ. މީހެއްގެ ކުށުން ކަމެއް ވުމުން އަހަރެމެން އެދެނީ އެމީހަކަށް އަދަބު ލިބުމަށެވެ. އެމީހަކު އެ ވޭން ތަހައްމަލުކުރާށެވެ. އޭގެ ހިތި އެމީހެއްގެ ދިރިއުޅުމުން ފެންނާށެވެ. އެކަމެއް ރަނގަޅުކުރުމަކީ އެމީހެއްގެ ޒިންމާއެއް ކަމުގައި ގަބޫލުކުރާށެވެ. އެކަމަކު ދިރިއުޅުމުގެ ހަގީގަތަކީ އެއެއް ނޫނެވެ.

- ބާރާއި ކާމިޔާބީގެ މަގަށް ދެވެން އޮތް ހަމަ އެކަނި ރާސްތާ އަކީ ޒިންމާ އާ ހަވާލުވުމެވެ. ޒިންމާ ނެގުމެވެ. ތިބާގެ ހިތް، ތިބާގެ ދިރިއުޅުން، ތިބާގެ އުފަލަކީ ތިބާގެ ޒިންމާއެކެވެ.

އެހެންމީހުންނާ ދިމާ އަށް އިނގިލި ދިއްކުރާހާ ހިނދަކު އެ ވެވެނީ ޓްރޯމާގެ އަޅަކަށެވެ. އިނގިރޭސި ބަހުން ކިޔާ "ވިކްޓިމް މައިންޑްސެޓް" ގެ އަޅަކަށެވެ. ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ އަމިއްލަ ދިރިއުޅުމުގެ ޒިންމާ އަމިއްލަ އަށް ނެގުމެވެ.

ހުތުރު އުޅުމާއި ވިޔާނުދާ އަހުލާގަށް ދައްކާ ހުއްޖަތަކަށް ޓްރޯމާ ވެގެން ނުވާނެ

ގޯހަސް، ރަނގަޅަށް، މާޒީގައި ކުރާ ތަޖުރިބާ އަކީ ކުރިއަށް، އަހުލާގާއި ދިރިއުޅުމުގެ ކުރިމަގު ބައްޓަންކުރަން ބޭނުންކުރެވޭނެ އެންމެ ބާރުގަދަ ހަތިޔާރެވެ.

ޓްރޯމާ ތަހައްމަލުކުރާ މީހަކަށް، ރުޅި އާއި ނަފްރަތާއި، އިތުބާރު ނުކުރެވުމުގެ މައްސަލަތަކާއި އެންޒައިޓީ އާއި ނަފްސު ދަށްކުރެވުމާއި، މާޔޫސްކަން ފަދަ ކަންކަން އިހުސާސްކުރެވެ އެވެ.

އަހަރެންނަށް، ފުރަތަމަ ކޮޅުގައި ކުދި ކުދި ކަންކަމުގައި ރުޅި އާދެވެ އެވެ. ކުދި ކުދި ކަންކަމާ ހެދިގެން މޫޑު ބަދަލުވެ، ފޫހިވެ އެވެ. މަސައްކަތްކުރެވުނީ ކުރެވެމުންދިޔަ އިހުސާސްތަކުގައި އޮބި އެޅޭތޯ އެވެ.

މި ހުރިހާ ބަދަލުތަކަކީ ކުރެވުނު ތަޖުރިބާއާ ހެދި ދިމާވުން އެކަށޭނަ، ގަބޫލުކުރެވޭ ބަދަލުތަކެކެވެ. އެކަމަކު ކުރާ ގޯސް އަމަލު ތަކުގެ އެކްސްކިއުޒް އަކަށް ޓްރޯމާ ނުދެއްކޭނެ އެވެ.

މާޒީގައި ކުރާ ތަޖުރިބާ އެއްގެ ސަބަބުން ކުރާ އަސަރު ނުވަތަ ޓްރޯމާ އަކީ ތިމާ، އެހެންމީހުންނާ މެދު ރަހުމް ނުކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ. ނުވަތަ އެބިއުސް ކުރުމަށް ފްރީ ލައިސަންސް ލިބޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އަމިެއްލަ އުޅުމަށް ބަދަލު އަންނަ ނަމަ އެ ބަދަލު އަމިއްލަ އަށް ފާހަގަކޮށްގެން އަމިއްލަ ނަފްސު ރަނގަޅުކުރަން މަސައްކަތް ކުރަންވާނެ އެވެ.

އެހެން މީހުންނާ ދިމާލަށް އިނގިލި ދިއްކޮށް، އެހެން މީހުންނަށް "ޓޮކްސިކް" ގޮވުމަކީ އަހަރެމެންނަށް ވާރުތަވެގެން މިހިސާބަށް އައިސްފައި އޮތް ވިޔާނުދާ ވިސްނުމެކެވެ. އެކަމަކު ހަގީގަތަކީ، މައްސަލައަކީ ޚުދު ތިބާ އަށް ވެސް ވެދާނެ އެވެ.

"މިއީ އަހަރެންގެ ގޮތޭ" ބުނުމުގެ ބަދަލުގައި އަޒުމަކަށް ވާން ޖެހޭނީ ހުރި ނުރަނގަޅު އުޅުން ރަނގަޅުކުރުމަށެވެ.

ތިބާގެ ޓްރޯމާ އަކީ އެހެން މީހުންގެ ނަފްސުގެ ހަމަޖެހުން ގެއްލެންޖެހޭ ސަބަބެއް ނޫން

މިސާލަކަށް އަހަރެންގެ ކޭސް ގައި، ބޮޑާހޭކުމާއި ރުޅި ގަދަކުރުމާއި ރުންކުރުވެގެން އަބަދު އެއްޗެހި ކިޔުމަކީ ރަހުމަތްތެރިޔާގެ ވަކިވެ ދިއުމުން ކުރި އަސަރުގެ ސަބަބުން ވާ ކަންތައްތަކެއް ކަމަށް އަހަރެންނަށް ފަސޭހައިން ބުނެވިދާނެ އެވެ. އަދި އެކުގައި އުޅޭ މީހުން އުޅެން ވާނީ އަހަރެންނަށް ކުރެވޭ މި ހުރިހާ އިހުސާސެއް އެނގިގެން އެކަމާ އޯކޭ ވެގެން ކަމަށް އުންމީދު ވެސް ކުރެވިދާނެ އެވެ.

އެކަމަކު ހަގީގަތަކީ، އަހަރެންގެ ރައްޓެހިންނާއި އާއިލާ އާއި ގާތް މީހުންނާ މެދުގައި އޮންނަ ގުޅުން ދުޅަހެޔޮކޮށް، ލޯބި ކޮށް ދަމަހައްޓަން ބޭނުންވާނަމަ އެކަމަށް މަސައްކަތް ކުރަން ޖެހޭ މީހަކީ ވެސް އަހަންނެވެ. އެކަމަށްޓަކައި އެމީހުންނާ މެދު އަހަރެންގެ އެޓިޓިއުޑް ރަނގަޅަށް ބެހެއްޓުމަކީ ވެސް އަހަރެންގެ ޒިންމާ އެކެވެ.

އެންޒައިޓީ އެޓޭކެއްގައި ކަމަށް ބުނެ ރައްޓެއްސަކާ ދިމާލަށް ގޮވަން ނުޖެހޭ ވަރަށް އެއްޗެހި ގޮވުމުން އެކަމާ ދެރަވެގެން ރަހުމަތްތެރިޔާ ދުރަށް ދިއުމުން އޭގެ ކުށްވެރިއަކީ އެ ރަހުމަތްތެރިޔާ އެއް ނޫނެވެ. ގޯސް ވީ ތިބާގެ އެޓިިޓިއުޑެވެ. ކިތަަންމެ ފަތިވަރެއް ގޮވިޔަސް، އަޅާ ނުލައި ހުރިމަކީ ސަޕޯޓިވް ވުންކަމަށް ގަބޫލުކުރެވޭނަމަ ތި ވިސްނަނީ ރަނގަޅަކަށް ނޫނެވެ.

ސަޕޯޓިވް ވުމާއި ޖެހިލުން ވާތީ އެއްޗެއް ނުބުނެ ބަރުދާސްކުރުމާ ދެމެދުގެ ހަނި ރޮނގު ފާހަގަކުރަން ނޭގޭ ވަރަށް ނަފްސު ގެއްލުވައި ނުލާށެވެ. ހަގީގީ އުފަލަކީ ތިމާގެ ފަރާތުން އެހެން މީހުންނަށް ހިތްހަމަޖެހުން ހޯދައިދިނުމާއެކު އެހެން މީހުންގެ ފަރާތުން ތިމާ އަށް ޝަރުތެއް ނުވާ ލޯބި ލިބުމެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox