ކުއްލި ހާލަތުގެ ދަށުން ޕްލޭންތައް ހެދުން ފަސްވުން އުޒުރެއް ކަމަށް ނުބަލަން އެދިއްޖެ

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ހަދަންޖެހޭ ތަރައްގީގެ ޕްލޭން ހަދަންޖެހޭ މުއްދަތު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފަސްކޮށްދެވިފައިވާވުމަކީ އުޒުރެއްގެ ގޮތުގައި ނުބަލަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ގޮވާލައްވައިފި އެވެ.

ބޮޑެތި ބާރުތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހެވެ.

އެހެންކަމުން، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

ނަމަވެސް، މިދިޔަ މަހާއި އޭގެ ކުރީ މަހު ހާއްސަކޮށް އަތޮޅު ތެރޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، ގިނަ ރަށްތަކެއް މޮނީޓަރިންއަށް ލުމާ ގުޅިގެން އެ މަސައްކަތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ދަތިވެފައިވާ ކަމުގެ ޝަކުވާ ކައުންސިލުތަކުން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ކޮށްފަ އެވެ.

އަދި ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އެ ޕްލޭންތައް އެކުލަވާލައި ނުނިންމޭނެކަމަށް ގިނަ ކައުންސިލުތަކުން ވަނީ ބުނެފަ އެވެ.

އެއާއެކު އެލްޖީއޭއިން ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށްރަށުގެ ތަރައްގީގެ ޕްލޭން ހަދަންޖެހޭ މުއްދަތު ފަސްކޮށްދީފަ އެވެ.

"އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ގާނޫނުގައި ވަކި މުއްދަތެއް/ތާރީހެއް ކަނޑައަޅާފައިވާ މުއްދަތުތައް މަޑުޖެއްސުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ނިމުމަކަށް އައުމުން ގާނޫނުތަކުން ދީފައިވާ ޑެޑްލައިންތައް ގުނަން ފެށޭނެ ކަމުގައި ވެސް ބަޔާންކޮށްފައި ވެ އެވެ،" ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި ރަށު އަދި އަތޮޅު ކައުންސިލުގެ ރައީސުންނަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

އެއާއެކު ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އާއި އެ އޮތޯރިޓީގެ މަޝްވަރާގެ މަތިން އެ ގާނޫނުގައި ކައުންސިލްތަކުން ވަކި ތާރީހުތަކަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިތުރު މުއްދަތުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ތަރައްގީގެ ޕްލޭނު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށް އެ ސިޓީގައި އަންގާފައި ވެ އެވެ.

އެގޮތުން، އެ މުއްދަތު އިތުރުކޮށްދީފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ލާމަރުކަޒީ ގާނޫނާ ތައާރުޒުވާތީ ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ކުރިއަށްދިޔަ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ މިފަދަ ގާނޫނުތައް އިސްލާހުކޮށްގެން މެނުވީ ކައުންސިލުތަކުން ހަދާ ޕްލޭންތަކަށް އެޅިފައިވާ ހުރަސްތައް ނައްތާނުލެވޭނެ ކަމަށެވެ.

އެގޮތުން، މަޖިލީހުގެ ތެރެއިން ވެސް މަސައްކަތްކޮށްގެން އެ ގާނޫނުތައް އިސްލާހުކޮށްގެން، ހާގީގީ މާނައިގައި ލާމަރުކަޒީ ބާރުތައް ކައުންސިލުތަކަށް ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި ތަރައްގީގެ ޕްލޭން ހެދުމަށް ކައުންސިލުތަކަށް ދިމާވި ދަތިތަކަށް ވަނީ ހައްލު ގެނެވިފަ އެވެ.

އެގޮތުން، ސިއްހީ ކުއްލި ނުރައްކާތެރި ހާލަތު ދެމިއޮތް ހިނދެއްގައި އެ ޕްލޭން ހެދުން ފަސްކޮށްދެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ކައުންސިލުތަކުގައި އެދެން އެއީ އުޒުރެއް ކަމުގައި ނުބައްލަވައި، ވީހާވެސް އަވަހަކަށް، އަޅުގަނޑުމެންނަށް އެނގޭ މިދިޔަ ޖޫން މަސް، ޖުލައި މަހުގެ ތެރޭގައި ރަށްތައް މޮނީޓަރިންނަށް ދިޔަކަން. އަދި ބަންދުކުރެވިފައިވެސް އޮތް ކަން. އެއް ތަނުން އަނެއް ތަނަށް ނުދެވޭކަންވެސް އެނގޭ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ނަމަވެސް، މިހާރު ކޮވިޑުގެ ހާލަތު ރަނގަޅުވެ، ގިނަ ފިޔަވަޅުތައް އުވާލެވިފައިވާއިރު، އެކަމުގެ ބޭނުން ހިފައިގެން ވީހާވެސް އަވަހަކަށް ޕްލޭންތައް ހަދައި، ރަށު ފެންވަރުގައި ކުރަންހުރި މަސައްކަތްތައް އަވަސް ކުރަން އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox