ނޭމާ އާއި މެސީ ނެތި ޕީއެސްޖީ އަށް މޮޅެއް

Aug 21, 2021, 4:36 AM
ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 21) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުން 4-2 އިން ބްރެސްޓް އަތުން މޮޅުވެއްޖެ އެވެ.

އެއްކޮށް ފިޓްނުވާތީ ލިއޮނަލް މެސީ އާއި ނޭމާ އަދިވެސް ޕީއެސްޖީގެ މެޗުތަކުގައި ބައިވެރިނުވެ އެވެ. އެއީ ރަނގަޅު ޕްރީ ސީޒަނެއް ހަދަން ދެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާތީ އެވެ. ކޮޕަ އެމެރިކާ އަށް ފަހު މެސީ އާއި ނޭމާ ވެސް ވަނީ ދިގު ޗުއްޓީ އަކަށް ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ އާއި ނޭމާ ލައިގެން ޕީއެސްޖީން ކުޅޭ ފުރަތަމަ މެޗަކީ އަންނަ ހަފްތާގައި ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗެވެ. އެހެން ނޫންނަމަ ކުރިއަށް އޮތް އިންޓަނޭޝަނަލް މެޗުތަކަށް ފަހު ޕީއެސްޖީ ކުޅޭ މެޗުތަކުން ނޭމާ އާއި މެސީ ފެންނާނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީއާ ދެން ގުޅުނު ސާޖިއޯ ރާމޯސް އަނިޔާގައި ހުރިއިރު، ރޭގެ މެޗުގައި ޖިއަންލުއީޖީ ޑޮންނަރުންމާ އިނީ ބެންޗުގަ އެވެ. އެކަމަކު، އަޝްރަފް ހަކީމީ އާއި ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ.

ރަށުންބޭރުގައި ކުޅުނު މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ އެންޑަ ހެރޭރާ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ހެރާރާ ޕީއެސްޖީގެ ފުރަތަމަ ގޯލު ޖަހާފައިވަނިކޮށް އޭގެ 13 މިނިޓް ފަހުން ކީލިއަން އެމްބާޕޭ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެސްޓްގެ ފްރޭންކް ހޮނޮރަޓް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ.

ހެރޭރާ ދިން ބޯޅައަކުން މެޗުގެ 73 ވަަނަ މިނިޓްގައި އިންދްރީސާ ގާނާ ގޭއި ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ ފަހު 10 މިނިޓް ތެރޭ ސްޓީވް މޫނިއޭ ބްރެސްޓްގެ ދެ ވަނަ ގޯލު ޖެހިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންހެލް ޑި މާރިއާ ވަނީ އިތުރު ވަގުތު ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ޕީއެސްޖީ ވަނީ މޮޅުވެފަ އެވެ. އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ތަރިންތަކެއް ނުލައި ކުޅެން ޖެހުނަސް ޕީއެސްޖީގައި އޭނާގެ މަަސައްކަތަކީ މޮޅުވުމާއި ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox