މަހުލޫފް މައްސަލާގައި އިތުރު ހެއްކެއް ނުހޯދަން: ފުލުހުން

ޮޕީޖީ ޝަމީމް: އާ ހެެއްކެއް ނުހޯދާ ކަމަށް ފުލުހުން ބުނި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޮޕީޖީ ޝަމީމް: އާ ހެެއްކެއް ނުހޯދާ ކަމަށް ފުލުހުން ބުނި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ އެމްއެމްޕީއާރުސީއާ ގުޅޭ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައިގައި އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ، މަހުލޫފަށް ދައުވާ ކުރެވޭނީ ހިތްހަމަޖެހޭ މިންވަރަށް ހެކި ލިބިގެން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ. އަދި، ފުލުހުންނާ އެކު މަސައްކަތްތަކެއް ކުރެވޭ ކަމަށް ޝަމީމް ވިދާޅުވެފައިވާތީ އެވެ.

ނަމަވެސް، ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވިދާޅުވި ގޮތުގައި މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އާ ހެއްކެއް ހޯދުމުގެ މަސައްކަތް ފުލުހުން ނުކުރެ އެވެ. އެކަމަކު، ޕްރޮސިކިއުޓާ ޖެނަރަލްގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދާފައިހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން އެދިފައިވާތީ އެކަން ފުލުހުން ކުރަމުންދާ ކަމަށެވެ.

މަގާމުން ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވީ މުއައްސަސާތައް ގުޅިގެން ހިންގި ތަހުގީގަށް ފަހު އެވެ. ފުރަތަމަ މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން ފުލުސް އޮފީހުގައި އެ މައްސަލަ މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް, އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ. އެހެންވެ ޖޫން, 9 ގައި ޕީޖީއަށް އެ މައްސަލަ ފޮނުވި ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި އެ އޮފީހުގައި މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

މި މައްސަލައަށް ނުފޫޒު ވަދެފައިވާ ކަމުގެ ތުހުމަތު މަހްލޫފް ގެންދަވަނީ ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ މައްސަލައިގައި ގޮތެއް ނުނިންމަވައި ޝަމީމް ހުންނެވީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށެވެ. މައްސަލަ ކޯޓަށް ފޮނުވައިފި ނަމަ ދައުލަތް އޮރިޔާވާނެ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލައިގައި އެއްވެސް މީހަކަށް އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަހްލޫފްގެ މައްސަލަ ނުނިމި ދިގުލައިގެންދާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިން އިއްޔެ ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންނާ އެކު މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ. މައްސަލަ ލަސްވެއްޖެ ކަމަށް ބުނާ ވާހަކައަށް އިންކާރު ނުކުރައްވާ ކަމަށާއި އެކަމަކު ލަސްވިޔަސް އެ އޮފީހުން ގޮތް ނިންމަނީ ބަލަން ޖެހޭ ކަންކަން ރަނގަޅަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ލަސްވެފައި އޮތީ ސިޔާސީ އެއްވެސް ނުފޫޒެއް ފޯރައިގެން ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒެއް އެއްވެސް ނުފޫޒެއް މި މައްސަލައާ ބެހޭ ގޮތުން ވެސް އަދި އެހެން މައްސަލައަކާ ބެހޭ ގޮތުން ވެސް ނެތް. ސަތޭކަ ޕަސެންޓް ޔަގީން އެއްވެސް ނުފޫޒެއް ނެތް."

ޝަމީމް ވިދާޅުވި ގޮތުގައި ނުފޫޒެއްގެ ދަށުވެ ޕީޖީ ކަމުގައި ހުންނަވާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

މައްސަލަތައް ނިންމާވާނީ އެކަމެއްގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު އެވެ. މިކަމާ މެދު ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގަތަސް އެ ނޫން ގޮތަކަށް ކުރެއްވެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ވީ އެންމެ އަވަހަކަށް ދައުވާ ކުރަން ފޮނުއްވާނެ ކަން ހާމަކުރައްވާފައި އޮތް އިރު މަހްލޫފް މައްސަލަ ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕީޖީ ވިދާޅުވީ އެވްރެޖްކޮށް ހަ ދުވަސް ތެރޭގައި މައްސލަަ ނިންމާނެ ކަމަށް ވިދާޅުވީ "އިންސާފު ގެއްލޭ ގޮތަށް ކަމެއް ކޮށްގެން ނޫން" ކަމަށެވެ. ހޯދަން ޖެހޭ ހެއްކެއް އޮތް ނަމަ 100 ދުވަސް ވިޔަސް ޕީޖީ އޮފީހުން މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމައަށް ކަަމަށް ވިދާޅުވި އެވެ.

"ބަލަނީ ވީހާވެސް އަވަހަށް ދައުވާކުރެވޭތޯ. އެހެން ނަމަވަވެސް އަވަހަށް ދައުވާކުރުމަށްޓަކައި އިންސާފުވެރި ނޫން ގޮތަކަށް ގޮތެއް ނިންމުމަކީ ރަނގަޅު ގޮތަކަށް ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.

"އެއީ މިނިސްޓަރު މަހްލޫފަށް ވިޔަސް، އަދި އެހެން މީހަކަށް ވިޔަސް."

މަހްލޫފްގެ މައްސަލައިގައި ޕީޖީ އޮފީހުން އެންމެ ފަހުން ބުނެފައި ވަނީ ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އިއްޔެ ވެސް ޕީޖީ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox