ހުޅަނގުން ރަޝިއާގެ އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.-- ފޮޓޯ: އޭޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.-- ފޮޓޯ: އޭޕީ

މޮސްކޯ، ރަޝިއާ (އޯގަސްޓު 19) - އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ހުންނެވި މައްސަލަ ބޭނުންކޮށްގެން ސެޕްޓެމްބަރު މަހު އޮންނަ ރަޝިއާގެ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ހުޅަނގުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފި އެވެ.

ރަޝިއާ ފޮރިން މިނިސްޓްރީން ހުޅަނގުގެ ގައުމުތަކަށް ތުހުމަތު ކުރި ގޮތުގައި ނޫސްތަކުގެ އެޖެންޑާގައި ނަވަލްނީ ހިމަނައިގެން އުޅެނީ "އިންތިހާބުގެ ކެމްޕެއިން ހިމެނޭހެން ގައުމުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގަ" އެވެ.

ޖަރުމަނުގައި ހުންނެވުމަށް ފަހު ރަޝިއާ އަށް ވަޑައިގެންނެވުމާ އެކު މިދިޔަ ފެބްރުއަރީ މަހު ނަވަލްނީ ޖަލުގައި ބަންދު ކުރެއްވީ ކުރިން އިއްވާފައިވާ ސަސްޕެންޑެޑް ހުކުމެއްގެ ޝަރުތުތަކާ ހިލާފުވުމުންނެވެ.

ނަވަލްނީ އަވަހާރަކޮށްލުމަށް ޒަހަރު ދިނުމުން ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ދިޔައިރު ހުކުމުގެ ޝަރުތުގައިވާ ގޮތަށް ރަޝިއާގެ ކަމާ ބެހޭ އިދާރާތަކަށް ކޮންމެ ދުވަހު ރިޕޯޓު ކުރައްވާފައެއް ނުވެ އެވެ.

ނަވަލްނީ ތުހުމަތު ކުރައްވާ ގޮތުގައި ޒަހަރު ދިނީ ރަޝިއާ ސަރުކާރުންނެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެ އެވެ.

ރަޝިއާގެ ސައިބީރިއާގައި ހުންނަވަނިކޮށް ނަވަލްނީ އަށް އާލާސްކަންފުޅާ ދިމާވުމުން ޖަރުމަނަށް ގެންދިޔަ ދުވަހަށް އެއް އަހަރު ފުރުމާ ދިމާކޮށް ރަޝިއާއިން ނެރުނު ބަޔާނެއްގައި ހުޅަނގުގެ ގައުމުތަކަށް ފާޑުކިޔާފައި ވަނީ ޕްރޯ ޑިމޮކްރަސީ ލީޑަރެއްގެ ގޮތުގައި ނަވަލްނީ ދެއްކުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

ބަޔާނުގައި ޖަރުމަނުގެ ލީޑަރު އެންޖެލާ މާކަލްގެ ނަން ވަކިން ފާހަގަކޮށްފައި ވެ އެވެ. އަންނަ ހުކުރު ދުވަހު މަޝްވަރާތަކަށް މާކަލް ރަޝިއާ އަށް ވަޑައިގަންނަވާނެ އެވެ. ބަޔާނުގައި މާކަލް އަށް ތުހުމަތު ކުރެއްވީ "ނަވަލްނީ ވަށައިގެންވާ ހާލަތުގެ ބޭނުން ހިފައި އަޅުގަނޑުމެންނަށް ހަމަލާ ދޭން އުޅުނު" ކަމަށެވެ.

ރަޝިއާ އާއި ޖަރުމަނުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދެ ގައުމުގެ މެދުގައި ޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި ނަވަލްނީ އަށް ޒަހަރު ދިނުމާއި، ޖާސޫސް ކުރުމުގެ މައްސަލަތަކާއި، ޔޫކްރެއިން ބޯޑަރު ކައިރިއަށް ރަޝިއާ ސިފައިން ފޮނުވާ މައްސަލަ ހިމެނެ އެވެ.

ސެޕްޓެމްބަރު މަހު އޮންނަ މަޖިލިސް އިންތިހާބުގައި ރައީސް ލެޑިމިއަ ޕޫޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީ އަށް ބޮޑު ވާދަވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ރަޝިއާގެ އެކި އިދާރާތަކުން ވަނީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް އިދިކޮޅު ލީޑަރު ނަވަލްނީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ފަށާފަ އެވެ. އެގޮތުން ނަވަލްނީއާ ގުޅިފައިވާ ގްރޫޕުތަކަކީ "ހަރުކަށި" ބައެއް ކަމަށް ލޭބަލްކޮށްފައި ވަނީ ހުޅަނގާ ގުޅިގެން އިންގިލާބެއް ގެންނަން އުޅޭކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox