"މިނިވަން ފިހި" ކުރެހުމުގެ މުބާރާތުގެ އެއްވަނަ ހައްމާދު އަށް

Aug 18, 2021, 10:48 AM
މިނިސްޓަރު މައުސޫމް (ވ-2) ދެ ވަނަ ހޯދި ގާނިމް (ކ) އާއި ތިން ވަނަ ހޯދި ސަޖިއްޔާން (ކ-2) އަދި އެއް ވަނަ ހޯދި ހައްމާދުގެ ބަދަލުގައި ހާޒިރުވި ފަރާތާ އެކު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިނިސްޓަރު މައުސޫމް (ވ-2) ދެ ވަނަ ހޯދި ގާނިމް (ކ) އާއި ތިން ވަނަ ހޯދި ސަޖިއްޔާން (ކ-2) އަދި އެއް ވަނަ ހޯދި ހައްމާދުގެ ބަދަލުގައި ހާޒިރުވި ފަރާތާ އެކު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި "އަދަދު" އިން ބޭއްވި "މިނިވަން ފިހި 2021" ކުރެހުމުގެ މުބާރާތުގެ އެއް ވަނަ މުހައްމަދު ހައްމާދު ހޯދައިފި އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އާ ގުޅިގެން ބޭއްވި މުބާރާތުގެ ވަނަތައް އިއުލާންކުރީ އުނިމާ ގްރޭންޑުގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

ހައްމާދުގެ ކުރެހުން.
ހައްމާދުގެ ކުރެހުން.

ހައްމާދުގެ ކުރެހުން.

ހައްމާދު އަށް 25،000 ރުފިޔާގެ ޗެކާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރެވެ. ހައްމާދު ކުރަހާފައިވަނީ، އުމުރުންދުވަސްވީ އަންހެނެއްގެ ޕޯޓްރެއިޓެކެވެ. އެ ތަސްވީރުގެ ފަސްމަންޒަރުން ފެންނަނީ ރާއްޖެ މިނިވަންކަމަށް ކުރި ދަތުރާ ގުޅޭ ނިއުސްޕޭޕާ ކަޓިންގްސް އެވެ.

މުބާރާތުގެ ދެ ވަނަ ހޯދީ އަލީ ގާނިމް އެވެ. އޭނާ އަށް 15،000 ރުފިޔާގެ ޗެކާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މޯލްޑިވްސް ގޭހުގެ ސޭލްސް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނިހާދެވެ. ގާނިމްގެ ކުރެހުމުން ފެންނަނީ ދިވެހި ލިބާހެއްގައި ހުރި ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ބޮލުގައި އަޅުވާފައި އޮތީ ރަސްކަމުގެ ނިޝާން ޖެހި ރަދުންގެ ތާކިހާކޮޅެވެ

ގާނިމްގެ ކުރެހުން (ވ) އަދި ސަޖިއްޔާގެ ކުރެހުން.
ގާނިމްގެ ކުރެހުން (ވ) އަދި ސަޖިއްޔާގެ ކުރެހުން.

ގާނިމްގެ ކުރެހުން (ވ) އަދި ސަޖިއްޔާގެ ކުރެހުން.

މުބާރާތުގެ ތިން ވަނަ ހޯދީ އައިޝަތު ސަޖިއްޔާން އަބްދުއްސައްތާރެވެ. އޭނާ އަށް 10،000 ރުފިޔާގެ ޗެކާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްކެޗް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު ނަޖާހު އަލީ އެވެ. އޭނާ ކުރަހާފައިވަނީ ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު 1965 ވަނަ އަހަރުގެ ޖުލައި 25 ގައި މިނިވަންކަމުގެ އެގްރިމެންޓުގައި ސޮއިކުރި މަންޒަރެވެ.

ރޭގެ ހަފުލާގައި ވަނީ މުބާރާތުގެ ފަނޑިޔާރުންކަން ކޮށްދެއްވި މެކްގެ ވައިސް ޗެއާމަން މައިމޫނާ އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން އިފްހާލް (އިއްފަ) އަދި ޕްރޮގްރާމް ކޯޑިނޭޓަރު އަހުމަދު އަޒްމީ (ބާޗީ) ގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދީފަ އެވެ.

އަދި މުބާރާތް ސްޕޮންސާކޮށްދިން މޯލްޑިވްސް ގޭހާއިސްކެޗް ޕްރައިވެޓާއި ފެސްޓިވޯ އިންސްޓިޓުޓް އޮފް އާޓް އެންޑް ޑިޒައިން އަށް ވެސް ހަނދާނީ ލިޔުން ދިނެވެ.

މިނިސްޓަރު މައުސޫމް ކުރެހުންތައް ބައްލަވާލައްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މިނިސްޓަރު މައުސޫމް ކުރެހުންތައް ބައްލަވާލައްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިނިސްޓަރު މައުސޫމް ކުރެހުންތައް ބައްލަވާލައްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރޭގެ ހަފުލާގައި މިނިސްޓަރު މައުސޫމް ވަނީ މެކް އާ ގުޅިގެން "އަދަދު" އިން ކުރެހުމުގެ މުބާރާތެއް އިންތިޒާމުކޮށް ޒުވާން ފަންނުވެރިން ކުރިއަރުވައިދިނީތީ ޝުކުރުއަދާކުރައްވައިފަ އެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ކަމަށްވާތީ އަންނަ އަހަރުގެ "މިނިވަން ފިހި" ޓޫރިޒަމާ ގުޅިގެން ބާއްވާ މުބާރާތަކަށް ހަދަން މިނިސްޓަރު ޝައުގުވެރިވެވަޑައިގަންނަވަ އެވެ. އަދި މިއީ ހަމައެކަނި ދިވެހިންނަށް އަމާޒުކުރާ މުބާރާތަކަށް ހެދުމުގެ ބަދަލުގައި މުބާރާތުން ގާދޫކޮލުން ބޭރަށް ގެންދަވަން ވެސް އޭނާ ޝައުގުވެރިވެ އެވެ.

"ބައިނަލްއަގުވާމީ ފެންވަރަށް ހުޅުވާލައިގެން ބާއްވާނެ މުބާރާތަކަށް ވާނެ ކަމަށް އުއްމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ދުނިޔޭގެ ފެންވަރުގެ ކުރެހުންތެރިން ދުނިޔޭގެ ކަންކޮޅުތަކުން ބައިވެރިވާ މުބާރާތަކަށް ބަދަލުވެގެން ދާނެ އިރާދަކުރެއްވިއްޔާ."

މުބާރާތަށް ހުށަހެޅި 35 ކުރެހުން ވެސް އެ ކުރެހުންގެ ތައާރަފާއި، ކުރެހުމުގެ ހުލާސާއަކާ، ވިއްކާ އަގާ އެކު "އަދަދު" ގެ ވެބްސައިޓުން މިހާރު ފެންނާނެ އެވެ.

އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާން ކުރެހުންތެރިންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ މަގުސަދަކީ މިނިވަން ދުވަހުގެ ދުރުމީން، ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތުގެ މަންޒަރުތައް ޒުވާނުން ލައްވާ، މި ޖީލަށް ދައްކުވައިދިނުމެވެ. ހަމައެއާ އެކު، ފަންނުވެރި މަސައްކަތެއްގެ ތެރެއިން ޒުވާނުންގެ ތެރޭގައި ގައުމީ ލޯބި އާލާކޮށް ދިރުވުމެވެ.

މުބާރާތުގައި ފުރަތަމަ ބުރުގައި އޮތީ ކުރެހުންތައް ފަނޑިޔާރުންގެ މާކްސް އިން މިންކުރުމެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ކުރެހުމެއް ގާލާ ރައުންޑަށް ހޮވުނެވެ. މި ބުރުގައި މިންކުރީ ފަނޑިޔާރުންގެ 75 ޕަސެންޓް ވޯޓާއި އާއްމުންގެ 25 ޕަސެންޓް ވޯޓުންނެވެ. އާއްމުންގެ 25 ޕަސެންޓް ކަމަށް ބެލީ "އަދަދު" ގެ ފޭސްބުކް އަދި އިންސްޓަގްރަމް ޕޭޖުގައި ނެގި ވޯޓެވެ.

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox