"މިނިވަން ފިހި": މިނިވަން ދުވަހަށް "އަދަދު"ން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

Jul 2, 2021, 5:00 PM
"މިނިވަން ފިހި": މިނިވަން ދުވަހަށް "އަދަދު"ން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

މިނިވަންކަމުގެ އެންމެ ބޮޑު އެއް ރަމްޒަކީ ކޮބާ ހެއްޔެވެ؟ އެއީ، އެ ބަޔެއްގެ ސިކުނޑީގައި އެބުރޭ ހިޔާލާއި ފިކުރުތައް މުޖުތަމައުގެ ތެރެއަށް ދޫކޮށްލެވުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ލިޔުންތެރިން ގަލަމުންނެވެ. ވާހަކަދެއްކުންތެރިން ދުލުންނެވެ. އެއީ މިނިވަންކަމުގައި އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަ ދެ ވަސީލަތެވެ. އެކަމަކު ޒަމާނުއްސުރެ މިނިވަންކަން ރަމްޒުކޮށްދޭން ބޭނުންކުރަމުން އަންނަ އެކަމަކު އޭގެ އަގު ރާއްޖޭގައި އެހާ ބޮޑަށް ވަޒަންނުކުރެވި އޮތް ވަސީލަތަކީ ކުރެހުމެވެ. ދުލާއި ގަލަމާއި އެއްވަރަށް ކުރެހުންތެރިންގެ ފިއްސަކީ، ހިޔާލާއި ފިކުރުތައް މުޖުތަމައުގެ ތެރެއަށް ދޫކޮށްލަން ބޭނުންކުރާ ވަރުގަދަ ހަތިޔާރެކެވެ.

މި ހިނގާ ޖުލައި މަހުން 26 ވާ ހޯމަ ދުވަހު ދިވެހިރާއްޖޭން 56 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ތައްޔާރުވާއިރު އެ މުނާސަބަތުގައި "އަދަދު" އިން ގޮވާލަނީ ރާއްޖޭގެ ފަންނުވެރި ކުރެހުންތެރިންނަށެވެ. "އަދަދު" އިން މި ހުޅުވާލަނީ، އެ ފަންނުވެރިންގެ ފިހިތަކުން "ދިވެހިރާއްޖޭގެ މިނިވަން ދުވަސް" ސިފަކޮށް އުފެއްދުންތެރި ކުރެހުންތަކެއް ކުރެހުމަށެވެ. މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އާ ގުޅިގެން "އަދަދު" އިން މި އިއުލާންކުރަނީ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އެއް ކުރެހުމުގެ މުބާރާތެވެ. "މިނިވަން ފިހި 2021" އެވެ.

އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާން ކުރެހުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ، ޖުލައި 26، 1965 ގައި ރާއްޖެ އަށް އިނގިރޭސިންގެ އަތުން ލިބުނު މިނިވަން ދުވަސް ފާހަގަކުރުން އެކަންޏެއް ނޫނެވެ. ބޭނުމަކީީ މިނިވަން ދުވަހުގެ ދުރުމީން، ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތުގެ މަންޒަރުތައް ޒުވާނުން ލައްވާ، މި ޖީލަށް ދައްކުވައިދިނުމެވެ. ހަމައެއާ އެކު، ފަންނުވެރި މަސައްކަތެއްގެ ތެރެއިން ޒުވާނުންގެ ތެރޭގައި ގައުމީ ލޯބި އާލާކޮށް ދިރުވުމެވެ.

"މާޒީގެ އުޖާލާ މަންޒަރުތައް، މާ ރީތީ އުފާވެރި ކުރެހުންތައް

ދާތީ އަދު ހާމަވަމުން ކުލަތައް، ތާރީހު އަލުން މި އިއާދަވަނީ"

"މިނިވަން ފިހި 2021" ގެ ޕޯސްޓަރު.
"މިނިވަން ފިހި 2021" ގެ ޕޯސްޓަރު.

"މިނިވަން ފިހި 2021" ގެ ޕޯސްޓަރު.

މި މުބާރާތުގެ ކަވާ އާޓް ކުރަހާފައިވަނީ، "އަދަދު" އިން-ހައުސް އާޓިސްޓް އަހުމަދު އިހުސާން (އަރަކަ އާޓްސް) އެވެ. ކޮންސެޕްޓް ފަރުމާކުރީ "އަދަދު" ގެ ކްރިއޭޓިވް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ. ކަވާ އާޓުގެ ފީޗާއެއް ފަހުން ޝާއިއުކުރެވޭނެ އެވެ. މުބާރާތުގެ އިންޓްރޯ ވީޑިއޯ ހަދާފައިވަނީ "އަދަދު" ގެ ވީޑިއޯ ކޮންޓެންޓް ކްރިއޭޓަރު އާއިމް ޒަމީރު (ގަބީ) އެވެ.

މުބާރާތުގައި ފުރަތަމަ ބުރުގައި އޮންނާނީ ކުރެހުންތައް ފަނޑިޔާރުންގެ މާކްސް އިން މިންކުރުމެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ކުރެހުމެއް ގާލާ ރައުންޑަށް ހޮވޭނެ އެވެ. މި ބުރުގައި މިންކުރާނީ ފަނޑިޔާރުންގެ 75 ޕަސެންޓް ވޯޓާއި އާއްމުންގެ 25 ޕަސެންޓް ވޯޓުންނެވެ. އާއްމުންގެ 25 ޕަސެންޓް ބަލާނީ، އަދަދުގެ ފޭސްބުކް އަދި އިންސްޓަގްރަމް ޕޭޖުގައި ނަގާ ވޯޓުންނެވެ.

އެގޮތުން ހޮވޭ އެންމެ މޮޅު ކުރެހުމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެ އެވެ. ދެ ވަނަ ކުރެހުމަކަށް 15،000 ރުފިޔާ އަދި ތިން ވަނަ ކުރެހުމަކަށް 10،000 ރުފިޔާ ލިބޭނެ އެވެ. އަދި އެ ތިން ކުރެހުން، ވީޑިއޯ ޕްރޮފައިލާ އެކު އަދަދުގައި ފީޗާކުރެވޭނެ އެވެ. މި ތިން ކުރެހުމާ އެކު، ގާލާ ރައުންޑަށް ހޮވޭ 10 ކުރެހުންތެރިންނަށް ސެޓުފިކެޓެއް ދޭނެ އެވެ. އަދި، މި 10 ކުރެހުން ވަނަ ހޮވުމަށް ބާއްވާ ރަސްމިއްޔާތުގައި އެކްޒިބިޓްކޮށްދޭނެ އެވެ.

ކުރެހުން ފޮނުވަން ޖެހޭނީ ޖުލައި 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ. ރެޖިސްޓްރޭޝަނާއި ރިއުކާމެންޓްސްތަކާއި ޓެކްނިކަލް ތަފްސީލްތައް އަދި މުބާރާތުގެ ގަވާއިދު މި ލިންކުން ފެންނާނެ އެވެ.

މި މުބާރާތަށް، އެހީތެރިވުމުގެ ފުރުސަތު ސްޕޮންސަރުންނަށް ވަނީ ހުޅުވާލައިފަ އެވެ. ޝައުގުވެރިވާ ފަރާތްތަކުން info@adhadhu.com އަށް އީމެއިލްކުރެއްވުމުން އެ ފުރުސަތު އޮންނާނެ އެވެ.

ފަނޑިޔާރުންނަކީ ކޮން ބަޔެއް؟

މައިމޫނާ، އިއްފަ އަދި ބާޗީ
މައިމޫނާ، އިއްފަ އަދި ބާޗީ

މައިމޫނާ، އިއްފަ އަދި ބާޗީ

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގައި ހިމެނެނީ މެކްގެ ވައިސް ޗެއާމަން މައިމޫނާ އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން އިފްހާލް (އިއްފަ) އަދި ޕްރޮގްރާމް ކޯޑިނޭޓަރު އަހުމަދު އަޒްމީ (ބާޗީ) އެވެ.

ޕާކިސްތާނުން 2012 ވަނަ އަހަރު ފައިން އާޓްސް އިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ވިޝުއަލް އާޓިސްޓް މައިމޫނާ އަކީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އާޓް އެންޑް ޑިޒައިން ޓީޗަރެވެ. އިއްފަ އަކީ އުފެއްދުންތެރިން ފަންނެއް ކަމަށްވާ ކޮފީ އާޓުގައި ފާހަގަކޮށްލެވޭ ކުރެހުންތެރިއެކެވެ. އޭނާ ވަނީ ކަނޑުއަޑީގައި އެގްޒިބިޝަނެއް ބޭއްވި އޭޝިއާގެ ފުރަތަމަ އާޓިސްޓުގެ ޝަރަފް 2018 ވަނަ އަހަރު ހޯދައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox