ތާލިބާން ވެރިކަން: އިންޑިއާ އާއި ދެކުނު އޭޝިއާ އަށް އިމްތިހާނެއް

ތާލިބާން ހަނގުރާމަވެރިންތަކެއް. ވިހި އަހަރަށް ފަހު އެ މީހުން ވަނީ އަފްގާނިސްތާނުގެ ވެރިކަން ހޯދާފައި.-- ފޮޓޯ: އީޕީއޭ

ތާލިބާން ހަނގުރާމަވެރިންތަކެއް. ވިހި އަހަރަށް ފަހު އެ މީހުން ވަނީ އަފްގާނިސްތާނުގެ ވެރިކަން ހޯދާފައި.-- ފޮޓޯ: އީޕީއޭ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ހޯދީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ވެރިރަށް ކާބުލް އަށް ތާލިބާނުން އެތެރެވުމާ އެކު ގައުމުތަކުން އަވަސްވެ ގަނެފައި ވަނީ ޑިޕްލޮމެޓުންނާއި ރައްޔިތުން އަނބުރާ ގެންދިޔުމަށެވެ.

ތާލިބާނުން ވެރިކަމަށް އައުމުން ދެކުނު އޭޝިއާ ސަރަހައްދުގެ ޖިއޯޕޮލިޓިކްސް އަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. ވަކިން ހާއްސަކޮށް މިއީ އަވައްޓެރި ޕާކިސްތާނާއި ޗައިނާއާ ދެމެދު ވާދަވެރި ގުޅުމެއް އޮންނަ އިންޑިއާ އަށް އިމްތިހާނެކެވެ.

ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ބޮޑު ބޯޑަރު ސަރަހައްދެއް އޮވެ އެވެ. އަފްގާނިސްތާނުގެ ދާހިލީ ކަންކަމުގައި ޒަމާނުއްސުރެ ޕާކިސްތާނުން ބޮޑު ދައުރެއް އަދާކުރެ އެވެ. މިހާރު ޗައިނާ އިން ދަނީ އެއަށްވުރެ ބޮޑު ރޯލެއް އަފްގާނިސްތާނުގައި އަދާ ކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މިދިޔަ މަހު ފޮރިން މިނިސްޓަރު ވާންގް ޔީ ތާލިބާނުންގެ ލީޑަރުންނާ ބައްދަލުކުރެއްވުމުން ދައްކުވައިދެނީ "މަޑުމަތިރި" ރޯލެއްގައި އޮންނަން ޗައިނާ އިން ބޭނުން ނުވާ ކަމެވެ.

Advertisement

އަފްގާނިސްތާނާއި ސީރިއާ އަށް ކަނޑައަޅާފައި ހުރި އިންޑިއާގެ ކުރީގެ ސަފީރު ގޯތަމް މުކޯޕަދާޔާ ވިދާޅުވީ މި އައި ޖިއޯޕޮލިޓިކަލް ބަދަލުގެ ސަބަބުން ކަންކަން އެ ފުށް މި ފުށަށް ޖެހިދާނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކާއި އިންޑިއާ ފަދަ ގައުމުތަކުގެ ގުޅުން ރަމްޒުކޮށްދިން މަރުކަޒެއްގެ ގޮތުގައި އަފްގާނިސްތާން އޮތެވެ. ނަމަވެސް ދެން ފެންނާނެ ކަމަށް ބެލެވެނީ ޕާކިސްތާނާއި، ރަޝިއާ އަދި އިރާނާއި ޗައިނާ ފަދަ ގައުމުތަކުގެ މަންޒަރު ކަމަށް ބެލެވެ އެވެ.

އިންޑިއާގެ ބައެއް މީހުން ދެކޭ ގޮތުގައި މިއީ އިންޑިއާއަށް ލިބުނު ގެއްލުމެއް އަދި ޕާކިސްތާނަށް ލިބުނު ފައިދާ އެކެވެ. ކުރީގެ ޑިޕްލޮމެޓް ޖިތެންދްރަ ނަތު މިސްރާ ވިދާޅުވީ އެއީ ކުށް ހީއެއް ކަމަށެވެ. އެއީ ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދުގައިވާ ބޯޑަރު ތާލިބާނުން ބަލައިނުގަންނާތީ އެވެ.

"ޕާކިސްތާނުން ބޭނުން ވާނެ އެ ބޯޑަރު ތާލިބާނުން ބަލައިގަންނަން، ޕާކިސްތާނުން އެންމެ އިސްކަން ދޭނީ އެކަމަށް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ތާލިބާނުން ވެރިކަމަށް އައުމުން އެއީ ކޮންމެވެސް ވަރަކަށް އިންޑިއާއާ ދެކޮޅަށް ޕާކިސްތާނަށް ލިބުނު ފައިދާ އެކެވެ. ވޮޝިންޓަންގައި ހުންނަ ވިލްސަން ސެންޓާ ތިންކް ޓޭންކުގެ ޑެޕިއުޓީ ޑިރެކްޓަރު މައިކަލް ކުގެލްމަން ވިދާޅުވީ ޕާކިސްތާނަށް މި ލިބުނީ އެންމެ ބޭނުންވި ކަންތައް ކަމަށެވެ. އެއީ ފަސޭހައިން ނުފޫޒު ފޯރިވޭނެ އަފްގާން ސަރުކާރެއް ގާއިމްވުމެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި އެމެރިކާ އާއި އިންޑިއާގެ ގުޅުން ބަދަހިވަމުން ދިޔުމަކީ ޕާކިސްތާނުން ހިތްހަމަނުޖެހުނު ކަމެކެވެ. އަދި އަފްގާންގެ ކުރީގެ ރައީސް އަޝްރަފް ގަނީ ޕާކިސްތާނާ ދުރުން އުޅުމުން ވެސް ހިތްހަމަނުޖެހުނެވެ.

ނަމަވެސް މޮޅު ލިބިއްޖެ ކަމަށް ޕާކިސްތާނުން ދެކެނީ ޗައިނާ އާއެކު އޮތް ގާތް ގުޅުމުގެ ބޭނުން އަފްގާނިސްތާނުގައި ކުރެވޭނެތީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޭގެ އިތުރުން ޗައިނާ އިން ވެސް ދަނީ ތާލިބާނުންނާއެކު މަސައްކަތް ކުރެވޭތޯ ބަލަމުންނެވެ.

އަފްގާނިސްތާނަކީ އިގްތިސާދީ ގޮތުން ޗައިނާއަށް މުހިއްމު ތަނެކެވެ. ޗައިނާ އަށް ބޭނުންވާ މިނަރެލް އެތަނުން ފަސޭހައިން ލިބެނެ އެވެ. އޭގެ އިތުރުން އީސްޓް ޓާކިސްތާން އިސްލާމިކް މޫވްމަންޓް (އީޓީއައިއެމް) އަފްގާން ފަސްގަނޑުގައި ހިންގުން މަނާ ކުރަން ތާލިބާނުންނަށް ޕްރެޝަރު ކުރެވޭނެ އެވެ. ޗައިނާގައި މުސްލިމުން ގިނަ ޒިންޖިއާން ޕްރޮވިންސްގެ ހަމަނުޖެހުން ހިންގަނީ އީޓީއައިއެމް އިން ކަމަށް ޗައިނާއިން ދެކެ އެވެ.

ރަޝިއާ އާއި އިރާނުން ވެސް ތިބީ އަފްގާނިސްތާނުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. ހުޅަނގުގެ ގައުމުތަކާ ހިލާފަށް އެ ދެ ގައުމުގެ އެމްބަސީ މުވައްޒަފުން އަނބުރާ ގެންގޮސްފައި ނުވާއިރު ޑިޕްލޮމެޓުން އަދިވެސް ދަނީ ކާބުލްގައި މަސައްކަތް ކުރަމުންނެވެ.

މި ހާލަތުގައި އިންޑިއާއަށް އޮތީ ކޮން ޗޮއިސްއެއް ހެއްޔެވެ؟ މީގެ ކުރިން ވެސް އިންޑިއާއަކީ ޕާކިސްތާނާއި އެމެރިކާ އަދި ރަޝިއާހާ ބޮޑަށް އަފްގާނިސްތާނުގެ މަޝްރަހުގައި ޝާމިލްވި ގައުމެއް ނޫނެވެ. ނަމަވެސް ސަގާފީ އަދި ސެކުއިރިޓީ ގުޅުން ބަދަހި ކުރުން އަބަދުވެސް މަސައްކަތް ކުރި އެވެ. ތައުލީމާއި ވަޒީފާ އަދި ބޭސް ފަރުވާއަށް އެތައް ހާސް އަފްގާން ރައްޔިތުން އިންޑިއާގައި ދިރިއުޅެ އެވެ.

ނަމަވެސް މި ދަނޑިވަޅުގައި އިންޑިއާއަށް އޮތީ ހުސް އުނދަގޫ ޗޮއިސް އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ތާލިބާން ސަރުކާރު ބަލައިގަތުމާ މެދު ގޮތް ނިންމުމެވެ. ރަޝިއާ އާއި ޗައިނާ އިން ތާލިބާން ސަރުކާރު ބަލައިގަންނަން ނިންމައިފި ނަމަ އިންޑިއާއަށް ޕްރެޝަރު ބޮޑު ވާނެ އެވެ. ތަޖުރިބާކާރުން ބުނި ގޮތުގައި ޕާކިސްތާނުން ރަސްމީކޮށް ތާލިބާން ބަލައިގަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މި ވަގުތު އިންޑިއާ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ތާލިބާނާ މަޝްވަރާ ކުރެވޭނެ ގޮތެއް ގާއިމް ކުރުމެވެ. ނަމަވެސް އިންޑިއާ އާއި ތާލިބާނުންގެ މާޒީ އަށް ބަލާއިރު އެ ވާނީ އުނދަގޫ ގުޅުމަކަށެވެ. ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓެއް ހައިޖެކް ކުރި މީހުންނަށް ތާލިބާނުން ރައްކާތެރިކަން ދިނެވެ. އޭގެ އިތުރުން 1996 އާއި 1999 އާ ދެމެދު ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރި ނޮދަން އެލަޔަންސާ އެކު އިންޑިއާއިން ގާތް ގުޅުމެއް ބާއްވަ އެވެ.

މި ވަގުތު ތާލިބާނުން ވެރިކަމުގައި އޮތުމުން ފާއިތުވި ތަން ފަހަތުގައި ބޭއްވުމަށް ފަހު އަމިއްލަ މަސްލަހަތު ރައްކާތެރިކަން ކުރަން އިންޑިއާއިން ބޭނުންވެދާނެ އެވެ. އަދި ސަރަހައްދުގެ ހަމަޖެހުމަށް އިސްކަންދޭނެ އެވެ. ލަޝްކަރެ ތައިބާ ފަދަ ޓެރަރިސްޓް ގްރޫޕުތަކުން މި ދަނޑިވަޅުގައި ވަރުގަދަ ވާން މަސައްކަތް ކޮށްފާނެތީ އެކަން ހުއްޓުވުން އިންޑިއާ އަށް މުހިއްމެވެ.

ލެންކެސްޓާ ޔުނިވާސިޓީގެ ޕްރޮފެސަރު އަމަލެންދޫ މިސްރާ ވިދާޅުވީ އިންޑިއާ އަށް ޖެހޭނީ ޑިޕްލޮމެޓިކް ވާގަނޑެއްގައި ހިނގަން ކަމަށެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުން ދައުވާ ކުރާ ކަޝްމީރަކީ ޓެރަރިސްޓުން ވަރުގަދަވާނެ ތަނަކަށް ވިޔަ ނުދިނުމަށް މުހިއްމު ސްޓްރެޓެޖީއެއް ގާއިމް ކުރަން ޖެހޭނެ އެވެ.

އޭގެ އިތުރުން ތާލިބާނާ ދެކޮޅު ކަންކަމުގައި އިންޑިއާ ބައިވެރިވާނީ ކިހާ ވަރަކަށްތޯ ވެސް ވިސްނަން ޖެހެ އެވެ. ތާލިބާނަށް ޕްރެޝަރު ބޮޑު ކުރަން ހުޅަނގުން އަތުގުޅާނެ ކަމަށް ބެލެވެ އެވެ. އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ މިހާރު ވެސް އެކަމަށް ބާރު އަޅާފަ އެވެ.

ދެން ދިމާވެދާނެ ކަމަށް ބެލެވޭ ހާލަތްތަކަކީ ނަދަން އެލަޔަންސް ބާރު ގަދަވެ ތާލިބާނާ ދެކޮޅަށް އަލުން ދާހިލީ ހަނގުރާމަ އަފްގާންގައި ފެށުމެވެ. ނުވަތަ އެމެރިކާ އާއި ހުޅަނގު، އަދި ޗައިނާ، ރަޝިއާ، ޕާކިސްތާން އަދި އިރާން ހިމެނޭ ގްރޫޕުގެ ވާދަވެރިކަމުގެ މަރުކަޒަކަށް އަފްގާން ވުމެވެ.

އެހެންކަމުން އިންޑިއާ އަށް އޮތީ އުނދަގޫ ކުރިމަގެކެވެ. ނަމަވެސް އިންޑިއާގެ ކޮންމެ ނިންމުމެއްގެ އަސަރު މި ސަރަހައްދުގެ ސުލްހަ އާއި ދުނިޔޭގެ ޖިއޯޕޮލިޓިކްސް އަށް ކުރާނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox