ހިޔާ ފްލެޓްތަކަށް ދާއިމީ ކަރަންޓު ދޭން ފަށައިފި

ހިޔާ ފްލެޓުތައް: މި ފްލެޓްތަކުގެ ކަރަންޓު ވިއުގައިގެ މަސައްކަތް ނިންމާލީ މިދިޔަ ޖޫން މަހު. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހިޔާ ފްލެޓުތައް: މި ފްލެޓްތަކުގެ ކަރަންޓު ވިއުގައިގެ މަސައްކަތް ނިންމާލީ މިދިޔަ ޖޫން މަހު. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދޭން ސްޓެލްކޯއިން މިއަދު ފަށައިފި އެވެ.

މި ފްލެޓްތަކަށް ކަރަންޓު ގުޅާލުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ތެރޭގަ ވަނީ ނިންމާލާފަ އެވެ. ނަމަވެސް ވަކިވަކި ޔުނިޓްތަކަށް ކަރަންޓު ގުޅާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ނުނިމޭތީ މިހާތަނަށް އެއްވެސް ފްލެޓްތަކަށް ދާއިމީ ކަރަންޓު ދީފައެއް ނުވެ އެވެ.

ޓަވަރުތަކަށް ކަރަންޓު ދޭން ފެށުމާ ގުޅިގެން ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ދޭނީ ދުވާލަކު ދެ ޓަވަރަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަރަންޓު ދެނީ 15 އަދި 16 ވަނަ ޓަވަރަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށެވެ. އަދި މިކަން އަންގަން އެ ކުންފުނިން ފްލެޓުގެ ވެރިފަރާތުން އެޗްޑީސީއަށް ދީފައިވާ ނަމްބަރަށް އެސްއެމްއެސްއެއް ފޮނުވާނެ ކަމަށެވެ.

މި އެސްއެމްއެސް ލިބުމުން، ޓަވަރު ކައިރިއަށް ދާން ޖެހެނީ ކަރަންޓުލުމަށްޓަކައި ސްޓެލްކޯއާ އެކު ސޮއެކޮށްފައިވާ މީހާއަށް ދޫކޮށްފައިވާ ސްލިޕް ހިފައިގެންނެވެ. މި ސްލިޕް ހިފައިގެން ދިޔުމުން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަނޑައެޅިފައިވާ ދުވަހު ކަރަންޓު ލާން ނާންނަ މީހުންނާ ގުޅިގެން ސްޓެލްކޯއިން ބުނީ، އެސްއެމްއެސް ލިބުމަށް ފަހު ހާޒިރު ނުވެއްޖެ ނަމަ ދެން ފުރުސަތު ލިބޭނީ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިމުމުން ކަމަށެވެ. އަދި މިކަމަށް ސަމާލުވެ، ފްލެޓްތަކުގެ ވެރިފަރާތުން އެ ދުވަހު އަންނަން ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.

ސްޓެލްކޯއިން ބުނީ ޖެހިގެން އަންނަ ދުވަހު ކަރަންޓު ދޫކުރާ ދެ ޓަވަރުގެ މައުލޫމާތު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

އެޗްޑީސީން ވަނީ މިހާރު މި ފްލެޓް ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމުމަށް ފަހު ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އަދި މި ފްލެޓްތަކަށް ކަރަންޓު ލިބުމުން، މިހާރު ފްލެޓް ލިބިފައިވާ މީހުންނަށް ފިނިޝިން މަސައްކަތް ފަށަން ފުރުސަތު ލިބޭނެ އެވެ.

އެޗްޑީސީން ވަނީ މި ފްލެޓްތަކަށް ކަރަންޓު ގުޅައި ނިމުމުން ފިނިޝިން މަސައްކަތް ފަށަން ހުއްދަ ދޭން ނިންމާފަ އެވެ. މިހާރު ފިނިޝިން މަސައްކަތް ނިންމަން ހަތަރު މަސް ގިނަ މީހުންނަށް ލިބޭނެ އެވެ. މި ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox