ބޭބީސް އަށް "އައިސް" ލޮލީ ދެވިދާނެ، އެނގެންވީ ކޮން ކަމެއް؟

ބޭބީސް އަށް "އައިސް" ލޮލީ ދެވިދާނެ، އެނގެންވީ ކޮން ކަމެއް؟

ޕޮޕްސިކަލްސް، އައިސް ޕޮޕްސް، ނުވަތަ ގަނޑުކުރި ޕޮޕްސް އަކީ ހޫނު ދުވަހެއްގައި ތުއްތު ކުއްޖަކަށް، ނުވަތަ ބޭބީ އަކަށް ފިނި ޓްރީޓެއް ދޭން ގަސްތުކުރާނަމަ އެކްސްޕެރިމެންޓް ކޮށްލަން ރަނގަޅު ކަމެކެވެ. އެކަމަކު ބޭބީ އަކަށް ފިނި އެއްޗެއް ދޭ ވާހަކަ ދައްކައިގެން، މި ވާހަކަ ބަހުސަކަށް ބަދަލުވުމުގެ ކުރިން ބުނެލަމެވެ. އަހަރު ނުފުރޭ ބޭބީސް އަށް ވެސް ޕޮޕްސިކަލްސް ދެވިދާނެ އެވެ. މިއީ ސިއްހީ ގޮތުން ވެސް ގޯސް ކަމެއް ނޫނެވެ.

އެކަމަކު ބޭބީ އަށް ޕޮޕްސިކަލް ތައްޔާރުކުރުމުގެ ކުރިން އެނގެންޖެހޭ ދެތިން ވާހަކަ އެއް ހިމަނާލާނަމެވެ.

ބޭބީސް އަށް ޕޮޕްސިކަލްސް ދެވިދާނެތަ؟

ކުޑަކުދިންނަށް ތައްޔާރުކުރާ ޕޮޕްސިކަލްސް ނުވަތަ އައިސް ޕޮޕްސް ހަދަނީ ގަނޑުކުރި މޭވާ އިން ނުވަތަ ފުރުޓް އެއްގެ ދިޔައިން ނުވަތަ މިކްސަރުން ގިރައިގެން ހަދާ ފުރުޓް ޕިއުރީ އިންނެވެ. އޭގައި އެއްވެސް ބާވަތެއްގެ ޕްރެޒަވެޓިވް އެއް ނުވަތަ ހަކުރެއް ނުހިމެނޭނެ އެވެ.

Advertisement

ޑަބްލިޔުއެޗްއޯ އާއި އާއި އެމެރިކަން އެކަޑެމީ އޮފް ޕިޑިއެޓްރިކްސް ގެ ލާފާ އަކީ ތުއްތު ކުއްޖާގެ ފުރަތަމަ ހަ މަހުގައި ހަމައެކަނި ގާތުން ދިނުމެވެ. ނުވަތަ ފޯމިއުލާ ދިނުމެވެ. މި ގައިޑްލައިން އަށް ބަލާފައި ހަ މަސް ވުމުގެ ކުރިން އެއްވެސް ބާވަތެއްގެ ހަރު ކާ އެއްޗެއް ނުވަތަ ޕޮޕްސިކަލްސް ފަދަ އެއްޗެއް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ހަ މަސް ވުމަށްފަހު ކާއެއްޗިއްސަށް ކުއްޖާ ފުދޭވަރަކަށް ހޭނުމުން، އާ އެއްޗެއް ދިނުމުގެ ގޮތުން ޕޮޕްސިކަލް ނުވަތަ އައިސް ޕޮޕްސް ޓްރައި ކޮށްލެވިދާނެ އެވެ. އެކަމަކު ގިނަ ނިއުޓްރިޝަނިސްޓުންގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތަކީ އަހަރެއް ފުރުމުން ނުވަތަ އަހަރެއް ފުރުމާ ގާތްކޮށްފައި މިފަދަ އެއްޗެއް ޓްރައި ކުރުމެވެ.

ކުދިންނަށް ދޭން ތައްޔާރުކުރެވިދާނެ ޕޮޕްސިކަލްސް

ބައެއް އިންފެންޓް ސްޕެޝަލިސްޓުން ލަފާ ދޭގޮތުން މައިމީހާގެ ކިރުން އެކަނި ހަދާ ޕޮޕްސިކަލްސް ނުވަތަ "މޮމްސިކަލްސް" އާއި ފޯމިއުލާ ގަނޑުކޮށްގެން ހަދާ އައިސް ޕޮޕްސް އަކީ ދަތް ފަޅަމުން އަންނަ އިރު ތުއްތު ކުދިންގެ ހިރުގަނޑުގައި ހުންނަ ރިހުން ކުޑަކޮށްދީ އަރާމު ހޯދައިދޭނެ ކަމެކެވެ.

ގާތުން ދޭ ކިރުގައި ރިހުން ކުޑަކޮށްދިނުމަށް އެހީވެދޭ އެނަލްޖެސިކް މާއްދާތައް އެކުލެވެ އެވެ. އެހެންވީމަ މައިމީހާގެ ކިރުން ހަދާ ޕޮޕްސިކަލްސް އިން ދަތް ފަޅާއިރު ރިހުން ތަޖުރިބާ ކުރާ ތުއްތުކުދިންނަށް ފަރުވާ އަކަށް ވެދާނެ އެވެ.

ފުރުޓް ކަހަލަ އެއްޗެހިން ޕޮޕްސިކަލްސް ތައްޔާރުކުރާނަމަ ފުރުޓް އެކަނި މިކްސަރުން ގިރާލުމަށްފަހު އެހެން އެއްވެސް އެއްޗެއް އެއަށް އެއްކުރުން ރަނގަޅެއް ނޫނެވެ. ގިރާ އިރު ފެން ނުވަތަ ފޯމިއުލާ ބޭނުންކުރެވިދާނެ އެވެ. އެކަމަކު ހަކުރު ފަދަ މާއްދާތައް ކުދިންނަށް ދޭން ރަނގަޅެއް ނޫނެވެ.

ބޭބީސް އަށް ޕޮޕްސިކަލްސް ދިނުމާއި ރިސްކު

ޕޮޕްސިކަލްސް ވިޔަސް އައިސް ޕޮޕްސް ވިޔަސް މި ދައްކަނީ ހުސް ފިނިކުރި ނުވަތަ ގަނޑުކުރި ލޮލީގެ ވާހަކަ އެވެ. ގަނޑުކުރި ލޮލީ ދިނުމުގައި އޮތް ރިސްކަކީ ބައެއް ފަހަރު މާ ފިނި އެއްޗެއް ދިނުމުން އެ އެއްޗެއް ދޭތާ 6-72 ގަޑި އިރާ ދޭތެރޭގައި ބައެއް ކުދިންނަށް ކޮލާއި އަނގަ ކައިރި ރަތް ވެފައި ނުވަތަ ދުޅަވެފައި ހުންނަ ކަހަލަ ގޮތެއް ވާން މެދުވެރިވެދާނެ އެވެ. އެގޮތް ވާ ކުއްޖެއް ނަމަ މަދުން ދޭތެރެއަކުން މިކަހަލަ އެއްޗެއް ދޭން ރަނގަޅުވާނެ އެވެ.

މާ ކުޑަ ކުދިންނަށް ހަފާ ނުލައި ދޫ ލައިގެން އެކަނި ލޮލީ ކާން ނުވެސް އެނގިދާނެ އެވެ. ކުއްޖާގެ އޯރަލް މޮޓޯ ސްކިލްސް އަށް ބެލުމަށްފަހު ސުޕަވައިޒްކޮށް މިކަހަލަ ލޮލީ ކާން ދޭން މަސައްކަތް ކުރެވިދާނެ އެވެ.

އެންމެ ފުރަތަމަ ފިނި އެއްޗެއް ދޭ އިރު ކޮންމެވެސް ވަރަކަށް ކެއްސުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އެކަމަކު މާ ބޮޑު މައްސަލައެއް ނޫނެވެ. ބޮޑު ސެންސޮރީ ބަދަލެއް އަންނަ އިރު ހަށިގަނޑު އެއަށް ރިއެކްޓު ކުރާނެ އެވެ.

މީގައި އެންމެ ސަމާލުވާން ޖެހެނީ ބޭބީއަށް ކޮންމެހެން ޕޮޕްސިކަލް ދޭނަމަ، ފިހާރަތަކުން ނުވަތަ ބޭރުން ގެންނަ މިފަދަ ތަކެތި ނުދިނުމަށެވެ. ގޭގައި ޕޮޕްސިކަލް ތައްޔާރުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ތާޒާ މޭވާއިން ނުވަތަ ތަރުކާރީ ޕިއުރީ އިން ތައްޔާރުކުރާށެވެ.

ބޭބީ އަށް ޕޮޕްސިކަލްސް ދިނުމުގެ ފައިދާ އަކީ ކޮބާ؟

ތަފާތު ތަޖުރިބާތަކުން ތަފާތު ކަންކަން ކުދިން ދަސްކުރާނެ އެވެ. ފިނި ޕޮޕްސިކަލް އެއް ކާލުމަކީ ތަފާތު ހިއްސު ދެނެގަންނަން ކުޑަ ކުއްޖާ އަށް އެހީވެދޭ ކަމެކެވެ. ބައެއް ފަހަރު ކާން ދިނުމުގައި ތެރަޕީ އެއްގެ ގޮތުގައި ވެސް ބައެއް މަންމައިން ޕޮޕްސިކަލް ބޭނުންކުރެ އެވެ. ކާންދޭން އުނދަގޫ ކުދިންނަށް ވެސް ޕޮޕްސިކަލް އަކުން ކެއުމުގައި ކުޑަ ޓުވިސްޓެއް ގެނެސްދެވިދާނެ އެވެ.

ހޯމް މޭޑް ޕޮޕްސިކަލް އަކީ ކެއުމުގެ އެކި ރަހަ ތުއްތު ކުދިންނަށް އަލަށް ތައާރަފްކުރަން ވެސް ޝައުގުވެރި ގޮތެކެވެ. ބައެއް ކަހަލަ ހާބްސް ކުއްޖާ އަށް އިންޓްރޮޑިއުސް ކުރަން ވެސް ޕޮޕްސިކަލްސް ތައްޔާރުކޮށްލެވިދާނެ އެވެ. މިސާލަކަށް، އަނބު، ކިއުކަމްބާ، ކެރެޓް ފަދަ އެއްޗެހި ހިމެނެ އެވެ.

އެހެންވީމަ ސެންސޮރީ ޑިވޮލޮޕްމެންޓާއި އަނގައިގެ މޮޓޯ ސްކިލް ފައިދާ ތަކަށް ބަލާއިރު ތުއްތު ކުއްޖަކަށް ޕޮޕްސިކަލް އެއް ދޭން ނުވާ ސަބަބެއް ނެތެވެ. ދަރިފުޅަށް ނުވަ މަސް ވާއިރު ރަހަތަކަށް އާދަ ވެއްޖެ ނަމަ ހަމަ ހޫނު ދުވަހެއްގައި ފިނި ކޮށްލަން ވެސް ޕޮޕްސިކަލް އަކުން ހަމަޖައްސާލެވިދާނެ އެވެ.

titledesc

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox