އީގަލްސް ބަލިކޮށް ބެންގަލޫރު ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ހޯދައިފި

ބެންގަލޫރުގެ ކިންގް (ވ) ކައިރިން އީގަލްސްގެ ސެންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަަދަދު

ބެންގަލޫރުގެ ކިންގް (ވ) ކައިރިން އީގަލްސްގެ ސެންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަަދަދު

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފް މެޗުގައި މިރޭ ރާއްޖޭގެ ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، އިންޑިއާގެ ބެންގަލޫރުން ގްރޫޕް ޑީގެ ފަހު ޖާގަ ހޯދައިފި އެވެ.

މިއީ ބެންގަލޫރުން އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބެއް އަތުން ހޯދި އަށް ވަނަ މޮޅެވެ. ރާއްޖޭގެ ހަތަރު ކްލަބަކާ (މާޒިޔާ، ނިއު ރޭޑިއަންޓް، ޓީސީ އަދި އީގަލްސް) ދެކޮޅަށް އޭއެފްސީ ކަޕްގައި ބެންގަލޫރު ވަނީ ޖުމްލަ 11 މެޗު ކުޅެފަ އެވެ. ފުރަތަމަ ހަތް މެޗުން މޮޅުވުމަށް ފަހު ދެން ކުޅުނު ތިން މެޗުން ބެންގަލޫރު ވަނީ ބަލިވެފަ އެވެ.

އެކަމަކު، މިރޭ އީގަލްސް އަތުން މޮޅުވެ، އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ބެންގަލޫރު މި ވަނީ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި ބެންގަލޫރު ވަނީ ޕްލޭއޮފް ބުރުގައި ރާއްޖޭގެ މާޒިޔާ އަތުން ކަޓައިފަ އެވެ. މާޒިޔާ އަތުން ދެ ލެގުގައި ވެސް ބެންގަލޫރު ވީ ބައްޔެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ފަހަރު ބެންގަލޫރުގެ އިތުރުން އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ސުޕަ ލީގުގައި ކުޅޭ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖު މެޗުތައް އޮތީ މި މަހު 18-24 އަށް މާލޭގަ އެވެ.

އީގަލްސް އިން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، މި މުބާރާތަށް އަމާޒުކޮށް އެ ޓީމުން ގެނައި ސީނިއާ ގިނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފެނުނު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

އެކަމަކު، އީގަލްސްއާ ގުޅުނު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މެޗު ސްކޮޑުގައި ނެތެވެ. ފުރަތަަމަ މީޑިއާ އަށް އާންމުކުރި ސްކޮޑުގައި ދަގަނޑޭ ފުރަތަމަ އެގާރައިގައި ހިމެނުނެވެ. އެކަމަކު، ފަހުން ޝީޓަށް ބަދަލު ގެނައުމަށް ފަހު ދެން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނީ ދަގަނޑޭގެ ބަދަލުގައި އީސަ އެވެ. އަނިޔާގެ ސަބަބުން ދަގަނޑޭ އަށް އީގަލްސްގެ ގިނަ ޕްރެކްޓިސްތަކެއް ވެސް ގެއްލުނެވެ.

އީގަލްސްގެ ފުރަތަމަ އެގާރައިގައި އެންމެ ބިދޭސީ ކުޅުންތެރިއަކު ވެސް ނުހިމެނެ އެވެ.

ބެންގަލޫރު ޓީމުން ވަނީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި އަލަށް އެ ޓީމާ ގުޅުނު މޯހަން ބަގާންގެ ކުރީގެ މިޑްފީލްޑަރު ޖަޔޭޝް ރާނޭ އަދި ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

މެޗުގެ ފުރަތަމަ މިނިޓުން ފަށައިގެން ބެންގަލޫރުން އީގަލްސް ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ބެންގަލޫރުން ފުރަތަމަަ ހަމަލާ ފޮނުވާލީ 10 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެެރެއިން ބެންގަލޫރުގެ ކޮސްޓާ ބޮލުން ޖެހި ބޯޅައެއް އެ ޓީމުގެ ގެބޮން ޑިފެންޑަރު މުސާވޫ ކިންގް ބޮލުން ފޮނުވާލުމުން އަމާޒުވީ ކީޕަރު ފައިސަލް އަތަށެވެ. އޭގެ ފަހުން އޭރިއާތެރެއިން ވެއްޓިގެންފައި ޗެތުރީ ޖެހި ބޯޅަ ދިޔައި ހުރަސްދަނޑި މަތިންނެވެ.

އީގަލްސް އިން މެޗުގެ 13 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. މުހައްމަދު ނާއިމް ޖައްސާލި ބޯޅަ ބެންގަލޫރުގެ އޭރިއާތެރެއިން އީސަ އަށް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ތިން މިނިޓް ފަހުން ސެންޓޭ ހުސްކޮށްލާފައި ދިން ބޯޅަ އީސަ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. އެކަމަކު، ލައިންސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.

މިރޭގެ މެޗުގެ ތެރެއިން އީގަލްސްގެ ނާއިމް ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މެޗުގެ 24 ވަނަ މިނިޓްގައި އީގަލްސްގެ އޭރިއާތެރެއިން ދޫވި ބޯޅައެއް ހޯދައި ބެންގަލޫރުގެ ބްރެޒިލް ފޯވާޑް ކްލެއިޓަން ސިލްވާ ޖެހި ބާރުބޯޅަ ކީޕަރު ފައިސަލް ވަނީ ސަލާމަތްކޮށްފަ އެވެ. އެކަމަކު، އޭގެ ދެ މިނިޓް ފަހުން ބެންގަލޫރުން ލީޑުނެގި އެވެ. އޭރިއާ ރޮނގުކައިރިން ޖަޔޭޝް ފޮނުވާލި ބޯޅަ އީގަލްސްގެ ހައިޝަމް ފައި ކައިރިން ތިރިތިރިން ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުވެފަ އެވެ. އެ ބޯޅަ ހުއްޓުވަން ކީޕަރު ފައިސަލް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ނަތީޖާ ހަމަހަމަކުރަން އީގަލްސް އިން ކުރަމުންދިޔަ މަސައްކަތުގައި މެޗުގެ 36 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން އީސަ ނަގައިދިން ހުރަހެއް ޖަހަން އަރައި ހުރި އަސްހަދު އަލީ (އަޑޭ) ފައިގައި ބޯޅަ ލައްވާލާގޮތެއް ނުވިއިރު، ބެންގަލޫރު ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން ކޯނަރެއްގައި ބެންގަލޫރުގެ ގޯލުއީ ސަރްތާކް ގައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅައެއް ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ސިންހް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ ޓީމު ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެގެން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ.

އީގަލްސްގެ އީސަ އާއި ސެންޓޭ އަށް ލިބޭ ބޯޅަތަކުގައި ޕާސް ދީގެން ކުޅެގެން އެޓޭކްކުރަން ކުރި މަސައްކަތް ބެންގަލޫރުގެ ޑިފެންޑަރުން ދިޔައީ ހުއްޓުވަމުންނެވެ. އެކަމަކު، މެޗުގެ 67 ވަނަ މިނިޓްގައި ސެންޓޭ ވަނީ ރަނގަޅު ފުރުސަތެއް ތަނަަވަސްކޮށްފަ އެވެ. ބެންގަލޫރު ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އޭރިއާތެރެއިން ސެންޓޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ސެންޓޭ އަކީ އާންމުކޮށް އެ ހިސާބުން ލިބޭ ބޯޅަ ގޯލަށް ވައްދާލާ ކުޅުންތެރިއެއް ނަމަވެސް މި ފަހަރު އެންމެ ރަނގަޅަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.

އީގަލްސް އިން ވަނީ ފަހު ވިއްސަކަށް މިނިޓަށް އުމުރުން 18 އަހަރުގެ ފޯވާޑް ޒައިން ޒަފަރު ކުޅެން އަރުވައިފަ އެވެ. އޭނާ ކުޅެން އެރީ ނާއިމްގެ ބަދަލުގަ އެވެ. ޒައިން އަށް އަރިމަތިން ލިބޭ ބޯޅަތައް ހިފައިގެން ކުރިއަށް ކުޅެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު، އެޓޭކަށް އަރާ ކުޅުންތެރިން މަދުވުމުން އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފްގައި ބެންގަލޫރަށް ގޯލު ޖަހާނެ މާ ގިނަ ހުސް ފުރުސަތުތަކެއް ތަނަވަސްނުކުރެވެ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެއޯން އޮގަސްޓިން އަށް ހުސްކޮށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ ފަހުކޮޅުގައި އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު (ކުރޯ) ހުސްކޮށްލާފައި މަތިން ދިން ބޯޅައެއް ހޯދައި އޭރިއާތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިންނެވެ.

އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް އައީ ޕްރިލިމިނަރީ ދެ ބުރު ފަހަނައަޅައިފަ އެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން އީގަލްސް މޮޅުވި އެވެ. ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމަށް ކަންތައްތަކެއް ހަމަނުޖެހި ކުޅެވޭގޮތް ނުވުމުން އެންމެ ފަހުން އޭއެފްސީން ނިންމީ އީގަލްސް އަށް މެޗު ލިބުނީ ކަމަށެވެ. ބެންގަލޫރުން ވަނީ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް އަތުން 5-0 އިން މޮޅުވެފަ އެވެ.

މިރޭ ޕްލޭއޮފްގައި އީގަލްސް އަތުން މޮޅުވެ، ބެންގަލޫރުން ގްރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުކުރީ އެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް:

އޭޓީކޭ މޯހަން ބަގާން - ބެންގަލޫރު (18 އޮގަސްޓް، 16:00)

މާޒިޔާ - ބަޝުންދުރަ (18 އޮގަސްޓް، 21:00)

ބެންގަލޫރު - ބަޝުންދުރަ (21 އޮގަސްޓް، 16:00)

މާޒިޔާ - އޭޓީކޭ މޯހަން ބަގާން (21 އޮގަސްޓް، 21:00)

އޭޓީކޭ މޯހަން ބަގާން - ބަޝުންދުރަ (24 އޮގަސްޓް، 16:00)

މާޒިޔާ - ބެންގަލޫރު (24 އޮގަސްޓް، 21:00)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox